Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހަކުރު އިމްޕޯޓު

އިންޑިއާ އިން ރާއްޖެ އަށް ހަކުރު އެކްސްޕޯޓު ކުރުން ހުއްޓާލައިފި

އިންޑިއާގެ ބައެއް މީޑީއާ ތަކުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެ އަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ މަދުވެގެން 7 ކޮންޓޭނަރުގެ ހަކުރު އެހެން ތަނަކަށް ގެންދަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ނަވާ ޝޭވާ ބަނދަރުގައި ވަނީ ހިފަހައްޓާފައެވެ.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 19:37
އިންޑިއާ އިން އެކްސްޕޯޓު ކުރާ ހަކުރު ގުދަން ކުރަނީ - ދުނިޔޭގެ އެންމެ ބޮޑު ހަކުރު އެކްސްޕޯޓަރަކީ އިންޑިއާ

އިންޑިއާ އިން އެކްސްޕޯޓު ކުރާ ހަކުރު ގުދަން ކުރަނީ - ދުނިޔޭގެ އެންމެ ބޮޑު ހަކުރު އެކްސްޕޯޓަރަކީ އިންޑިއާ

ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ އަށް އެކްސްޕޯޓު ކުރި 70 ޓަނުގެ ހަކުރު ސްރީލަންކާ އަށް ވަގަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙުޤީޤު ކުރަމުންދާތީ ރާއްޖެއަށް އިންޑިއާ އިން ހަކުރު އެކްސްޕޯޓު ކުރުން ހުއްޓާލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ އިޤްތިޞާދީ ކަންކަމާބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން މި ތަޙުޤީޤު ވަނީ ފަށާފައެވެ.

އޮކްޓޯބަރު 25 ގައި ރިޕޯޓުކުރެވުނު ގޮތުގައި، އިންޑިއާގެ ބައެއް އެކްސްޕޯޓަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަދިން 64,494.33 ޓަނުގެ ހަކުރުގެ ބައެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައެވެ.

އިންޑިއާގެ ބައެއް މީޑީއާ ތަކުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެ އަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ މަދުވެގެން 7 ކޮންޓޭނަރުގެ ހަކުރު އެހެން ތަނަކަށް ގެންދަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ނަވާ ޝޭވާ ބަނދަރުގައި ވަނީ ހިފަހައްޓާފައެވެ.

އަނެއްކޮޅުން، އިންޑިއާގެ ހަކުރު ކޮޅުނބަށް އެތެރެކުރި ކަމުގެ އިންޒާރަކާ ގުޅިގެން ސްރީލަންކާގެ ކަސްޓަމްސް އޮފިޝަލުން ގާތްގަނޑަކަށް 70 ކޮންޓެއިނަރުގެ ހަކުރު ހިފަހައްޓާފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭޕްރިލް 5، 2024 ގައި، ޑީޖީއެފްޓީން ވަނީ ހަނޑޫ، ފުށް، މުގު، ހަކުރު، ބިސް، އަލުވި އަދި ލޮނުމެދު، އަދި ހިލަ އާއި ހިލަވެލި ރާއްޖެ އަށް އެކްސްޕޯޓް ކުރުމަށް ހުއްދަދީ އިޢުލާނެއް އާންމު ކޮށްފައެވެ.

2023-24 ސީޒަންގައި (ސެޕްޓެމްބަރު-އޮކްޓޯބަރު) ހަކުރު އުފެއްދުންތެރިކަން ދަށްވުމާ ގުޅިގެން އިންޑިއާ އިން ވަނީ އެ ގައުމުން ހަކުރު އެކްސްޕޯޓްކުރުން މަނާ ކޮށްފައެވެ. އެހެން ނަމަވެސް، ދިވެހިރާއްޖެ ފަދަ މަދު ޤައުމުތަކަކަށް މަދު އަދަދަކަށް ހަކުރު އެކްސްޕޯޓު ކުރުމަށް އިންޑިއާ ސަރުކާރުން އޮތީ ނިންމާފައެވެ.

އޭގެ ފަހުން އޭޕްރިލް 15، 2024 ގައި، ޑީޖީއެފްޓީން ބުނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ މުދާ އެކްސްޕޯޓު ކުރެވޭނީ ކަނޑައެޅިފައިވާ ބަނދަރުތައް މެދުވެރިކޮށް އެކަނި ކަމުގައެވެ.

ރާއްޖެ އަށް އަންނަން ޖެހޭ ޝިޕްމެންޓެއް އެހެން ދިމާލަކަށް ދިއުމާ ގުޅޭ ތަޙުޤީޤު ފެށުމާ ގުޅިގެން، ދިވެހިރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން ގާތްގަނޑަކަށް މުޅިންހެން ހުއްޓިފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފައިވެއެވެ. ވިޔަފާރީގެ މަޞްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ސްރީލަންކާގެ އޮފިޝަލުން ވަނީ ހަކުރު ޝިޕްމަންޓަށް ކްލިއަރަންސް ދިނުން ހުއްޓާލާފައިވެއެވެ. އޭގެ އިތުރުން އެތެރެ ކުރަން އުޅުނު ހަކުރު ގަންނަން އުޅުނު ފަރާތްތައް ހޯދާ ލަންކާގެ އޮފިޝަލުން ވަނީ ތަހުގީގު ފަށާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޮކްޓޯބަރު މެދާ ހަމައަށް، ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ހުއްދަ ދެވިފައިވާ 80 އަށްވުރެ ގިނަ ކޮންޓެއިނަރުގެ ހަކުރު ސްރީލަންކާގެ ކޮޅުނބަށް ގެންގޮސްފައިވެއެވެ.

އިންޑިއާގެ ބިޒްނަސްލައިން އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ނޫހަށް ލިބިފައިވާ ސެޕްޓެމްބަރު 30، 2024 ގެ ތާރީޚުގެ ބިލް އޮފް ލޭޑިންގގެ ކޮޕީ އަކުން ހާމަވާ ގޮތުން، 270 ޓަނުގެ މުދާ ނަވާ ޝޭވާ ބަނދަރުން ފޮނުވާފައިވަނީ ކޮޅުނބަށެވެ.

ހަކުރުރާއްޖޭގެ އިގުތިސާދު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ

03 ޖުލައި 2025
ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ
03 ޖުލައި 2025

ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

03 ޖުލައި 2025
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
15 މެއި 2025

ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން 4 ކުއަރޓާގައި ދިޔައީ ދަށަށް

15 މެއި 2025
ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން 4 ކުއަރޓާގައި ދިޔައީ ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު