Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުސާރަ ބޮޑުކުރުން

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

ޑިރެކްޓަރުންނަށް 1500ރ.

| 9 ފެބުރުއަރީ 2018 | ހުކުރު 18:48
ސިވިލް ސާވިސް ކޮމިޝަން

ސިވިލް ސާވިސް ކޮމިޝަން

މި އަހަރުގެ ބަޖެޓްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ ހިމެނި އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންމެ ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ 37 ޕަސެންޓް ބޮޑުވާނެ ކަމަށެވެ. ރައީސްގެ މި ވާހަކަފުޅުން ގިނަ ބަޔަކަށް އުންމީދުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ ރައީސް ވިދާޅުވި ގޮތާ ދިމާ އިދިކޮޅަށެވެ.

މުސާރަ ބޮޑުކުރުމުގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އިސްކަންދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސީއެސްސީ އިން ކުރި އިއުލާނުގައިވާ ގޮތުން އާމްދަނީ އިތުރުވެގެން ގޮސްފައި ވަނީ މަތީ ފަންތީގެ މަގާމުތަކުގެއެވެ.

ސީއެސްސީން ކޮށްފައިވާ އިއުލާނުގައި ޑިރެކްޓަރުން ފެންވަރުގެ މަގާމުތަކަށް 1،500ރ. ވަނީ ބޮޑުވެފައެވެ. ދަށް ފަންތީގެ މަގާމުތަކުގެ މުވައްޒަފުންނަށް ބޮޑުކުރުމަށް ހަމަޖައްސާފައި ވަނީ 700ރ. އެވެ.

އަނެއްކޮޅުން މުސާރަ ބޮޑުކުރި ކަމަށް ސަރުކާރުން ދައްކާ ވާހަކައަކީ ވެސް ވަރަށް ބޮޑު އޮޅުވާލުމެކެވެ. މުސާރަ ބޮޑުކުރުމަކީ އަސާސީ މުސާރަ ބޮޑުވުމެވެ. އަސާސީ މުސާރަ ބޮޑުކޮށްފި ނަމަ މުސާރައިގެ ނިސްބަތުން ދޭ އިތުރުގަޑީގެ ފައިސާ ފަދަ އިނާޔަތްތައް ވެސް ބޮޑުވެގެންދާނެ އެވެ. ނަމަވެސް އޭގެ ބަދަލު ސަރުކާރުން ދޭން ނިންމީ ފިކްސްޑް އެލަވަންސެކެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ މިހާރު އަށް އަހަރު ވެއްޖެއެވެ. މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. މުސާރަތައް ބޮޑުނުވާތާ އަހަރުތަކެއް ވެފައިވާ އިރު ސިވިލް ސާވިސް މުވައްޒަފުންނަށް ދޭންޖެހޭ ބޯނަސް ފައިސާ 2015 ވަނަ އަހަރުން ފެށިގެން ދީފައެއް ނުވެއެވެ. އަދި އައިޖީއެމްއެޗް ކަހަލަ ޔުނީފޯމް ދޭންޖެހޭ ބައެއް މުއައްސަސާތަކުން ފާއިތުވި އަހަރު ވެސް ޔުނީފޯމާއި އެކަމަށް ބޭނުންވާ ފައިސާ ފޯރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދާ މައްސަލަ ކަމަށް ވެސް ކޮމިޝަނުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު