Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފުރުސަތުގެ ބޭނުން ހިފައި ލިވަޕޫލަށް އެއް ވަނައިގައި އަށް ޕޮޮއިންޓުގެ ލީޑެއް

މިހާތަަނަށް ކުޅުނު 12 މެޗުން ލިވަޕޫލަށް ލިބެނީ 31 ޕޮއިންޓެވެ. 10 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ އަދި އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2024 | ހޯމަ 05:25
މެޗުގައި ލަނޑު ޖެހުމަށްފަހު ޞަލާޙު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޞަލާޙު އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލުން އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

ސައުތެމްޓަންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 3-2ންނެވެ. މެޗުގައި ލިވަޕޫލުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ސައުތެމްޓަން އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ނަގައިފަ އެވެ. ނަަަމަވެސް އޭގެ ފަހުން ލިވަޕޫލުން އަނެއްކާ އިތުރު ދެ ލަނޑު ޖަހައިގެން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ސޮބޮސްލާއި އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ސައުތެމްޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓުއާޓް އާމްސްޓްރޯންގް އެވެ.

ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ސައުތެމްޓަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އާމްސްޓްރޯންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުތެމްޓަން އަށް ލީޑު ނަގައިދިނީ މަތެއުސް ފެނާންޑޭޒް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން، މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗުން ލިވަޕޫލް މޮޅުވީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޞަލާޙު ޖެހި ލަނޑުންނެވެ.

މޮޅާއެކު ލިވަޕޫލް އިން ވަނީ އެއް ވަަނައިގައި އަށް ޕޮއިންޓުގެ ލީޑެެއް ނަގައިފަ އެވެ. މިހާތަަނަށް ކުޅުނު 12 މެޗުން ލިވަޕޫލަށް ލިބެނީ 31 ޕޮއިންޓެވެ. 10 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ އަދި އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ލިވަޕޫލަށް އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ލިބުނީ، އެންމެ ފަހުން މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން އެ ޓީމު ބަލިވެފައި އޮތުމުންނެވެ. އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލް އިން ވަނީ ފުރުސަތުގެ ބޭނުން ހިފައި ލީޑު ފުޅާ ކޮށްފަ އެވެ.

ޕްރިމިއަރ ލީގުސައުތެމްޓަންލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު