Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލު ޕާސްޕޯޓު މަނާކުރުން

މުއިއްޒުގެ ސަރުކާރުން ޔަހޫދީ ވަނީ ވެސް، ޔާހޫދީންވެސް ހައިރާންވާ ވަރަށެވެ

ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑުވެ ޚުދުމުހުތާރު ވެރިކަމަކަށް ނިޒާމް ބަދަލުވާވަރުގެ އިސްލާހެއް 8 ގަޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނެސްފިއެވެ. އެކަމަކު 8 މަސް ފަހުންވެސް މުޅި ދުނިޔޭގެ މަޝްވަރާ ހޯދައިގެން ނޫނީ ނުކުރެވޭ ކަމަކަށްވީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރާ ބިލަށް ގޮތެއް ނިންމުމެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 13:02
20 ވަނަ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި - މި ބިލްގެ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް ކޮށް މަޖިލީހުން ވަނީ ނިންމާފައި

20 ވަނަ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި - މި ބިލްގެ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް ކޮށް މަޖިލީހުން ވަނީ ނިންމާފައި

އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލުގެ މައްސަލައަކީ އަރަތެކެވެ. ސިޔާސީ ގޮތުން ސަރުކާރުން ޖަހާ ސަކާރާތެކެވެ. ދިވެހި ރައްޔިތުން މޮޔަހައްދަން ކުޅޭ ސިޔާސީ ޑްރާމާއެކެވެ.

މިއީ ގިނަ ރައްޔިތުން މި މައްސަލައިގައި ގަބޫލުކުރާ ގޮތެވެ.

އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން އެންމެ ފުރަތަމަ ނިންމީ ރައީސް މުއިއްޒުގެ ކެބިނެޓުންނެވެ. އެކަން އިއުލާން ކުރީ ސަރުކާރުން ކެބިނެޓް ވަޒީރުން ނޫސްވެރިންގެ ކުރިމަތީގައެވެ. އެއާއި އެކު ދުނިޔޭގެ މީޑިއާތަކުގެ ފަލަސުރުޚީތަކަށް މި ޚަބަރު އެރިއެވެ. ސަރުކާރަށް ރައްޔިތުންގެ ތައުރީފް އޮހުނެވެ. އެއާއި އެކު ސަރުކާރުން ބުނީ މިކަން ގާނޫނީ ގޮތުން ކުރުމަށްޓަކައި ބިލެއް ޑްރާފްޓް ކުރަނީ ކަމަށެވެ. އެހާ ހިސާބުން އިދިކޮޅު އެމްޑީޕީން ސަރުކާރުން ކުޅެން އުޅުނު ގޭމް ދެނެގަނެ ޖެހިގެން އައި ދުވަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އިޒްރޭލްގެ ޕާސްޕޯޓް މަނާކުރާ ބިލުގެ ނަމުގައެވެ.

ސަރުކާރާ ސަރުކާރުގެ މެމްބަރުންނަށް ބިލް ބޭރުކުރަން ނުކެރި ކޮމިޓީއަށް ފޮނުވަން ފާސްކުރިއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އެބިލް އޮތީ މަޖިލީހުގެ ކޮމިޓީގައެވެ. އަށެއްކަ މަސް ފާއިތުވެގެން ހިނގައްޖެއެވެ. ސަރުކާރުގެ ހަގީގީ ބޭނުމަކީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުން ނޫންކަން ރައްޔިތުންނަށް އިނގެން ފެށީ މިހާ ހިސާބުންނެވެ. ބިލު އޮތީ ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުގެ ކޮމިޓީއެއްގައެވެ. ކޮމިޓީގެ މެޖޯރިޓީވެސް ސަރުކާރުގެ އަތުގައެވެ. ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް އޯވާ ނައިޓަކުން މަޖިލިސްތެރެއިން ކުރަމުން ގެންދެއެވެ. މި ބިލްގެ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް ކޮށް ނިންމައިފިއެވެ. މިބިލާ ބެހޭގޮތުން އެންމެ ފަހުން މި އިވުނީ މަޖާ ވާހަކަ އެކެވެ. ބިލް ފާސްކުރުމުގެ ކުރިން ބޮޑެތި ގައުމުތަކާ މަޝްވަރާ ކުރަންޖެހޭ ވާހަކައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ދިގު ތާރީޚުގައި ބިލަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުގެ ލަފާ ހޯދަން ޖެހުނު ފުރަތަމަ ބިލެވެ. ފަހަރުގައި ދުނިޔޭގައިވެސް ހިނގާ މިފަދަ ފުރަތަމަ ކަމަކަށް މިކަން ވެދާނެއެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކުރަން ދުނިޔޭގެ އެހެން ގައުމުތަކުގެ ރައުޔު ހޯދިކަން އަޑެއް ނާހަމަވެ. އެ ބުނަނީ ބިލު ފާސްކުރަން ފަލަސްތީނު ރައްޔިތުންނާ ވާހަކަ ދައްކަންޖެހޭ ވާހަކައެވެ. އިޒްރޭލް ދެކޭ ގޮތެއް ވެސް ބަލާލަން ޖެހޭ ވާހަކައެވެ. މީހަކު ހައިރާނެއް ނުވާނެތޯއެވެ. އެއްދުވަސް ތެރޭގައި ޓީޖީއެސްޓީއާއި ގްރީން ޓެކްސް ބޮޑުކޮށްފިއެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މީހުންނާ މަޝްވަރާއެއް ނުކުރެއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް ބޮޑުކޮށްފިއެވެ. ޓްރެވެލް އެޖެންޓުންނަކާ މަޝްވަރާ ނުކުރެއެވެ. ކޮންމެ ޓުއަރިސްޓެއްގެ ބޮލަށް 500 ޑޮލަރު ބޭންކަށް މާރުކުރާ ގަވައިދެއް ހަދައިފިއެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ބޭފުޅުންނާ މަޝްވަރާއެއް ނުކުރެއެވެ.

ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑުވެ ޚުދުމުހުތާރު ވެރިކަމަކަށް ނިޒާމް ބަދަލުވާވަރުގެ އިސްލާހެއް 8 ގަޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނެސްފިއެވެ. ސިޔާސީ ޕާޓީތަކަކަށް ރައްޔިތުންނަކަށް މަޝްވަރާއެއް ނުކުރެއެވެ. މިނޫނަސް ކިތައްމެ ކަމެއް ސަރުކާރުން ބޭނުންވާ ގޮތަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި މަޖިލިސް ތެރެއިން ކޮށް ނިންމައިފިއެވެ. އެކަމަކު 8 މަސް ފަހުންވެސް މުޅި ދުނިޔޭގެ މަޝްވަރާ ހޯދައިގެން ނޫނީ ނުކުރެވޭ ކަމަކަށްވީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރާ ބިލަށް ގޮތެއް ނިންމުމުގެ މައްސަލައެވެ. މީހުން ބުނަނީ ރަނގަޅަށެވެ. މުއިއްޒުގެ ސަރުކާރުން ޔަހޫދީ ވަނީ ވެސް، ޔާހޫދީންވެސް ހައިރާންވާ ވަރަށެވެ. މުނާފިގު ވަނީ ވެސް، މުނާފިގުންވެސް ކޮސްވާ ވަރަށެވެ. ކެރިވަޑައިނުގަންނަވާ ނަމަ ނުވަތަ ކުރައްވަން ބޭފުޅުނުވާނަމަ ކަން އޮތްގޮތަށް ވިދާޅުވެ ނިންމަވާލެއްވުން މާ ރަނގަޅުވެފަ ބޮލަށް ފަސޭހަވާނެ ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

09 ފެބުރުއަރީ 2018
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް

28 ޖެނުއަރީ 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު