Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސައުތެމްޓަން ބަލިކޮށް ޗެލްސީގެ ފޯމު ކުރިއަށް

މޮޅާއެކު ޗެލްސީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 14 މެޗުން 28 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޑިސެމްބަރު 2024 | ބުރާސްފަތި 04:54
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޗެލްސީން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައި ދެ ވަނައިގައި ހިފަހައްޓައިފި އެވެ.

ސައުތެމްޓަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ތިން ލަނޑު ޖެހިއިރު، ސައުތެމްޓަން އިން އެއް ލަނޑު ޖެހި އެވެ. ޗެލްސީގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ އެކްސެލް ޑިސާސީ އެވެ. އޭގެ ފަހުން ޖޯ އަރިބޯ ޖެހި ލަނޑާއެކު ސައުތެމްޓަން އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ދެ ވަނަ ފަހަރަށް މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކްރިސްޓޮފް އެންކުންކޫ އެވެ. އަދި މި ހާފުގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ނޯނީ މަޑުއޭކޭ އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ކޯލް ޕާމާ ޖެހިއިރު، ފަސް ވަނަ ލަނޑު ޖެހީ ޖޯޑަން ސަންޗޯ އެވެ.

މޮޅާއެކު ޗެލްސީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 14 މެޗުން 28 ޕޮއިންޓާ އެކު އެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ބަލުވެފައި ނުވެ އެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ ބަލިވީ އޮކްޓޫބަރު މަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޕްރިމިއަރ ލީގުސައުތެމްޓަންޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު