Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ސީދާ ޖަވާބެއް ނުދެއްވައި، ''ރައްޔިތުންގެ ވިސްނުން ހުރި ގޮތަކަށް ކުރިއަށްދާނަން'' ފައިސަލް

ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ ގައުމަށް ޚިދުމަތް ކުރުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 05:55
ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ސީދާ ޖަވާބެއް ނުދެއްވައި، ރައްޔިތުންގެ ވިސްނުން ހުރި ގޮތަކަށް ކުރިއަށްދާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ ގައުމަށް ޚިދުމަތް ކުރުން ކަމަށާއި، އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގައުމާއި، ރައްޔިތުންނަށްޓަކައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި މަަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އޭރު ވެސް އިސްކަން ދީފައިވަނީ ރައްޔިތުންނަށް ކަމަށެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ މިދިޔަ ފަސް އަހަރުގައި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރީ ރައްޔިތުންނަކީ އެންމެ މުހިންމު މީހުން ކަމުގައި ވިސްނައިގެން ކަމަށެވެ. އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު، ގައުމާ ރައްޔިތުންނަށް ޚިދުމަތް ކުރެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެގޮތަށް މަސައްކަތް ކުރުމުން ގައުމުގައި އެކުވެރި ބަދަހި މުޖުތަމައުއެއް ގާއިމްކުރެވި، މާރަނގަޅު ތައުލީމީ ދަރިންތަކެއްތަކެއް އުފެދި، ސިއްހީ ދުޅަހެޔޮ މުޖުތަމައުއެއް އުފެދިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، ފުދުންތެރި މީހުން ބިނާވެގެންދާނެ ކަމަށާއި، ގެދޮރުވެރިކަމާއެކު، ހައްގުތައް ކަށަވަރުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ވަކި ބޭފުޅަކު ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް އަންނަންޖެހޭ ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ކުރިއަށް ދިއުމުގައި އަބަދުވެސް އިސްކުރަނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށާއި، މުސްތަގުބަލް ކިޔަން ނޭނގޭ ކަމަށެވެ. އެކަންކަން ދާނީ އޭރުގައި އޮންނަ ހާލަތެއްގެ މައްޗަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އޭރުގެ ހާލަތަށް ބެލުމަށްފަހު ގޮތް ނިންމާނެ ކަމަށާއި، އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ، އެހިތްވަރާއެކު ކުރިއަށްދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު