Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައުދާގެ މަރު

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

ރައުދާ މަރުވީ ރޭޕްކޮށް ނުވަތަ އަނިޔާއެއް ދިނުމުންތޯ ބަލަންޖެހޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 14:07
ރައުދާގެ ހަށިގަނޑު ހޮނިހިރު ދުވަހު ވަނީ ވަޅުލާފަ

ރައުދާގެ ހަށިގަނޑު ހޮނިހިރު ދުވަހު ވަނީ ވަޅުލާފަ

ބަންގްލަދޭޝްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ކަމަށް އެގައުމުގެ ކުރީގެ ރައީސް ހުސެއިން މުހައްމަދު އިރުޝާދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ޖަތިޔަ ޕާޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އިރުޝާދު ވިދާޅުވީ ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ކަމަށާއި، ރައުދާ މަރުވީ ރޭޕްކޮށް ނުވަތަ އަނިޔާއެއް ދިނުމުންތޯ ބަލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ހުސެއިން މުހައްމަދު އިރުޝާދު

އިރުޝާދު އެފަދައިން ވިދާޅުވީ ޖަތިޔަ ޕާޓީގެ ޒުވާނުންގެ ގޮފިން އިންތިޒާމްކުރި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، އޭނާ ތައުލީމް ހާސިލްކުރަމުންދިޔަ ބަންގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިންނެވެ.

ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، އޮޓޮޕްސީ ހެދި، ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ ޓީމްގެ މިނިވަންކަމާ މެދު ރައުދާގެ އާއިލާއިން ވަނީ ސުވާލު އުފައްދަވާފަ އެވެ.

އޮޓޮޕްސީ ހެދި ޓީމުގައި ރައުދާ އުޅުނު ކޮލެޖުގެ މުވައްޒަފަކު ހިމެނޭތީ ރާޖްޝާހީ މެޑިކަލް ކޮލެޖުގެ ފިޒިޝަނަކު ވެސް ވަނީ އެކަމާ ސުވާލު އުފައްދަވާފަ އެވެ.

ރައުދާ މަޝްހޫރުވެރިފައިވަނީ އޭނާގެ ވިލުނޫކުލައިގެ ލޮލުގެ ރީތި ކަމަށް

ރައުދާ ޑޮކްޓަރުކަން ކިޔަވަމުންދިޔަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން ބުނާ ގޮތުގައި ރައުދާ އަމިއްލައަށް މަރުވީ ޑިޕްރެޝަންގެ ސަބަބުންނެވެ. ނަމަވެސް، ރައުދާގެ ބައެއް އެކުވެރިން ބުނާ ގޮތުގައި ރައުދާއާ މެދު ނުރުހޭ ބަޔަކު ކޮލެޖުގައި އުޅެ އެވެ. ރައުދާގެ އާއިލާއިން ބުނާ ގޮތުގައި އޭނާގެ ޑިޕްރެޝަންގެ މައްސަލައެއް ނުހުރެ އެވެ. އަދި ރައުދާއަކީ ކިޔެވުމަށް މޮޅު ކާމިޔާބު ކުއްޖެއް ކަމަށާއި އަމިއްލައަށް މަރުވާންޖެހޭ ފަދަ އެއްވެސް ކަމެއް މެދުވެރިވެފައިނުވާ ކަމަށް ބޭރުގެ މީޑިއާތަކަށް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.

ވިލުނޫކުލައިގެ ލޮލުގެ ވެރިޔާގެ ގޮތުން ރައުދާ މަޝްހޫރުވެފައިވާ އިރު އޭނާ ވަނީ މަޝްހޫރު މެގަޒިން ވޯގް އިންޑިޔާގެ ބޭރުގަނޑުން ފެނިގެން ގޮސްފަ އެވެ. އެއީ މިފަދަ މަޝްހޫރު މަޖައްލާއަކުން ރާއްޖޭގެ މޮޑަލެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އޮޓޮޕްސީއަށް ފަހު، ރައުދާގެ ހަށިގަނޑު ބަންގްލަދޭޝްގެ ހޭތެމްހާ ގަބުރުސްތާނުގައި ހޮނިހިރު ދުވަހު ވަނީ ވަޅުލާފަ އެވެ. ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ އޮޓޮޕްސީއާ މެދު ހިތްހަމަނުޖެހޭތީ އާއިލާއިން ދަނީ ދެވަނަ އޮޓޮޕްސީއެއް ހެދުމާ މެދު ވިސްނަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު