Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރައްޔިތުންގެ މަޖިލިސް

އެފްއޭއެމް އޮތީ ފުލުސް އަދި ޕީޖީ އޮފީހުގައި: ޓޮމް

މެމްބަރު ޓޮމް އެ އިޝާރާތް ކުރެއްވީ އެފްއޭއެމްގެ ރައީސަކަށް އެންމެ ފަހުން ހުރި ބައްސާމް ހިންގަވާފައިވާ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަ އަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2024 | ބުރާސްފަތި 04:29
މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤު (ޓޮމް)

މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤު (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފެންނަން އޮތީ ދިވެހި ފުލުހުންގެ ޚިދުމަތް އަދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޓޮމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު ނަންބަރު 30/2015 (ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިސްލާާޙު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕިލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްުއްލަޠީފް މުޙައްމަދު އެވެ.

ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޓޮމް ވިދާޅުވީ އެސޯސިއޭޝަންތަކުގެ ވެރިންގެ މަޤުސަދަކީ އެ ކުޅިވަރު ކުރިއެރުވުން ނޫން އެހެން މަޤުސަދަކަށް ވެއްޖެ ނަމަ، ނުވަތަ އެހެން މަޤުސަދެއް ޙާސިލު ކުރުމަށް މަސައްކަތް ފަށައިފި ނަމަ ދެން ވެގެން ދާނެ ހުރިހާ ގޮތެއް އެފްއޭއެމަށް ވެފައިވާ ކަމަށެވެ. މެމްބަރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރު ތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މީޣެ އިތުރުން ޓޮމް ވިދާޅުވީ އެފްއޭއެމްގެ ރައީސަކަށް މީގެ ކުރިން ހުރި ބައްސާމް އަދީލް ޖަލީލް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމުން ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބު ސަސްޕެންޑު ކުރި ކަމަށެވެ. ޓޮމް ވިދާޅުވީ އެކަމުގައި އޭރު ކުޅިވަރު ވަޒީރަކަށް ހުންނެވި އަޙުމަދު މަޚްލޫފް އިސްވެ ހުންނަވައި އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތް ފެށި ކަމަށާއި، އެހެން ނަމަވެސް ވަކި ހިސާބަކުން މިނިސްޓަރު ކޮޅު ބަދަލު ކުރެެއްވީ ކަމަށެވެ. ޓޮމް ފާހަގަ ކުރެއްވި ގޮތުގައި ނިއު އާއި ވިކްޓްރީ ސަސްޕެންޑު ކުރުމާއެކު، ކަންތައް ވެގެން ދިޔައީ އާންމުންގެ ތެރޭގައި ފުޓުބޯޅައިގެ ވާހަކަ ދެއްކޭ ވަރަށްވުރެ މާ ގޯސްކޮށް ކަމަށެވެ.

ޓޮމް ވިދާޅުވީ އޭގެ ފަހުން ރާއްޖޭގެ ސަރުކާރާއި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ އިތުރުން އޭއެފްސީ އަދި އެފްއޭއެމާ އެކުވެގެން ރާއްޖޭގެ ފުޓުބޯޅަ ދިޔަ ތަނެއް ހޯދައި ބެލިއިރު، އެފްއޭއެމް ފެންނަން އޮތީ ފުލުހުންގެ އިދާރާ އަދި ޕީޖީ އޮފީހުން ކަމަަށެވެ. މެމްބަރު ޓޮމް އެ އިޝާރާތް ކުރެއްވީ އެފްއޭއެމްގެ ރައީސަކަށް އެންމެ ފަހުން ހުރި ބައްސާމް ހިންގަވާފައިވާ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަ އަށެވެ. އެ މައްސަލަތަކުގައި ބައްސާމާ ދެކޮޅަށް މިހާރު ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. ބައްސާމްގެ ދައުރު ހަމަވުމުގެ ކުރިން ފީފާ އިން އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.

މީގެ އިތުރުން އެ ބިލަށް ބަހުސް ކުރައްވަމުން މީގެ ކުރިން ރާއްޖޭގެ ޤައުމީ ޓީމަށް ކުޅެފައިވާ ފޯވާޑު އަދި އެފްއޭއެމްގެ ރައީސްކަން ވެސް ކުރައްވާފައިވާ ޓޮމް ވަނީ، އެފްއޭއެމުން ހިންގާފައިވާ ބައެއް ކަންކަމުގެ ވާހަކަ ފާހަގަކޮށްފަ އެވެ. އެގޮތުން ސަރުކާރު ނުވަތަ އެޗްޑީސީ އާއި އެފްއޭއެމާ މެދުވެރިވެގެން ދެ ފުޓުބޯޅަ ދަނޑާއި ސްކޫލެއް އަޅަން ބިމެއް ދީފައިވާކަން މެމްބަރު ފާހަގަ ކުރި އެވެ. ނަމަވެސް އެ ދަނޑު ވެސް ޤާއިމު ނުކުރެވުނު ކަމަށާއި، ދަނޑު ކުޑަ ކުރުމަށް ފަހު ގުދަނެއް ހަދާފައިވާކަން ވެސް ޓޮމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހަމައެހެންމެ ފުޓުބޯޅަ ކުޅުމަށް އޮންނަ ދަނޑުތައް ކުޑަ ކުރުމަށްފަހު، އެ ތަންތަން ކުއްޔަށް ދީގެން ކެފޭ ނުވަތަ ރެސްޓޯރެންޓު ޤާއިމު ކުރުމަށް ދީފައިވާ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދަނޑު ކުޑަ ކުރުމަށްފަހު، ނުވަތަ ފުޓުބޯޅަ ކުޅޭ ބޯޅަ ވިއްކާލުމަށްފަހު ދެން އެފްއޭއެމް އިން ކުރަން ޖެހޭ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.

ޓޮމް ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ޒުވާނުން ބާރުވެރި ކުރުވުން ކަމަށާއި، ކުޅިވަރުގައި ޒުވާން ކުޅުންތެރިން އުފައްދައި، ކުޅިވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައި ދިނުން ކަމަށަށެވެ. އަދި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަކަށް އެއްބާރުލުން ދީގެން ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު