Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސީ މައްސަލަ

ޓެކްސީ ޑްރައިވަރުން ތަކަކަކާ 3 މެމްބަރުން މަޖިލީހުގައި ބައްދަލު ކޮށްފި

ޑިސެމްބަރު 10 ގެ ކުރިން ރައީސް މުއިއްޒު އާ ޑްރައިވަރުންނާ ބައްދަލު ކުރެވެނޭ ގޮތް ހަދަައިދޭނެ ކަމުގެ ޔަގީންަކަން ދިން

ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 13:43
ޓެކްސީ ޑްރައިވަރުން މަޖިލިސް ކުރިމަތީގައި ހުއްޓިލައިގެން

ޓެކްސީ ޑްރައިވަރުން މަޖިލިސް ކުރިމަތީގައި ހުއްޓިލައިގެން

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ 3 މަޖިލިސް މެމްބަރަކު ޓެކްސީ ޑްރައިވަރުން ތަކަކާ ބުރާސްފަތި ދުވަހު މަޖިލިހުގައި ބައްދަލު ކޮށްފިއެވެ.

މަޖިލީހުގައި އާންމު ކޮށް މިފަދަ ކަންކަން ހިނގަނީ ކޮމިޓީގެ އިންތިޒާމު ތަކުގެ ތެރެއިން ކަމަށް ވިޔަސް މިއީ ކިހިނެއް އިންތިޒާމްވި ބައްދަލުވުމެއް ކަމެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްދަލުވުމަށް ވަކިވަކިން ޓެކްސީ ޑްރައިވަރުންނާ ގުޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް މަޖިލީހަށް ގެންދިޔަ ޑްރައިވަރުންނާ ބައްދަލު ކުރެއްވީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް އާއި، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.

މީގެ ކުރިން މަޖިލީހުގެ ރަސްމީ ކޮމިޓީ ބައްދަލުވުމެއްގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ހާމަކޮށްފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ޑްރައިވަރުންގެ ކަންބޮޑުވުން ތަކަކީ ކޮބާތޯ މެމްބަރުން އެއްސެވި ކަމަށް ވެއެވެ. 

ޓެކްސީ ޑްރައިވަރުން ބައްދަލުވުމުގައި ހުށަހެޅި ކަންތައްތަކުގެ ތެރޭގައި:

• ސަރުކާރުން ޓެކްސީ ފްލީޓް ވުޖޫދަށް ނުގެންނާނެ ކަމަށް ޕަބްލިކަށް އިޢުލާން ކުރުން؛

• ވޭން ޑްރައިވަރުންގެ އަގުތައް ކުރިން ހުރި އަގުތަކަށް ބަދަލު ކުރުން؛

• އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސް އަވަސް ކޮށްދިނުން؛

• އެއަރޕޯޓް އަދި މާލޭގެ ޓްރެފިކް ފްލޯ ޓެކްސީ ޑްރައިވަރުންނަށް ފަސޭހަ ކަމާއެކު ދުއްވޭނެ ގޮތަކަށް ހަދައި ދިނުމާއި އަދި ފަސޭހައިން ދަތުރު ނެގޭނެ މާހައުލަކަށް ހަދައި ދިނުން؛

• ރައީސް މުއިއްޒު އާ ވީ އެންމެ އަވަހަކަށް ބައްދަލުވާނެ މަގު ފަހި ކޮށްދިނުން؛

• ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވާލުން؛ އަދި

• މާލޭގައި ވަގުތީ އަދި ދާއިމީ ޕާކް ކުރެވޭނެ ގޮތެއް ހަދައިދިނުމެވެ. 

ޓެކްސީ ޑްރައިވަރުން މި ކަންކަން ހުށަހެޅުމުން މެމްބަރުން ދިން ޖަވާބަކީ "ތީގައި ތިއުޅެނީ ވަރަށް ކުދި ކުދި މައްސަލަތަކެއް،" ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ރައީސްއާ ބައްދަލު ކުރެވޭނެ ގޮތެއް ހަދައި ދޭނެ ކަމަށް ވިދާޅުވިއެވެ.

މެމްބަރުން ޔަގީންކަން ދިން ގޮތުގައި ޑިސެމްބަރު 10 ގެ ކުރިން ރައީސް މުއިއްޒު އާ ޑްރައިވަރުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަދައިދެއްވާނެއެވެ.

"ހައްލު ނުކުރެވޭނެ އެއްވެސް ކަމެއް ތީގައި ނެތް؛" މެމްބަރުން ޑްރައިވަރުންނަށް ޔަގީން ކަން ދެއްވިއެވެ. 

ބައްދަލުވުމަށް ޑްރައިވަރުން ވެއްދި އިރު އެމީހުންގެ އަތުގައި ހުރި ފޯނު އަތުުލުމުގެ އިތުރުން ރެކޯޑް ކުރެވިދާނެ އެއްވެސް އެއްޗެއް އޮތް ތޯ ވަނީ އަހާފައެވެ.              

ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި މި ބައްދަލު ވުމުގައި ޕީޖީ ލީޑަރު ފަލާހު ވިދާޅުވި ކަމަށް ވަނީ 10 ޑިސެމްބަރ 2024 ގައި ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ ބަޔަކު މަގުމައްޗަށް ނިކުންނަށް އުޅެނީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، "ކޮންމެ ގޮތެއް ވިޔަސް އަހަރަމެން ހަނިކުރީ އަހަރަމެންގެ އަމިއްލަ ޙައްޤެއް؛" ކަމަށް އޭނާ ވިދާޅުވި ކަމަށް ވެއެވެ.

ފާލާހް އެ އިޝާރާތް ކުރެއްވީ، މެމްބަރުން އިންތިޚާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުން ރައްޔިތުންނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމާއި އެއީ ހަމަ އެކަނި މެމްބަރަށް ހަނިވާ ހައްގެއްގެ މާނާއިގައި ވިދާޅުވި އެއްޗެއް ކަމަށް ބެލެވެއެވެ.

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ގެނައި ބޮޑެތި ބަދަލުތަކަކާ ދެކޮޅަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އެއް ޕާޓީ ކަމުގައިވާ އެމްޑީޕީ އިން އަންނަނީ ޑިސެމްބަރު 10 ވަނަ ދުވަހު ބޮޑު ޖަލްސާ އެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ޓެކްސީ ޑްރައިވަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު