Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ

ޤާނޫނުއަސާސީ ފުނޑާލާތީ މަޖިލީހުގެ މެމްބަރުންނާއި، ކުރީގެ މެމްބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުން ވެސް ވަނީ އެ ސައްލާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 17:45
ޤާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ ޖަލްސާގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ ޖަލްސާގެ ތެރެއިން

ޤާނޫނުއަސާސީ ފުނޑާލާތީ މަޖިލީހުގެ މެމްބަރުންނާއި، ކުރީގެ މެމްބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފިއެވެ.

އެ ބޭފުޅުން އެ ޝުއޫރުތައް ފާޅުކޮށްފައި ވަނީ "ޤާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާ" ނަމުގައި އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ސައްލާގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ސަރުކާރާއި މެދު ހުރި ނުރުހުންތަކާއި ކަންބޮޑުވުންތައް ހާމަކުރުމަށް ޝުއޫރު ފާޅުކުރައްވާފައެވެ.

އެގޮތުން އެ ސައްލާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ރާއީ ވިދާޅުވީ އިތުރު ދޮގު ފިޔަވާ އެއްވެސް ވައުދެއް ރައީސް މުއިއްޒު އަށް ނުފުއްދޭ ކަމަށެވެ. ހައްގުތައް ގެއްލިގެންދާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެމްޑީޕީ އަކީ އަބަދުވެސް ހައްގުތަކަށްޓަކާ ތެދުވާ ބައެއް ކަމަށް ރާއި ވަނީ ވިދާޅުވެފައެވެ. އެގޮތުން ތެދާއި ހައްގު ގޮތުގެ ހައްގުގައި އަބަދުވެސް އެ ޕާޓީން ދެމި ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ އެކި ފަހަރު އެކި ސިފައިގައި ފެންނަ ބޭފުޅެއް ކަމަށް ސިފަކުރައްވާ ރާއީ ވަނީ ރައީސް އަކީ ބަހާއި އަމަލާއި ދިމާ ނުވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ވިޔަފާރިވެރިންނާއި މެދު އިހާނެތިކޮށް ހިތަމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ ނުރަނގަޅު ވާހަކައަކީ ރެއާއި ދުވާލު ދެއްކިއަސް ކޮޅުން ނުލާވަރުގެ ދިގު ވާހަކަ އެއް ކަމަށް ރާއި ވިދާޅުވިއެވެ.

އެ ސައްލާގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވަނީ މަސްވެރިންނާއި، ދަނޑުވެރިން އަދި އެހެނިހެން ދާއިރާތަކަށް ވެސް މި ސަރުކާރުން ދިނީ އިހާނެތިކަން ކަމަށް ވިދާޅުވެފައެވެ. މިހާ އަވަހަށް ރައްޔިތުން މިހާބޮޑަށް މާޔޫސްކޮށްލި ސަރުކާރެއް ނާންނަކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އާއްމު ރައްޔިތުން މާޔޫސްވާ އިރު އެމްޑީޕީން ނުނިކުންނަކަމުގެ ޝަކުވާ އާއްމުން ކުރަމުންދާ ކަމަށާއި ޑިސެމްބަރ 10 ވަނަ ދުވަހު އެމްޑީޕީން ނުކުންނަނީ އެ އަޑު އަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރެއްހާ ދުވަސް ވީ އިރު ސަރުކާރަށް އެއްވެސް ކަމެއްގައި ނަތީޖާ އެއް ނުދެއްކޭ ކަމަށް އިކްރާމް ވިދާޅުވިއެވެ. ޑިސެމްބަރ 10ގައި ޤާނޫނު އަސާސީގެ ހިމާޔަތުގައި އާއްމުން ނުކުންނަން ޖެހޭ ކަމަށާއި އާއްމުންގެ ފަރާތުން އެމްޑީޕީ އަށް ދޭންވީ ވަގުތަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސައްލާގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވަނީ މި ސަރުކާރަށް ކުރެވޭ ހަމައެކަނި ކަމަކީ ދޮގާއި މަކަރު ހެދުން ކަމަށް ސިފަކުރައްވާފައެވެ. ރައްޔިތުން ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސިނާއަތެއްގެ މީހުން ތިބީ މާދަމާ ވާނެ ގޮތެއް ނޭނގި ކަމަށާއި ހުރިހާ ސިނާއަތެއް ވެސް ތިބީ ރުޅި އައިސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ކަމަކީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ސަނީފް ވަނީ ރައީސް މުއިއްޒު ވަނީ މުޅިން ޤާނޫނުއަސާސީ އާއި ޚިލާފުވެފައި ކަމަށް ވިދާޅުވެފައެވެ. ވެރިކަން ފެށޭނީ ވެސް ނިމެނީވެސް ރައްޔިތުންގެ ކިބައިން ކަމަށް ވާއިރު އެކަން ރައީސް މުއިއްޒު ހަނދުމަފުޅު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު ވަނީ މަޖިލިސް މެމްބަރުންގެ ކަރުގައި މަޅި ޖައްސާފައި ކަމަށް ސަނީފް ވަނީ ސިފަކުރައްވާފައެވެ. އަދި މިނިވަން މުއައްސަސާތަކަށް ވެސް އިންތިހާއަށް ބާރު ފޯރުވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ސައްލާގައި ވާހަކަދައްކަވަމުން އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކް (މޫކޭ) ވަނީ މި ސަރުކާރުން ވަނީ އެންސްޕާ ދަވާލާފައި ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުގެ ކަމަކީ ކަންކަން ފަހަތަށް ގެންދިއުން ކަމަށާއި އެކަމުގެ ސަބަބުން ރައީސް މުއިއްޒު އާއްމުންނަށް ސިފަކުރެވެނީ ހުސް އުނބެއްގެ ގޮތުގައި ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ. އާއްމުންގެ ދިރިއުޅުމަށް މި އެއްއަހަރު ވީ އުނދަނގޫތޯ ނުވަތަ ނޫންތޯ ވަޒަންކޮށް އެކަމާއި ދެކޮޅަށް އަޑު އުފުލަންވީ ވަގުތަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ނުކުތުމުން އެއަށް ވުރެ ބާރު ގަދަ އެހެން މީހެއް ނުހުންނާނެ ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުން ވެސް ވަނީ އެ ސައްލާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކޮންމެ ދާއިރާއަކަށް ބަލާލިއަސް ފެންނަނީ އާއްމުން މާޔޫސްވެފައިވާ މަންޒަރުކަމަށް ޤައުމީ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަސާސީ ސަބްސިޑީތައް ކަނޑާލުމާއި އިޖްތިމާއީ ރައްކާތެރިކަން ގެއްލުވާލުމަކީ އެއީ މިއަދު ސަރުކާރާއި މެދު އާއްމުން އެންމެ ބޮޑަށް ނުރުހޭ އެއް ސަބަބު ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

އެމްޑީޕީޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު