Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

މިނިސްޓަރު ހަގީގަތާ ޚިލާފު މަޢުލޫމާތު ދެއްވައި، ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ސުވާލުތަކަށް ޖަވާބު ދެއްވާތި މެންބަރުން ހިތްހަމަނުޖެހި އަޑު އުފުލަން ފެށި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 06:17
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - 12.08.2025

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - 12.08.2025

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިނުގެން، އަޑުހަރުކޮށް ވާހަކަދައްކަވައިފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނާޒިލް ވަނީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭނެ ތާރީޚެއް ހާމަކޮށް ދިނުމަށް މިނިސްޓަރު އަރިހުން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދެވޭތީ ކަމަށް އެ ފަރާތުން މައުލޫމާތު ހާމަކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެކަމުގެ ތަފްސީލު ހިއްސާކުރެއްވުމަށް މެންބަރު އެދިވަޑައިގެންނެވިއެވެ.

މި ސުވާލާ ގުޅިގެން މިނިސްޓަރު ޝަހީމް އަލީ ސައީދު ވަނީ ވަރަށް ބޮޑަށް ކޯފާވެ ހަރުކަށިކޮށް ޖަވާބު ދެއްވާފައެވެ.

ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަންފަށާފައިވާ އިސްލާމީ މަރުކަޒު، މި މަރުކަޒުގަ ގުރުއާން އާ ބެހޭ ބައެއް ވެސް ހިމެނޭ. ޒަކާތު އޮފީހެއް ވެސް ހިމެނޭ. ޖަލްސާކުރާ މާލަމްތަކެއް ވެސް ހިމެނޭ. ހަމަ ދިއްދޫގައި އެމްޑީޕީން ހަވާލުކުރި މޮޑެލްގެ ތަނެއް. މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދެވޭތީ ކަމަށް ކޮންޓްރެކްޓަރު އެބަ ބުނޭ. މީ ކިހިނެއް ހިނގާ ކަމެއްތޯ އަދި މި މިސްކިތް ނިމޭނެތޯ ކުރިއަށް އޮތް ދެތިން އަހަރުތެރޭގަ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މެންބަރު ހިއްސާކުރެއްވި ހުރިހާ މައުލޫމާތަކީ ވެސް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް މިނިސްޓްރީގެ ފަރާތުން ދައްކަން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ނުދައްކާ ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ނުދަނީ އެކަން ހަވާލުކޮށްފައިވާ ކުންފުންޏަކީ އެކަމަށް ނާގާބިލު ކުންފުންޏަކަށް ވުމުން ކަމަށެވެ. އަދި ހުރިހާ ފައިސާއެއް ދައްކަވާފައިވާ ކަމަށާ މެންބަރު ހިއްސާކުރެއްވީ ދޮގު މައުލޫމާތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ހުރިހާ ދަރަންޏެއް ދައްކާ ޚަލާސްކުރީ މި ސަރުކާރުން ކަމަށާ އެގޮތުން 170 މިލިއަން ރުފިޔާގެ ދަރަނި އެ މިނިސްޓްރީން ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފައިސާ ނުދައްކާ ގައުމު ދަރުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެ، ޕީއެންސީ މެންބަރުންނާ އެމްޑީޕީ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރިއެވެ. މެންބަރު އަޑުގަދަ ކުރެއްވުމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު މިނިސްޓަރަށް ދިނުމަށް އެދިފައެވެ. އަދި އަނެއްކާވެސް މިނިސްޓަރު ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވިއެވެ.

މިނިސްޓަރު ޝަހީމްގެ ވާހަކަ ދެން ވެއްޓެވީ ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިނުގެން، ވަރަށް އަޑު ހަރުކޮށެވެ.

ހުރިހާ ދަރަންޏެއް އަޅުގަނޑުމެން އަދާކޮށްފަ އެއޮތީ. 170 މިލިއަން ރުފިޔާ.. އިއްޒަތްތެރި މެންބަރު އަޅުގަނޑުމެން ވާނީ ދައްކާފަ. ދޮގު މައުލޫމާތު ތި ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް. އިއްޒަތްތެރި މެންބަރު އަޑުއައްސަވާ. ސުވާލުކުރައްވާފަ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ތިބޭފުޅޭގެ ހުންނަން ޖެހޭނެ. ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަން ޖެހޭނެ. ހުރިހާ ފައިސާއެއް ދެއްކީ އަޅުގަނޑުމެން. 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީން ދަރުވާލާފަ ތިހުރީ. ލަދުގަންނަން ޖެހޭނެ ސުވާލު ކުރަން.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު

އެއާއެކު އަނެއްކާވެސް މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެ، މިނިސްޓަރު އިންނެވި ގޮނޑި ކައިރީގައި ބައެއް މެންބަރުން އަޑު އުފުލަން ފެށުމާއެކު ރިޔާސަތުން ވަނީ ސެކިއުރިޓީ ވެސް ހާޒިރުކޮށްފައެވެ.

ރިޔާސަތުން ތަކުރާރުކޮށް މެންބަރުންނަށް އިށީނދެވަޑައިގަތުމަށް އެންގެވިނަމަވެސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެކަމަށް އިޖާބަ ނުދެއްވުމުން، ނަސޭހަތްތެރިވެ، ނަން އިއްވުމަށްފަހު އެންމެ ފަހުން ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

މަޖިލީހުގައި މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ، މިނިސްޓަރު ހަގީގަތާ ޚިލާފު މަޢުލޫމާތު ދެއްވައި، ރައްޔިތުންނަށް އޮޅުންއަރާފަދަ ގޮތަކަށް ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމުގެ ސަބަބުންނެވެ. މީގެއިތުރުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވަމުން ގެންދެވީ ޒާތީ ގޮތެއްގައި، ވަރަށް ބޮޑަށް ކޯފާވެ ހުންނަވައެވެ.

އެހެން ކަމުން މިނިސްޓަރ ޝަހީމް މަގާމުގެ ހައިސިއްޔަތުން ޤާނޫނީ ޒިންމާއެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެމްބަރުންނަށް ޖަވާބު ދެއްވުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާނަމަ ހަޑި ހުތުރު ކަމެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވެސް ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރު ޝަހީމް ހާޒިކޮށްފައިވާއިރު ދެ މެންބަރަކު މިނިސްޓަރާ ކުރައްވަން ހުށަހަޅާފައިވާ ދެ ސުވާލު ވަނީ އެޖެންޑާގައި ހިމަނާފައެވެ.

މަޖިލިސްއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު