Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެމެރިކާގެ ހަތިޔާރު ރަޝިޔާގެ އެތެރޭގައި ބޭނުންކުރުމުގެ ހުއްދަ ޔޫކްރެއިނަށް ދޭން ބައިޑްން ނިންމަވައިފި: ރިޕޯޓުތައް

މި ނިންމުން އައިސްފައި ވަނީ ޔޫކްރެއިން އާ ރަހްމަތްތެރި ޖޯ ބައިޑެންގެ ރިޔާސީ ދައުރުގެ ފަހު ދުވަސްތައް ގުނަމުން ދަނިކޮށް، އަދި އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަކީ ރަޝިޔާއާ ދޭތެރޭ މާ ރަނގަޅަށް ދެކެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ބެލެވިފައިވާ ވަގުތެއްގައެވެ.

ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 12:00
އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ

އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ

ދައުރު ނިމެމުންދާ އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ރަޝިޔާގެ އެތެރޭގައި ބޭނުންކުރުމުގެ ހުއްދަ ދެއްވަން ނިންމައިފިކަމަށް ރޮއިޓަރސް، ޓަރސް، އެސޯސިއޭޓެޑް ޕްރެސް އަދި ނިއު ޔޯކް ޓައިމްސް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މި ކަމާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ އެމެރިކާގެ ދެ އޮފިޝަލަކު ހިމެނޭ ގޮތުން، ތިން މަސްދަރަކުން، ރޮއިޓަރސް އަށް އާދީއްތަ ދުވަހު މައުލޫމާތު ދެމުން ބުނެފައިވަނީ ޔޫކްރެއިނުން ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އިން ފޯރުކޮށްދީފައިވާ ދުރުރާސްތާ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމަށެވެ.

ވައިޓް ހައުސްއިން މި ރިޕޯޓުތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޔޫކްރެއިނުގެ ރައީސް ވުލޮޑިމިރް ޒެލެންސްކީ އެ ގައުމުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޔޫކްރެއިންނަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ހުއްދަ ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަމުންދާ ކަމަށާއި، މިއީ އިއުލާނު ކުރެވޭ ބާވަތުގެ ކަންކަމެއް ނޫން ކަމުގައެވެ.

ޕޮލެންޑުގެ ފޮރިން މިނިސްޓަރު ރަޑޮސްލޯ ސިކޯސްކީ ވަނީ މި ރިޕޯޓުތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން ޖަވާބު ދެމުންދަނީ "[ރަޝިޔާގެ ރައީސް ވުލެޑިމިއަރ] ޕުޓިން އަށް ދޭހަވާ ބަހަކުން،" ކަމަށެވެ.

އަނެއްކޮޅުން ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ވްލަޑިމިއަރ ޖަބަރޮވް ރަޝިޔާ ސަރުކާރުގެ ނޫސް އޭޖެންސީ ޓާސް އަށް ވިދާޅުވެފައިވަނީ، އެމެރިކާއިން ފޯރުކޮށްދީފައިވާ މިސައިލް ރަޝިޔާގެ އެތެރޭގައި ހަމަލާ ދިނުމަށް ޔޫކްރެއިނަށް ބޭނުންކުރުމަށް ހުއްދަ ދިނުމަކީ ތިންވަނަ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ރަޝިޔާ އިން މި ނިންމުމަށް ވަގުތުން ޖަވާބުދާރީވާނެ ކަމަށެވެ.

ބައިޑެންގެ މި ނިންމުން އައިސްފައިވަނީ އޭނާގެ ދައުރު ނިމުމަށް ދެ މަސް ދުވަސް ދުވަހަށް ކުޑަތަން ވެ، އަދި ޖެނުއަރީ 20 ވަނަ ދުވަހު އައު ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ބައިޑްން އާ ޚިލާފަށް ޓްރަމްޕް ފާހަގަ ކުރެވިފައިވަނީ ރަޝިޔާ ކޮޅަށް ބުރަވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ޓްރަމްޕް އަދި އޭނާގެ ޓީމުގެ އިސް މެންބަރުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ އެ ފަރާތްތަކަކީ ރަޝިޔާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެމެރިކާ އިން ބޮޑެތި އެހީތެރިކަން ދިނުމާމެދު ސުވާލު އުފައްދާ ބައެއްގެ ގޮތުގައެވެ. އަދި ޓްރަމްޕް އޮފީހާ ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާގެ ހަތިޔާރު ރަޝިޔާގެ ތެރޭގައި ބޭނުންކުރުމުގެ ހުއްދަ ޔޫކްރެއިނަށް ދިނުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

ރިޕަބްލިކަން ޕާޓީގެ ލީޑަރު ޓްރަމްޕް ވަޢުދު ވެވަޑައިގެންފައި ވަނީ އޭނާގެ ވެރިކަމުގައި ހަނގުރާމަ އަވަހަށް ނިމުމަކަށް ގެންނަވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތުގެ ތަފްޞީލެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.

އެމެރިކާގެ މި ނިންމުމާއެކު ޔޫކްރެއިނުން، އެމެރިކާގައި އުފައްދާފައިވާ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީއޭސީއެމްއެސް) ރޮކެޓްތައް ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމުގައި ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

މި ރޮކެޓްތަކުގެ ރޭންޖަކީ 190 މޭލު (306 ކިލޯމީޓަރު) ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮއިޓަރސް އަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ، އެމެރިކާގައި މިހާރު އޮތް ޔޫކްރެއިން އާ ރަހްމަތްތެރި ސަރުކާރުގެ ފައިދާ ޔޫކްރެއިނުން ނަގަމުންދާ ކަމަށެވެ. ޒެލެންސްކީ ވަނީ ރަޝިއާގެ އެތެރޭގައި ހުރި އަމާޒުތަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ހުއްދައަށް ތަކުރާރުކޮށް އެމެރިކާގެ ކިބައިން އެދިވަޑަޢިގެންފައެވެ. އެހެން ނަމަވެސް މިހާ ހިސާބަށް އައި އިރުވެސް އެ ހުއްދަ ޔޫކްރެއިނަށް އޮތީ ލިބޭ ގޮތް ނުވެފައެވެ.

ފްރާންސްގެ ނޫސް ލަ ފިގާރޯގައި ވާ ރިޕޯޓަކަށް އިޝާރާތްކުރަމުން، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް އެ ޤައުމުތަކުން ޔޫކްރެއިންނަށް ދީފައިވާ ދުރު ރޭންޖުގެ މިސައިލްތައް ރަޝިޔާ އާ ދެކޮޅަށް ބޭނުންކުރުމަށް އެ ގައުމުތަކުން ހުއްދަ ދޭނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މޮސްކޯއިން ކުރިން އިންޒާރުދީފައިވާ ގޮތުގައި، އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ޔޫކްރެއިން އިން ބޭނުން ކުރުމުގައި ދޭ ކޮންމެ ދުލެއް ބެލެވޭނީ ހަނގުރާމަ ފުޅާ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމުގައެވެ.

އެމެރިކާގެ މި ނިންމުމަކީ ހަތިޔާރު ބޭނުން ކުރުމުގެ ސިޔާސަތަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ ރަޝިޔާ އިން ޔޫކްރެއިންގެ ސިޓީތަކަށާއި ކަރަންޓުގެ ވިއުގައަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ޔޫކްރެއިން ސަރުކާރަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާ އާއި ނޭޓޯ ބައިވެރިން ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ސީދާ ވަންނަން ޖެހިދާނެ ކަމަށްޓަކައި، އެމެރިކާގެ ރައީސް ބައިޑްން ވަނީ އެމެރިކާގެ ހަތިޔާރު ރަޝިޔާގެ އެތެރޭގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގައި ބޭނުން ކުރުމާ މިހާތަނަށް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ ދުރު ރާސްތާ މިސައިލް ރަޝިޔާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގައި ބޭނުން ކުރަން ހުއްދަ ދިން މި ދަނޑިވަޅަކީ ހަނގުރާމައިގައި ރަޝިޔާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު