Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންފްލޭޝަން

އިންފްލޭޝަން މައްޗަށް ގޮސް އަންނަ އަހަރު ތަކެތީގެ އަގު ބޮޑުތަނުން އުފުލޭނެ

2025 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 3.9 އިން ސައްތަ އަށް މައްޗަށް ދާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ބުނެފައި

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 22 ނޮވެމްބަރު 2024 | ހުކުރު 10:54
ސުޕަރމާކެޓަކުން ތަކެތި ގަތް މީހަކު ރަސީދަށް ބަލަހައްޓައިގެން

ސުޕަރމާކެޓަކުން ތަކެތި ގަތް މީހަކު ރަސީދަށް ބަލަހައްޓައިގެން

2025 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 3.9 އިންސައްތައަށް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރުމާއެކު ތަކެތީގެ އަގު ބޮޑުތަނުން މައްޗަށް ދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

އަންނަ އަހަރު މީން ޒަމާނަކު އިންފްލޭޝަން މައްޗަށް ނުދާ ވަރަށް އުފުލޭނެ ކަމަށް ބެލެވެނީ މިނިސްޓްރީ އޮފް ފިނޭންސްއިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަބްސިޑީ އަށް ގެންނަ ބަދަލުތަކާ ގުޅިގެންނެވެ.

ސަރުކާރުން ބުނެފައިވަނީ މިހާތަނަށް މުޅި ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފަރުވާ އާއި ތެލަށް ދެމުން އައި ސަބްސިޑީ "ޓޭގެޓެޑް ސަބްސިޑީ" ނުވަތަ ހޮވާލޭ ބަޔަކަށް އެކަނި ދޭ ސަބްސިޑީ އަކަށް ބަދަލު ކުރާނެ ކަމަށެވެ. 

އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ބޮޑުތަނުން މައްޗަށް ދާނެ ކަމަށް ބެލޭއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.1 އިންސައްތައިގައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގެ އިންފްލޭޝަން ދާދި އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވިފައި އޮންނަނީ، ތެލާއި، އަސާސީ ކާބޯތަކެއްޗާއި، ކަރަންޓާއި ނަރުދަމާ ހިމެނޭގޮތަށް، އަސާސީ މުދަލާއި ޚިދުމަތްތަކަށް، ސަބްސިޑީ ދީ، އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުންނެވެ.

އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހި ރައްޔިތުންނަށް މާ ބޮޑަށް ކުރިޔަ ނުދީ ހިފެހެއްޓުމަށް މަގު ފަހިވެއެވެ. ޚާއްޞަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް، ތެލަށް ދޭ ސަބްސިޑީގެ ސަބަބުން ކަރަންޓުގެ އަގު ހިފެހެއްޓިފައި އޮތުމާއެކު، ދުނިޔޭގެ އެހެން ގައުމުތަކުގައި ދިމާވާ ގޮތައް ކަރަންޓުގެ އަގު ބޮޑުވުމުން ޚިދުމަތާ ތަކެތީގެ އަގު މައްޗަށްދާ ގޮތައް ރާއްޖޭގައި އެކަން އެހެން ހިނގާފައެއް ނުވެއެވެ.

އަސާސީ ޚިދުމަތާއި ތަކެއްޗަށް ސަބްސިޑީ ދޭން ފެށީއްސުރެ ރާއްޖޭގައި މިކަން ކުރެވުމުން އައީ އެއްވެސް ތަފާތު ކުރުމެއްނެތި މުޅި އާބާދީ އަށް ދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރުން އެކަން ބަދަލުކޮށް، އަންނަ އޭޕްރީލް މަހުން ފެށިގެން، ބަޖެޓުގައި ކަނޑައަޅާފައިވާ 900 މިލިއަން ރުފިޔާގެ ސަބްސިޑީގެ އެހީތެރިކަން ދޭނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ފަރާތްތަކަކަށް އެކަންޏެވެ.

ސަބްސިޑީ އަށް ގެންނަ ބަދަލުތަކާއެކު މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ދާނެ ކަމަށް ބެލެވިފައިވާއިރު، ސަރުކާރުން އެހީދޭ އާއިލާތައް ކަނޑައަޅާ ގޮތެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. އެހީތެރިކަން އެންމެ ބޭނުންވާ އާއިލާތައް ކަނޑައަޅާނެ މިންގަނޑުތައް ބަޖެޓް މަޝްވަރާ ކުރި މަރުހަލާގައިވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

އިންފްލޭޝަން މައްޗަށް ދާނެ ކަމަށް މިހާރުވެސް ލަފާ ކުރެވިފައިވާއިރު، ތަކެއްޗާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލުތަކުން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކުގެ އަސަރު ކުޑަ ކުރާނެ ޕްލޭނެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. އިންސާފުވެރިކަމާއެކު އެހީ ދޭނެ ގޮތެއް ބުނެދެވިފައެއް ވެސް ނުވެއެވެ.

ރާއްޖޭގެ އިގުތިސާދު އިންފްލޭޝަން ރޭޓް މައްޗަށް ދިއުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ

03 ޖުލައި 2025
ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ
03 ޖުލައި 2025

ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

03 ޖުލައި 2025
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
15 މެއި 2025

ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން 4 ކުއަރޓާގައި ދިޔައީ ދަށަށް

15 މެއި 2025
ކޮންސްޓްރަކްޝަން ވިޔަފާރި ވިދިވިދިގެން 4 ކުއަރޓާގައި ދިޔައީ ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު