Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުދިއްޖެ-ފުނޑިއްޖެ ޖަލްސާ

އަނިޔާވެރި ހުދުމުހުތާރު ޑިކްޓޭޓަރަކަށް ވެރިކަން ދީގެން ދިވެހިރައްޔިތުން ނުތިބޭނެ - ޞާލިހު

12 ނޮވެމްބަރު 2024 | އަންގާރަ 18:30

ހުދުމުހުތާރު ވެރިކަމުގައި ހެޔޮފުޅުކަމުން ކަންކޮށްދޭކަމަށް ދައްކާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ނޮވެމްބަރު 2024 | އަންގާރަ 18:30
'ފުދިއްޖެ-ފުނޑިއްޖެ' އެމްޑީޕީ ޖަލްސާގައި ރައިސް ޞާލިހު ވާހަކަފުޅުދައްކަވަނީ

'ފުދިއްޖެ-ފުނޑިއްޖެ' އެމްޑީޕީ ޖަލްސާގައި ރައިސް ޞާލިހު ވާހަކަފުޅުދައްކަވަނީ

އަނިޔާވެރި ހުދުމުހުތާރު ޑިކްޓޭޓަރަކަށް ވެރިކަން ދީގެން ދިވެހިރައްޔިތުން ނުތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

'ފުދިއްޖެ، ފުނޑިއްޖެ' ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ކޮބައިކަން ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އެއީ ރައްޔިތުން އިންތިހާބުކުރާ ވެރިއެއްހުރެ ރައްޔިތުންގެ އަތްމަތީގައި ބާރު އޮންނަ ވެރިކަމެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިއަދު ފެންނަމުންދަނީ ޖުމްހޫރީ ވެރިކަން އަނެއްކާވެސް ބިރުވެރި ހުދުމުހުތާރު ވެރިކަމަށް ބަދަލުވަމުންދާތަން ކަމަށެވެ. ދިވެހިން ވިރާސީ ވެރިކަމަށްދާން ބޭނުން ނުވާނެ ކަމަށާއި، އަނިޔާވެރި ހުދުމުހުތާރު ޑިކްޓޭޓަރަކަށް ވެރިކަން ދީގެން ނުތިބޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހެޅުމުގައި ގާނޫނުގައިވާ އުސޫލެއް ހަމައެއް ހިފެހެއްޓުމެއް ނެތް ކަމަށެވެ. ހަމައެކަނި ލިބޭ އާމްދަނީއާއި ހަރަދު ހުށަހަޅާފައިވާ ކަމަށާއި، މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ތަފްސީލެއް ނެތި ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރުކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ހުރިހާ އެއްޗެއް ހާމަކުރާނެކަމަށް ބުނެ ވެރިކަމަށް އައިސް ކަންކުރާގޮތް ފެންނަމުންދާ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ބާރުތައް ޖަމާކުރުމުގެ އިތުރަށް ގާނޫނުގައި ކަނޑައެޅިގެން ދޭން އޮތް ބަޖެޓް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ކަނޑައަޅަންޖެހޭ ކަމަށް ބުނެފައިވީނަމަވެސް 1 ބިލިއަން މަދުން ދޭން ނިންމާފައިވާކަމަށެވެ. އަދި އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވާއިރު، އެއީ ވިރާސީ ވެރިކަމާއި، ހުދުމުހުތާރު ވެރިކަމުގައި ހެޔޮފުޅުކަމުން ކަންކޮށްދޭކަމަށް ދެއްކުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ ގާނޫނުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށާއި، މިހާރު އެކަންކުރާގޮތް ބަލަން ތިބެގެން ވާކަށް ނެތްކަމަށެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް

22 މާރިޗު 2017
މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް