Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣާއްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށްފި

މިއީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގައި ލޭއޮހޮރުވުމުގެ ހަނގުރާމައިގެ މެޝިން ހިންގި ފަހުން، ވޮޝިންގްޓަނުން ހުރަސް އަޅާ ހުއްޓުވި މިފަދަ ތިންވަނަ ގަރާރެވެ. 

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 11:42
އދ ގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ މަންޒަރެއް

އދ ގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ މަންޒަރެއް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ ގެ ސެކިއުރިޓީ ކައުންސިލަށް އަލްޖީރިއާ އިން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށްފިއެވެ. 

އިޒްރޭލުގެ ބޮޑު ހިމާޔަތްތެރިޔާ އެމެރިކާ އިން ވީޓޯ ބާރު ބޭނުންކޮށް އެ ގަރާރަށް އަންގާރަ ދުވަހު ހުރަސް އެޅި އިރު މިއީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގައި ލޭއޮހޮރުވުމުގެ ހަނގުރާމައިގެ މެޝިން ހިންގި ފަހުން، ވޮޝިންގްޓަނުން ހުރަސް އަޅާ ހުއްޓުވި މިފަދަ ތިންވަނަ ގަރާރެވެ. 

15 މެންބަރުންގެ ސެކިއުރިޓީ ކައުންސިލުގެ 13 ޤައުމެއްގެ މަންދޫބުން މި ޤަރާރަށް ތާއީދުކޮށް ވޯޓު ދިނެވެ. އިނގިރޭސިވިލާތުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ. 

އދ. ގައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު ރިޔާޟް މަންސޫރު، ވޯޓު ނިމުމާއެކު، ސެކިއުރިޓީ ކައުންސިލުގައި އެމެރިކާގެ ވީޓޯ ކުށްވެރިކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

"މިއަދު މި ވީޓޯއާއެކު އިޒްރޭލަށް ދެވުނު މެސެޖަކީ މީހުން މެރުން ކުރިއަށް ގެންގޮސް، އެކަމުން ރެކުންވެސް ކުރިއަށް ގެންދެވިދާނެ" ކަމަށް އޭނާ ސެކިއުރިޓީ ކައުންސިލަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ އަލްޖީރިއާއިން ހުށަހެޅި މި ޤަރާރު ހުއްޓުވާނެކަމަށް ވޯޓުގެ ކުރިންވެސް ބުނެފައެވެ. 

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިޒްރޭލުގެ އަނިޔާވެރިކަން ޣައްޒާގައި ހުއްޓުމެއްނެތި ކުރިއަށް ދާއިރު، މިހާތަނަށް، އިޒްރޭލުން ވަނީ ޣައްޒާގައި 43،985 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންވެ. އޭގެ އިތުރުން 104،092 ފަލަސްތީނު މީހުން ވަނީ ޒަޚަމްވެފައެވެ. 

ޣައްޒާ ގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި، ވޮޝިންގްޓަނުން ވަނީ އިޒްރޭލަށް 10،000 ޓަނަށްވުރެ ގިނަ ހަނގުރާމައިގެ އާލާތްތައް ފޯރުކޮށްދީފައިވެއެވެ. 

އެމެރިކާއިން ވަނީ އޮކްޓޯބަރު އަދި ޑިސެމްބަރު މަހުވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މިފަދަ އދ. ގެ ޤަރާރުތަކެއް ވީޓޯ ކޮށްފައެވެ.                 

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާޔޫއެންއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު