Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު އެމެރިކާގައި

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ދަނީ އެމެރިކާގެ އިސްވެރިންނާ ބައްދަލުކުރައްވަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 02:50
ރައީސް ނަޝީދު ސެނެޓަރ ޖޯން މެކެއިން އާއެކު

ރައީސް ނަޝީދު ސެނެޓަރ ޖޯން މެކެއިން އާއެކު

ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ގާނޫނީ ވަކީލު ޖެރާޑް ޖެންސަރ އާއި އެކު، އެމެރިކާގެ ސެނެޓަރ ޖޯން މެކެއިންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލް ޖެރާޑް ޖެންސަރ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރައީސް ނަޝީދާއި އެމެރިކާގެ ސެނެޓަރ އަދި ސެނެޓް އާމްޑް ފޯސަސް ކޮމިޓީގެ މުގައްރިރު، ޖޯން މެކެއިން އާއިއެކު ވަރަށް ފުރިހަމަ ބައްދަލުވުމެއް ބާއްވަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމިޝަންގެ ކޯ ޗެއަރމަން ޖިމް މެކްގަވާން އާއި ޖެރާޑް ޖެންސަރ އާއި އެކުވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކުގެ ދައިރާއިން ރާއްޖެއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޖެރާޑް ކުރި ޓްވީޓްގައި ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މި ބައްދަލުވުންތަކުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވާފައިވާ އިރު އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި އަނިޔާތަކާއި ސިޔާސީ ހަޔާތް ބައްޓައް ކުރައްވަމުން ގެންދެވި ގޮތުގެ ތަފްސީލް ދެއްވާފަ އެވެ. އަދި ސިޔާސީ މަގާމަކަށް ކުރިމަތިލެއްވުމުގެ ކުރިން އެތައް ފަހަރަކު ރައީސް ނަޝީދު ޖަލަށް ލައްވާފައިވާއިރު، ތަގްރީރުގައި ވަނީ އެކަމުގެ ތަފްސީލާއި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ވެސް ޖަލަށް ލައްވައި، އަރުވާލައްވާފައި ހުންނެވިއިރު ދިރިއުޅުންވުން ގެންގުޅުއްވި ގޮތުގެ ތަފްސީލު ދެއްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު