Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު - ލުބުނާނު ހަނގުރާމަ

އިޒްރޭލުން ބެއިރޫތުގެ މެދުތެރެއަށް ބޮން އަޅާ 5 މީހުން މަރާލައިފި

ވޭތުވެދިޔަ ހަފްތާތަކުގައި އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒުވެފައިވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދުގައިވާ ހިޒްބުﷲގެ މައި މަރުކަޒުތަކަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 19 ނޮވެމްބަރު 2024 | އަންގާރަ 08:44
2024 ނޮވެންބަރު 18 ވަނަ ދުވަހު ދެކުނު ލުބުނާނުގެ ސަރަހައްދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއްގެ ކައިރިން ކާރެއް ދުއްވާފައި ދަނީ

2024 ނޮވެންބަރު 18 ވަނަ ދުވަހު ދެކުނު ލުބުނާނުގެ ސަރަހައްދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއްގެ ކައިރިން ކާރެއް ދުއްވާފައި ދަނީ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރެއަށް އިޒްރޭލުން ހޯމަ ދުވަހު އަނެއްކާވެސް ބޮން އެޅުމުގެ ސަބަބުން ފަސް މީހުން މަރުވެއްޖެއެވެ.

މި ހަމަލާ ދީފައި މިވަނީ ލުބުނާނުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާއެއްގައި އެކަކު މަރުވެ، އެތަށް ބަޔަކު ޒަޚަމްވެފައި ވަނިކޮށެވެ.

އިޒްރޭލުން ބެއިރޫތުގެ މެދުތެރެއަށް އަނެއްކާވެސް ހަމަލާއެއް ދީފައިވާއިރު، އާދީއްތަ ދުވަހު އިޒްރޭލުން ވަނީ ބެއިރޫތުގެ މެދުތެރޭގައި ހުރި އިމާރާތަކަށް އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ވަރުގަދަ ހަމަލާއެއްދީ ހިޒްބުﷲގެ ތަރުޖަމާނު މުޙައްމަދު އަފީފްގެ އިތުރުން 5 މީޑިއާ އޮޝަލުން މަރާލާ، އެތަށް ބަޔަކު ޒަޚަމްކޮށްލާފައެވެ. ވޭތުވެދިޔަ ހަފްތާތަކުގައި އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒުވެފައިވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދުގައިވާ ހިޒްބުﷲގެ މައި މަރުކަޒުތަކަށެވެ.

އަނެއްކޮޅުން، ހޯމަދުވަހު ރެސްކިއު ޓީމު ތަކުން މައުލޫމާތު ދޭގޮތުގައި އުތުރު ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 34 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ހަމަލާ އަމާޒުވި ސަރަހައްދުން އަދިވެސް ދިރިހުރި މީހުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު، ލުބުނާނުގެ ސަރުކާރުގެ މީޑިއާ ކަމުގައިވާ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ބުނެފައިވާ ގޮތުގައި ޝިޔާ މުސްލިމުންގެ އަޅުކަން ކުރާ ތަނަކާ ކައިރި އެޕާޓްމަންޓަކަށް ވެސް އިޒްރޭލުން ހަމަލާދީ، މިކަމުގެ ސަބަބުން "ވަރަށް ބޮޑު ގެއްލުމެއް" ވަނީ ލިބިފައެވެ.

މީގެ އިތުރުން، އާދިއްތަ ދުވަހު މި ސަރަހައްދުން ގާތްގަނޑަކަށް ސަތޭކަ މީޓަރު ދުރުގައިވާ ސަރަހައްދަކަށް ވެސް އިޒްރޭލުން ހަމަލާދީ ތިން މީހުން މަރުވެފައިވާކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މީގެ ކުރިން ބެއިރޫތުގެ މެދުތެރެއަށް ދިން އެހެން ހަމަލާއެއްގައި ހަތް މީހުން މަރުވެފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ލުބުނާނުގައި، އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،287 މީހުން މަރުވެ، 14،222 މީހުން ވަނީ ޒަޚަމްވެފައެވެ.

ލެބަނަންއިޒްރޭލްއިޒްރޭލް-ލުބުނާން ހަނގުރާމަ ބޭރޫތު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު