Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާ ބިލް

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

މިހާރަށް ވުރެ ބޮޑަށް މީޑިއާތަކަށް މިނިވަންކަންދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 07:45
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 52 ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 52 ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރާނެ ކަމަށާއި، މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ 13 ނޮވެންބަރު 2024 ގައި ބޭއްވި ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު އެވެ. ބިލު ގާނޫނަކަށް ވުމުން، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވޭނެއެވެ. ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބްރޯޑްކާސްޓިން ދާއިރާވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާ އެއް އުފެއްދުމަކީ މިގާނޫގެ މަގްސަދު ކަމަށް ބުނެފައިވާއިރު، މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭ އިރު، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.

Advertisement - newsAdvertisement

މި ބިލާ ގުޅިގެން ގިނަ ނޫސްވެރިން ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 52 ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މީޑިއާ ބިލުގައި ގަބޫލުކުރާ ސިޔާސަތުތަކެއް ނެތް ކަމަށާއި، މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ނޫސްވެރިން ވަކިން ރައީސް މުއިއްޒާއި ސުވާލުކުރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެބިލު ބޭރުކުރާނެ ކަމަށާއި، އެބިލު ބަލައިނުގަންނާނެ ކަމަށެވެ. އިތުރަށް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް މީޑިއާތަކަށް މިނިވަންކަންދޭނެ ކަމަށާއި، މީޑިއާތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މީޑިއާތަކަށް ފައިސާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، މީޑީއާތަކަށް އޮފީސް ސްޕޭސް ކުޑަ އަގެއް ލިބޭ ގޮތަށް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި އެސްޓީއޯއިން ކުރިން އަޅަން ފަށާފައި ހުރި އިމާރާތް ސަރުކާރަށް ނަގާފައިވާ ކަމަށާއި، އެއިމާރާތުގެ ބައެއް ފްލޯތައް މީޑިއާތަކަށް ޚާއްސަކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި، އުންމީދު ކުރަނީ 2026 ވަނަ އަހަރު ފެށޭއިރު، ކޮންމެ މީޑީއާއަކަށް އެތަނުން ޖާގަ ދިނުން ކަމަށެވެ.

މީޑިއާތަކުގެ ޒިންމާއެއް އޮތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއީ އިސްލާމް ގައުމެއް ކަމަށާއި، މީޑިއާތައް ހިންގަމުންދަނީ އިސްލާމުން ކަމަށެވެ. އެހެންކަމުން މީޑިއާތައް ހިންގަމުންދާންވާނީ ތެދު ބަހުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި، ދުވަހަކު ވެސް ރާއްޖޭގައި މައުލޫމާތު ހާމަނުކުރާ ވަރަށް މައުލޫމާތު ހާމަކުރަމުން ގެންދާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ގިނަ އާރްޓީއައި ހުށަހަޅާފައިވާ ކަމަށާއި، 91 ޕަސެންޓް އާރްޓީއައިތަކަށް ޖަވާބުދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އަޑުގެ ނަމުގައި އުފައްދާފައިވާ ޕޯޓަލަށްއަށް ހުށަހަޅާފައިވާ 819 ސުވާލުގެ ތެރެއިން 773 ސުވާލަށް ޖަވާބު ދީފައިވާ ކަމަށާއި، 52 ހަފްތާ ތެރޭގައި އެކި މިނިސްޓްރީތަކުން 73 ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން 791 ފަހަރު މިނިސްޓަރުން އެކި މީޑިއާތަކަށް މައުލޫމާތު ދިނުމަށް ވަޑައިގަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވާހަކަތައް ދައްކަމުންދަނީ ނަތީޖާއިން ކަމަށާއި، ދެފުށް ފެންނަ ސަރުކާރެއް ހިންގަމުންދާ ކަމަށެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ހާމަކުރަމުންދަނީ އެބޭފުޅުން ބޭނުންވާ ވަކި މައުލޫމާތުތަކެއް ހަމަ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ އިތުރުން މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވަނީ ސިއްރުކޮށްފައެވެ. ތަކުރާރުކޮށް އެސުވާލު ކުރި ނަމަވެސް އެއަދަދު މިހާތަނަށް ހާމަކޮށްފައިނުވެއެވެ. އަދި މިޑީއާ ބިލަށް ތާއީދު ނުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެބިލަކީ ވެސް ސަރުކާރުގެ ފަރާތުން އައި ހުށަހެޅުމެއްގެ ދަށުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެއް ކަމަށް ބައެއް ރައްޔިތުން މަޖިލީހުގެ މެންބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުނޫސްވެރިންމަޖިލިސްމީޑިއާ ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު