Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ބަޔާން މޮޅުވީ ކޭންގެ ހެޓްރިކުން

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 06:30
މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބައިނަލްއަޤުވާމީ ބްރޭކަށްފަހު، ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 3-0ންނެވެ. މެޗުގައި ބަޔާނުން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ބަޔާނަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ބަޔާނަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އޭނާގެ އިތުރުން ޖަރުމަނުގެ ޖަމާލް މުސިއާލާ އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، ކިންގްސްލީ ކޯމަން އަށް ވެސް ވަނީ ފުރުސަތެއް ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާނަށް ލީޑު ނަގައިދިނީ ކޭން އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޭން ލީޑު ނަގައިދިންއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކޭން ދެ ވަނަ ލަނޑެއް ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން މެޗުގައި ކޭން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ލިއޯން ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިއާއެކު މި ސީޒަންގައި ކޭން ބަޔާނަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ޖަރުމަނު ލީގުގައި އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ކޭން އެވެ.

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ. ނުވަ މެޗުން ބަޔާން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ބަޔާންގެ ފަހަތުން ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް 10 މެޗުން ލިބެނީ 21 ޕޮއިންޓެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކްހެރީ ކޭން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު