Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2025ގެ ބަޖެޓަށް ތައުރީފް

2025ގެ ބަޖެޓަކީީ ބޮޑު ބަޖެޓެއް ނޫން، ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން: މެންބަރު އިބްރާހިމް މުހައްމަދު

18 ނޮވެމްބަރު 2024 | ހޯމަ 08:40

ބަޖެޓަކީ ވަރަށް ޓެކްނިކަލް އެއްޗެއް

އަމްނާ އިމާދު
އަމްނާ އިމާދު | 18 ނޮވެމްބަރު 2024 | ހޯމަ 08:40
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު އިބްރާހިމް މުހައްމަދު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު އިބްރާހިމް މުހައްމަދު ވާހަކަދައްކަވަނީ

ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީީ ބޮޑު ބަޖެޓެއް ނޫން ކަމަށާއި، ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން ކަމަށް ރައްޔިތުން މަޖިލިސްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން މަޝްވަރާނުކުރާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، އެކަމުގެ މައުލޫމާތު ނެތް ބޭފުޅުންނާ މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށެވެ. ދިވެހިންގެ ރާއްޖެއަށް ހުށަހެޅިފައިވާ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖަޓެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ބައެއް މެންބަރުންގެ ހިޔާލު ނުހޯދާކަމަށް ބުނެ ފާޑު ކިޔަމުންދިޔަ ނަމަވެސް ތުއްތު ކުދިންނާއި، ކުޑަކުދިންގެ ތަރައްގީއަށް ކުރެވޭ ބައެއް ކަހަލަ ކަންކަމުގައި ތުއްތު ކުދިންގެ ލަފައެއް ނުހޯދޭނެ ކަމަށެވެ.

މެންބަރު ވިދާޅުވީ ބަޖެޓަކީ ވަރަށް ޓެކްނިކަލް އެއްޗެއް ކަމަށާއި، ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭނީ އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅުންނާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއް ނޫން ކަމަށާއި، މި ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން ކަމަށެވެ.

ބަޖެޓަށް ފާޑުކިޔާ ބޭފުޅުންނަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ ރައީސް މުއިއްޒު ހުވާ ކުރެއްވި ހިސާބުން އެބޭފުޅުން މަސައްކަތް ކުރެއްވީ ރައީސް މުއިއްޒު އަޒުލް ކުރެއްވުމަށް ކަމަށާއި، މިނިސްޓަރުންނަށް ރުހުން ނުދިނުމުގެ އިތުރުން އެކި ކަހަލަ އުދަނގޫތައް ކުރިމަތި ކުރުމަށް ކަމަށެވެ.

މެންބަރު ވިދާޅުވީ މިބަޖެޓަކީ ވަރަށް ފުރިހަމަ ވަރަށް އެކަށީގެންވާ ބަޖެޓެއް ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެންމެ ޑެފެސިޓް ކުޑަކޮށް ތައްޔާރުކުރެވުނު ބަޖެޓަކީ ދިވެހިންގެ ރާއްޖޭގެ ބަޖެޓް ކަމަށެވެ. މިއީ ފަހުރުވެރިވާ ކަމެއް ކަމަށާއި، ރައްޔިތުން އުފާކުރަންޖެހޭ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެންބަރު އިބްރާހިމް މުހައްމަދު މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް އެ ބަޖެޓުގައި ރާއްޖޭގައި ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ހާމަކޮށްފައިނުވެއެވެ. އަދި ދަރަނި އިންތިހާއަށް ބޮޑުވެގެންދާނެ ގޮތަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގައި ފައިސާ އަދަދު މަދުކޮށްފައިވާ ކަމަށް ބަޖެޓް ދިރާސާކުރާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި މިސަރުކާރުން ސިފަކުރި ނަމަވެސް ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިމަނާފައި އޮތީ މިދިޔަ ތިން އަހަރަށް ވުރެ ވެސް ދަށް އަދަދެއްގެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސްމެންބަރު އިބްރާހިމް މުހައްމަދު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް