Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

މިނިސްޓަރު ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 އޮކްޓޯބަރު 2025 | ބުދަ 10:17
މާލެ ސިޓީގެ މޭޔަރ އާޒިމް

މާލެ ސިޓީގެ މޭޔަރ އާޒިމް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މާލެ ސިޓި ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ހުޅުމާލޭގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުވާ ސަބަބާ ގުޅިގެން މިނިސްޓަރ ޝަހީމް އާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ކަމަށެވެ. އަދި ސައުންޑް ސިސްޓަމްތަކާ ނުކުޅުމަށާ ބަންގީގެ އަޑު ގަދަކުރުމަށް ތަކުރާރުކޮށް ބުނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މާލޭ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތައް މި އޮންނަނީ މާލޭ ސިޓީ ކައުންސިލްގެ ދަށުގަ. އެހެންވީމަ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާ ނުކުޅޭށޭ ތިބޭފުޅުން. އެހެންވީމަ ސައުންޑް ސިސްޓަމްތަކަށް އަޅުގަނޑުމެން ބަންގީގެ އަޑު ވީހާ ވެސް ދުރަށް އިއްވުމަށް އަޅުގަނޑުމެން މި އޮންނަނީ އަންގާފަ. އޮންނައިރު ސިޓީ ކައުންސިލްގަ ތިބޭ ބަޔަކު ގޮސް އޭގެ އަޑު މަޑުކުރުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫން. މިނިސްޓްރީން އަބަދުވެސް މި ބުނަނީ ބަންގި އިއްވާށޭ.
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު

ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށް އަންގާފައިވާ ކަމަށާއި، އެހެން އޮންނައިރު ސިޓީ ކައުންސިލުގައި ތިބި ބަޔަކު ގޮސް އޭގެ އަޑު މަޑު ކުރުމަކީ މިނިސްޓްރީގެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު ކުރެއްވި ތުހުމަތު މޭޔަރު އާޒިމް ވަނީ ދޮގުކުރައްވާފައެވެ.

އެކަން ހިއްސާކޮށް މޭޔަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު އެ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އެކަހަލަ ކަމެއް ކައުންސިލުން ކޮށްފައި ނުވާނެ ކަމަށާ، ބަންގީގެ އަޑު މަޑުކޮށް، ގަދަކުރަނީ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް، މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމު ކަމަށެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވަމުން ގެންދެވީ ޒާތީވެ، ވަރަށް ބޮޑަށް ކޯފާވެ ހުންނަވައެވެ.

އެހެން ކަމުން މިނިސްޓަރ ޝަހީމް މަގާމުގެ ހައިސިއްޔަތުން ޤާނޫނީ ޒިންމާއެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެމްބަރުންނަށް ޖަވާބު ދިނުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާނަމަ ހަޑި ހުތުރު ކަމެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވެސް ވަނީ ވިދާޅުވެފައެވެ.

މަޖިލިސްމާލޭގެ މޭޔަރ އާދަމް އާޒިމްއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު