Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤާނޫނު އަސާސީ

އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

އެ ހޯދި ޑިމޮކްރަސީގައި ޤަބޫލުކޮށްގެން ތިބި ތިބުމުގައި މިއަދު އަނެއްކާ ވެސް ތަޅު އެޅުވޭ މަންޒަރު ފެންނަ ކަހަލަ އެވެ. ކަޅާއި ހުދުމުން އެ މަންޒަރުތައް އަނެއްކާ ވެސް ކުރެހެމުންދާ ކަހަލަ އެވެ. ތިން ބާރު ވަކިވެފައި މި އޮތް ނިޒާމު، އެއް ބާރުގެ މުށުތެރޭގައި ރަނގަޅަށް ހަރުކޮށްލީ އަޅުގަނޑުމެން ބަލަން ތިއްބަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 10:41
ގާނޫންއަސާސީ

ގާނޫންއަސާސީ

މީގެ ކުރިން ރާއްޖޭގައި އޮތް ވެރިިކަމުގެ ނިޒާމު ކަމު ނުދާ ކަމަށް ނިންމީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނެވެ. އެތައް ޙައްޤުތަކެއްގައި ތަޅު އަޅުވައި، ޗޭނު ޖަހާފައި އޮތް އޮތުމަށް ޤަބޫލު ނުވީ ވެސް އަޅުގަނޑުމެން ދިވެހިންނެވެ. އެކަން ބަދަލު ކުރަން ބޭނުންވީ ވެސް އަޅުގަނޑުމެން ދިވެހީންނެވެ. ނަމަވެސް، އޭރު މަދުވެފައި އޮތީ އެކަންކަމާ ދެކޮޅަށް ނިކުންނާނެ ހިތްވަރެކެވެ. އެ ހިތްވަރު ދައްކާނެ ބަޔެކެވެ. އެކަން އެހެން އޮއްވައި، ދިވެހި ރައްޔިތުންގެ ތެރެއިން ހަށި ފޮޅާލާފައި ނިކުތް ބައެއްގެ ސަބަބުން އެތައް ދިވެހިންނަށް ލިބިގެން ދިޔައީ އެ ހިތްވަރެވެ.

ޗޭނު ޖަހާފައިތް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ދިވެހިން ފެން ބޮވައިގެންފައިވާ ތިބި މިންވަރު އެ ނިކުތުމުން ސާފުވެގެން ދިޔަ އެވެ. އޭރުގެ ސަރުކާރާ ދިމާލަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާއާ ދިމާލަށް، ނުވަތަ ސަރުކާރުގެ އިސް ވެރިޔަކާ ދިމާލަށް އެއްޗެއް ބުނެލާ މީހަކަށް ނުވަތަ އެއްޗެއް ލިޔެލާ މީހަކަށް އޮތީ ޖަލުގެ ކުޑަ ގޮޅި ނޫން ދެން އެހެން ކޮންތަކެއް ހެއްޔެވެ؟ ހާމަ އަށް ލޮލަށް ފެންނަން ނެތަސް، އޭރު ތިބީ އަނގަމަތީގައި މަލަން އެޅިފަ އެވެ. ދުލުގައި ތަޅު އެޅުވިފަ އެވެ. ދެ އަތާއި، ދެ ފައިގައި ޗޭނު ޖަހައިފަ އެވެ.

އެކަންކަމާ ދެކޮޅަށް އެތައް ބަޔަކު ކުރި މިންނެެތް މަސައްކަތުން އަޅުގަނޑުމެންނަށް ޑިމޮކްރަަސީ ހޯދުނެވެ. ފެހި ޤާނޫނުއަސާސީއެއް އެކުލަވާލައި، އެއަށް އަމަލު ކުރަން ފެށުމުގެ ނަތީޖާ އަކީ، ކުރިން ހިފެހެއްޓިފައި ނުވަތަ ހިފަހައްޓާފައިވާ ޙައްޤުތަކެއް ލިބިގެން ދިޔައީ އެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ލިބިގެން ދިޔައީ އެވެ. އެ މިނިވަންކަމަށް ދިވެހިން ހިތްވަރު ހޯދީ ޖަލަށް ދިޔަ "ލީޑަރުން" އަދި މުގުރާއި ކަރުނަ ގޭހުގެ ޝިކާރަކައަށްވީ ސިޔާސީ ފަހުލަވާނުން ކޮޅެއްގެ ހިތްވަރުންނެވެ.

އެ ހޯދި ޑިމޮކްރަސީގައި ޤަބޫލުކޮށްގެން ތިބި ތިބުމުގައި މިއަދު އަނެއްކާ ވެސް ތަޅު އެޅުވޭ މަންޒަރު ފެންނަ ކަހަލަ އެވެ. ކަޅާއި ހުދުމުން އެ މަންޒަރުތައް އަނެއްކާ ވެސް ކުރެހެމުންދާ ކަހަލަ އެވެ. ތިން ބާރު ވަކިވެފައި މި އޮތް ނިޒާމު، އެއް ބާރުގެ މުށުތެރޭގައި ރަނގަޅަށް ހަރުކޮށްލީ އަޅުގަނޑުމެން ބަލަން ތިއްބަ އެވެ. އަޅުގަނޑުމެން އެންމެންގެ ލޯ ކުރިމަތީގަ އެވެ. އޭގެ ކުރިން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގައި އަތް އެޅުމަށް ވެސް މަސައްކަތް ކޮށްފި އެވެ. މީޑިއާތައް "ތަޅު އަޅުވާ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ވެއްދި އެވެ. ނަމަވެސް، އެކަން ވެސް ނިމުމަކަށް ގެންނަން ޖެހުނީ މީޑިއާ ތަކާއި، ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮއްސާލުމާ ގުޅިގެންނެވެ.

ޤާނޫނު އަސާސީ އަށް ސަރުކާރުން ހިތު ހުރިހާ ބަދަލެއް ގެނެސް، ޤާނޫނުއަސާސީ "އޮޅާލުމަކީ" ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އަނެއްކާ ވެސް މިސްރާބު ޖަހާފައިވާ ކަމުގެ ނިޝާނެކެވެ. ހެއްކެކެވެ. މިއީ އަޅުގަނޑުމެން ދިވެހިން ޤަބޫލުކޮށްގެން ތިބި ތިބުމަށް އޮތް އިންތިހާ ނުރައްކަލެކެވެ. އެކަންކަމަށް އޮތް ބިރެކެވެ. މިއަދު އަނެއްކާ ވެސް މިތިބީ އެކަމުގެ ދިފާޢުގައި ނިކުންނަން ޖެހިފަ އެވެ. "ޤާނޫނުއަސާސީ" ދިފާޢު ކުރުމަކީ އަޅުގަނޑުމެންނަށް މިއަދު ކުރަން ޖެހިފައި އޮތް ކަމެކެވެ. ހުދުމުހުތާރު ވެރިކަމަކަށް ދީލާލައިގެން ދާން ތިބުމަކީ، ދިވެހިން ބޭނުންވާނެ ގޮތެއް ނޫނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ވެފައި އޮތް ގޮތް މުޅިން ބަަދަލުވާ މަންޒަރު މިއަދު ފެންނަން ފަށައިފި އެވެ. ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ނަންގަވައި ހިންދެމިލުމަށްފަހު، ދެން ފެންނާނީ ދިވެހިން ހޯދި ޑިމޮކްރަސީގެ އެއްކޮށް ފުނޑިގެންދާ މަންޒަރެކެވެ. އެ މަންޒަރު ބަލަން ދިވެހިންނަށް ތިބެވޭނެ ހެއްޔެވެ؟ ޚާއްސަކޮށް އެ ޑިމޮކްރަސީ ހޯދުމަށް މީގެ އަހަރުތަކެއް ކުރިން މަސައްކަތް ކުރި ސިޔާސީ ލީޑަރުންނަށް ތިބެވޭނެ ހެއްޔެވެ؟ އެ ލީޑަރުން އެހެން ތިބެން އަޅުގަނޑުމެން ދިވެހިން ބޭނުންވާނެ ހެއްޔެވެ؟ އަނެއްކާ ވެސް ބޭނުން ވަނީ މީގެ ކުރިން އެ ލީޑަރުން ދެއްކި ފަދަ ހިތްވަރަކާއި، ޢަޒުމެކެވެ.

ފެހި ގާނޫނުއަސާސީޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"

05 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

04 ފެބުރުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު