Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލިކޮޕްޓަރާއި ޑޯނިއާ

ހެލިކޮޕްޓަރާ ޑޯނިއާގެ ހަގީގަތް: ފުރަތަމަ ހެލިކަޕްޓަރުގެ މަޝްވަރާކުރީ މައުމޫން ސަރުކާރުގައި، ދެވަނަ ހެލިކޮޕްޓަރު ޔާމީންގެ އެދިވަޑައިގަތުމަށް ގެނައީ އެމަނިކުފާނުގެ ސަރުކާރުގައި

12 ނޮވެމްބަރު 2024 | އަންގާރަ 20:04

ކުރީގެ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހެލިކޮޕްޓަރތައް ގެނެސްފައި ނުވާ ކަމަށާއި އެ އެއްޗެހި އައީ އޭގެ މާ ކުރިން ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ނޮވެމްބަރު 2024 | އަންގާރަ 20:04
އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު

އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު

ޑޯނިއާ އާއި ހެލިކޮޕްޓަރތަކުގެ ތެރެެއިން ދެވަނަ ހެލިކަޕްޓަރު ގެނެސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް އެ މަނިކުފާނުގެ ސަރުކާރުގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީން ބެއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ޑޯނިއާ ހެލިކޮޕްޓަރތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝާހިދު ވަނީ ނިމިދިޔަ ސަރުކާރުގައި އޭރުގެ އިިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ނުކުމެ މުޒާހަރާކުރިކަން ފާހަގަކުރައްވާފައެވެ. އެ ހަރަކާތަށް ނުކުންނެވީ ރާއްޖެ އަށް އިންޑިއާ އިން ފޯރުކޮށްދިން ދެ ހެލިކޮޕްޓަރާއި ޑޯނިޔާ އެއްގެ މައްސަލައިގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ގެނައުމުގެ މަޝްވަރާކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ސަރުކާރުގައެވެ. 2008 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެމްއެންޑީއެފްގައި އެއަރ ވިންގެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރި ކަމަށާއި، ރާއްޖެ އަށް ހެލިކޮޕްޓަރެއް ގެނައުމުގެ ވާހަކަ ދެކެވުނީ އެ މަޝްވަރާގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް 2008ގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ކުރީގެ ރައީސް މައުމޫން އެދިވަޑައިގަތް ހެލިކޮޕްޓަރ ލިބުނީ ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ބޭއްވި ޑިފެންސް ޓޯކްސްގެ ތެރެއިން އެއް ހެލިކޮޕްޓަރުން ނުފުދޭ ކަމަށް ފާހަގަކުރައްވާ އިތުރު ހެލިކޮޕްޓަރެއް ގެނަމަށް ޔާމީންގެ ސަރުކާރުން އެދުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ހެލިކޮޕްޓަރ ލިބުނީ 2016 ވަނަ އަހަރު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ކަމުން އެއީ ވެސް އެމްޑީޕީ ސަރުކާރުން އެދިގެން ގެނައި ހެލިކޮޕްޓަރެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ އެ ހެލިކޮޕްޓަރ ބާއްވާފައި ވަނީ ހަނިމާދޫގައި ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ބޭއްވި ޑިފެންސް ޓޯކްސްގައި ޑޯނިޔާ އަކަށް އެދިވަޑައިގަތީ ވެސް އޭރުގެ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ޝާހދިު ވިދާޅުވިއެވެ. އެގޮތުގެ މަތިން އެދިވަޑައިގަތް ހެލިކޮޕްޓަރ ގެނެސްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެކަމުން ރާއްޖޭގެ ސަރުކާރުތައް ބަދަލުވި ނަމަވެސް ދިފާއީ ބޭނުންތަކަށް އެދެމުންދިޔަ ކަންކަން އިންޑިއާއިން ކޮށްދިންކަން އެނގޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިހާރު އިންޑިއާ ސިފައިން ބާލާފައިވާ ކަަމަށް ބުނެ މި ސަރުކާރުން އޮޅުވާލަން ވާހަކަދައްކާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު މިފަދައިން ވިދާޅުވި އިރު، ރައީސް ސާލިހުގެ ވެރިކަމުގެ ދުވަސްވަރު ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިންޑިއާ އައުޓްގެ ނަމުގައި ޕީޕީއެމް ޕީއެންސީން ވަނީ މުޒާހަރާކޮށްފައެވެ. މީގެ އިތުރުން ދާދިފަހުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހެލިކޮޕްޓަރތައް ގެނެސްފައި ނުވާ ކަމަށާއި އެ އެއްޗެހި އައީ އޭގެ މާ ކުރިން ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް