Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީގެ ދިފާއުގައި ކުރާ މުޒާހަރާ

ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މަޖިލިސް އޮންނާނެ މިއީ ފަހު ދުވަސްކަމަށް ބުނެ، ގިނަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފި

ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 10:50
ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މަޖިލިސް އޮންނާނެ މިއީ ފަހު ދުވަސްކަމަށް ބުނެ، ގިނަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" މި ނަމުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އާއްމު ރައްޔިތުން މަޖިލިސް ކުރާ ގެ ސަރަހައްދުގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް، ސަރުކާރަށް ތާއީދުކުރާ އާއްމު ރައްޔިތުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން މުޒާހަރާގެ ތެރެއަށް ވަދެ ސަރަހައްދު ހޫނު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް އެތަނުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ސަފުތައް ރޫޅާލުމަށް ޕިއެންސީއަށް ނިސްބަތްވާ ބައިވެރިން މަސައްކަތްކޮށްފައިވާއިރު، ދެ ޕާޓީއަށް ނިސްބަތްވާ އާއްމު މެމްބަރުން އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީފައިވާއިރު، އެސަރަހައްދުގެ މަސްރަހު ގޯސްވެފައިވެއެވެ.

Advertisement - newsAdvertisement

ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފިނަމަ މެންބަރުކަމުން ވަކިވާނެކަމަށް ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެއިސްލާހު ފާސްކުރުމަށް ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަމަން ބަލަހައްޓަމުންދިޔަ ފުލުހަކަށް ވެސް ވަނީ އަނިޔާވެފައިވެއެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް އާއްމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް މި ބަދަލު ގެނައުމުގެ ބިލުގެ ސަރުކާރުގެ ފަރާތުން ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.

މިފަދަ ބަދަލެއް ޤާނޫނު އަސާސީ އަށް މި ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ އިރު ތިބި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ އެއް ބާތިލް ކުރުމަށް ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މަޖިލިސްމުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު