Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ "ރައްކާތެރި" ސަރަހައްދަކަށް އިޒްރޭލުން ހަމަލާދީ 10 މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުގެ އައު ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ލުބުނާނުގެ ހިޒްބުﷲ އާއެކު ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އިންކާރުކޮށްފައި

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 06:57
އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު އާއިލާއެއްގެ ބަޔަކު ހިތާމައިގައި، ހަމަލާތަކުގައި މަރުވި މީހުންގެ 44% އަކީ ކުޑަކުދިން

އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު އާއިލާއެއްގެ ބަޔަކު ހިތާމައިގައި، ހަމަލާތަކުގައި މަރުވި މީހުންގެ 44% އަކީ ކުޑަކުދިން

އިޒްރޭލުގެ ސިފައިން ގާޒާގެ އަލް-މަވާސީ ގައި ހުރި "ރައްކާތެރި ސަރަޙައްދު" ކަމަށް ބުނާ ތަނަކަށް ޑްރޯން ހަމަލާއެއް ދީ މަދުވެގެން 10 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ. މިއާއެކު އިޒްރޭލުގެ ޓޭންކުތައް ޣައްޒާގެ މެދުތެރޭގެ ނުސީރާތު ރެފިއުޖީ ކޭމްޕަށް ބޮންއަޅާ މަދުވެގެން 20 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިޒްރޭލުގެ އައު ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ލުބުނާނުގެ ހިޒްބުﷲ އާއެކު ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އިންކާރުކޮށްފައެވެ. އެއާއެކު، އީރާނުގެ ނިއުކްލިއަރ ފެސިލިޓީ ތަކަށް ހަމަލާ ދޭނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.

އަނެއްކޮޅުން އިޒްރޭލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ މާލީ ވަޒީރު ސްމޮޓްރިޗް ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރި އިޒްރޭލުގެ ބިމަށް އިތުރު ކުރުމަށް އޭނާ ގެންގުޅޭ ޕްލޭނަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންވި ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރައްވާނެ ކަމަށް އުންމީދު ފާޅުކޮށްފައެވެ.

ހުޅަނގު އައްސޭރީގެ ހެބްރޮން ގައި ހިންގި ރެއިޑެއް ގައި އަންގާރަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ތިން މީހުން ހައްޔަރު ކުރި ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ. އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ރެއިޑް އާ އެކު ހުޅަނގު އައްސޭރިއަށް ވަދެވެން އޮންނަ ގިނަ މަގުތަކެއް ބަންދުކޮށްފައިވާ ކަމަށްވެސް ވަފާ އިން ބުނެފައިވެއެވެ.

އޮކްޓޯބަރ 7، 2023ން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 43،603ށް ވަނީ އަރާފައެވެ. މީގެ އިތުރުން 102،929 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކުގައި މަދުވެގެން 3،243 މީހުން މަރުވެ، 14،134 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު