Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް-29

މުއިއްޒު ބޫޓާންގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ނޮވެމްބަރު 2024 | އަންގާރަ 09:07

އިންވެސްޓްމަންޓްގެ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމުގެ ފުރުޞަތުތަކާއި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 12 ނޮވެމްބަރު 2024 | އަންގާރަ 09:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރެއްވުމުގެ ތެރެއިން

އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29)ގެ ސައިޑްލައިން އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފަންނީ މަޢުލޫމާތާއި، ކާމިޔާބު ތަޖުރިބާތައް ހިއްސާކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމާއި، އިންވެސްޓްމަންޓްގެ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމުގެ ފުރުޞަތުތަކާއި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން، ރައީސް ޑރ މުއިއްޒު ވަނީ ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު ހުރި ޖިއޮގްރަފީގެ ތަފާތުތަކާ އެކުވެސް، ދެ ޤައުމުގެ ދެމެހެއްޓެނިވި ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ޤައުމަށްވެސް ކުރިމަތިވާ އާންމު ނުރައްކާތަކުގެ ތެރޭގައި، ގްލޭޝިއަލް މެލްޓިން އާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ހިރާސްތައް ހިމެނޭކަން ފާހަގަކުރެއްވާފައެވެ. ރައީސް ޑރ މުއިއްޒުވަނީ ދުނިޔޭގެ ފުރަތަމަ ކާބަން-ނެގަޓިވް ޤައުމަކީ ބޫޓާންކަމުގައިވާތީ އެކަން ފާހަގަކުރައްވައި ބޮޑުވަޒީރަށް ތަހުނިޔާ ދަންނަވާފައެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ކުރިމަތިލުމަށް ބޫޓާނުން އައު ގޮތްތައް ގެންގުޅޭކަންވެސް ރައީސް ޑރ މުއިއްޒު މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ބޮޑުވަޒީރު ތޮބްގޭ ވެސް ވަނީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމާމެދު ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ތޮބްގޭ ވަނީ ބޫޓާނުގެ ކާމިޔާބު މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާމެދު ޤައުމުތަކުން އިތުރު ޒިންމާ ނެގުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ މޫސުމީ މައްސަލަތަކުގައި ބޮޑެތި، މުއްސަނދި ޤައުމުތަކުން އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި، މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ނޮވެމްބަރު 11ން 22ށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އަޒަރްބައިޖާނަށް ވަޑައިގެންނެވީ އަންގާރަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
20 މާރިޗު 2017

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

20 މާރިޗު 2017
ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
10 މާރިޗު 2017

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

10 މާރިޗު 2017
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް