Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

އެމައްސަލައަކީ އެކޮމިޝަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށް "މައްސަލަ ބެލުމާއިމެދު ގޮތްނިންމާ ކޮމެޓީ" އަށް އެމައްސަލަ ފޮނުވަންވާނެ ކަމަށް އެގާނޫނުގައި ބަޔާންކޮށްދީފައިވޭ

އަލީ ޝާހީން
އަލީ ޝާހީން | 14 މެއި 2025 | ބުދަ 07:38
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މަޖިލީހުގެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިރާސާ ކުރުމުގައި ކޮމެޓީގެ މުގައްރިރާއި ކޮމެޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް ވިދާޅުވީ ޖޭއެސްސީ ގާނޫނުގައި މައްސަލަ ހުށަހެޅުމުން މައްސަލަ ކުރިއަށް ގެންދެވޭނެގޮތް ވަރަށް ތަފްސީލުކޮށް އެބައޮތްކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލައަކީ އެކޮމިޝަނުން ބަލާނެ މައްސަލައެއްތޯ ކަނޑާއެޅުމަށް "މައްސަލަ ބެލުމާއިމެދު ގޮތްނިންމާ ކޮމެޓީ" އަށް އެމައްސަލަ ފޮނުވަންވާނެ ކަމަށް އެގާނޫނުގައި ބަޔާންކޮށްދީފައިވާކަމަށެވެ.

ނާޒިލް ވިދާޅުވީ ޑރ.އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ބެލުމަށް "މައްސަލަ ބެލުމާއިމެދު ގޮތް ނިންމާ ކޮމެޓީ" އަށް ފޮނުވާފައިނުވާކަމަށާއި އެހެންކަމުން އިޖްރާތްތައް ބުނާގޮތުން ފުރަތަމަ އިޖްރާތާ ހިލާފްވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތުތައް ފުރިހަމަ ނުކޮށްކަމަށާއި ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ނުދީކަން ކޮމިޓީގައި ފާހަގަ ކުރެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީގައި ވެސް ނުދޭން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުން އަމަލު ކުރެއްވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ނާޒިލް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް އަޅުގަނޑުމެން އޭރުވެސް ކޮމެޓީގައި ދެއްކިވާހަކަޔާ އެއްގޮތަށް އެއޮތީ ފާހަގަކުރަށްވާ ފޮނުވާފަ އަދި އިއްޔެގެ ވަގުތެއްގައި ޖުޑިޝިއަރީ ކޮމެޓިއަށް އެމައްސަލް ލިބުމާއިއެކީގައި އަނެއްކާވެ އަޅުގަނޑު ކޮމެޓިގައި ހުރުމާއިއެކީގައި ކޮމެޓި މެންބަރެއްގެ ހައިސިއްޔަތުން އެދުނިން ސީޖީ ފާހަގަކުރަށްވާފަހުރި ކަންތައްތަކަށް ރިޔާއަތްކޮށް މިކޮމެޓީގައި މަޝްވަރާކޮށް ކުރެވެންއޮތް ކަންތައްތައްކޮށްފައި ފޮނުވަން ހިނގާށެ، އެއާވެސް މުޅިން އިދިކޮޅަށް ކޮމެޓިގެ މުގައްރިރާއި އަދި ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ސަރުކާރަށްނިސްބަތްވާ ޕީއެންސީ މެންބަރުން ކަންތައްކުރެއްވީ.
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް

މީގެ އިތުރުން ނާޒިލް ވިދާޅުވީ ކޮމެޓީގައި މަޝްވަރާނުކޮށް އިޖްރާތްތައް ފުރިހަމަނުވެ އޮތް ރިޕޯޓަކަށް މިއަދު ވޯޓުދީ ފާސްކޮށް ފަނޑިޔާރު ބޭރުކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި ފަނޑިޔާރަށް ކޮމެޓީގައި ފުރުސަތުދޭން ބާކައުންސިލާއި ރާއްޖޭގައި ތިބި ގިނަ ލޯޔަރުން ކޮމެޓީގައި ސިޓީތަކުން އެދިފައިވާކަމަށާއި އެހެން ނަމަވެސް އެއްވެސް ސިޓީއަކަށް އިޖާބަ ދިނުމެއްނެތި ކޮމެޓީ ހުދުމުހުތާރުކޮށް ގެންގޮސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު ވެސް އަނބުރާ ކޮމިޓީއަށް ފޮނުވައިލުމުގެ ބާރު މަޖިލިސް މެންބަރުންގެ އަތުގައި އެބަ އޮތް ކަމަށެވެ. އޭނާ ގޮވައިލެއްވީ އެ މައްސަލަ އަލުން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިލުމަށެވެ.

އަޒްމިރަލްދާ ޒާހިރުމަހާޒް އަލީ ޒާހިރުޖުޑީޝަލް ސަރވިސް ކޮމިޝަންމަޖިލިސް20

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު