Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ޖަރުމަނުން ކުޅުނީ ބަލާލަން ފަސޭހަ، ހިތްގައިމު ކުޅުމެއް: ނާގަލްސްމަން

ޚާއްސަކޮށް މެޗުގައި ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމަށާއި، ކައުންޓަ އެޓޭކުގައި ޖަރުމަނުން ދެއްކީ ވެސް ފުރިހަމަ ކުޅުމެއް ކަމަށް ނާގަލްސްމަން ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2024 | ހޯމަ 04:49
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން ބޮސްނިއާއާ ދެކޮޅަށް ކުޅުނީ ބަލާލަން ފަސޭހަ، ހިތްގައި ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގެ ގޫރޫޕު ސްޓޭޖުގައި ޖަރުމަނުން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޖަރުމަނު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

ނާގަލްސްމަން ބުނީ އެ މެޗަކީ ވަރަށް ޝައުޤުވެރި، އަދި ބަލާލަން ފަސޭހަ ހިތްގައިމު މެޗެއް ކަމަށެވެ. ޚާއްސަކޮށް މެޗުގައި ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމަށާއި، ކައުންޓަ އެޓޭކުގައި ޖަރުމަނުން ދެއްކީ ވެސް ފުރިހަމަ ކުޅުމެއް ކަމަށް ނާގަލްސްމަން ބުންޏެވެ. އޭނާ ބުނީ މެޗުގައި ޖަރުމަނުގެ ކުޅުންތެރިން ދެއްކީ އޭނާ އަށް އުފާވެރިކަން ގެނެސްދިން ކުޅުމެއް ކަމަށާއި، ކުޅުންތެރިންގެ ސަބަބުން އަބަދު ވެސް އޭނާ އަށް ހިތްވަރު ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ މުޅި މެޗަށް ބަލާއިރު ހަތް ލަނޑަށް ވުރެ ގިނަ ލަނޑު ޖަހާނެ ފުރުސަަތު ވެސް ޖަރުމަނަށް ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ބޮސްނިއާ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅެން ވެސް އުނދަގޫކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، އެފަދަ ޓީމަކާ ދެކޮޅަށް ހަތް ލަނޑު ޖެހުމަކީ ވެސް ވަރަށް ބޮޑު ކަމެއް ކަމަށެވެ.

ނާގަލަސްމަން ބުނީ ޖަރުމަނާ ހަވާލުވެ އޭނާ ކުރަމުން އަންނަ މަސައްކަތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން އެ މެޗުގައި ވެސް ޖަރުމަނުން ފަސް ބަދަލު ގެނައި ކަމަށާއި، އެއާއެކު ވެސް ޓީމުގެ ކުޅުމަށް ބަދަލެއް ނާންނަ ކަމަށެވެ. ޖަރުމަނު ކުޅެމުން ދިޔަ ރޫޙުގައި މުޅި މެޗުގެ ބާކީ ބައި ވެސް ފެނިގެން ދިޔަ ކަމަށާއި، އެކަމުން އޭނާ އަށް އިޙުސާސް ކުރެވެނީ ކާމިޔާބު މަސައްކަތެއް ކުރެވޭކަން ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ޖަރުމަނުން ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް އިން ވެސް ޖާގަ ޔަޤީންކޮށްފަ އެވެ. ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އޭނާ އަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ޖަރުމަނަށް ބައިނަލްއަޤުވާމީ ތައްޓެއް ކާމިޔާބު ކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު