Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މަރަދޫފޭދޫ އިން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

10 ނޮވެމްބަރު 2024 | އާދީއްތަ 11:14

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ޒުވާނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 10 ނޮވެމްބަރު 2024 | އާދީއްތަ 11:14
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މަރަދޫފޭދޫއިން ހައްޔަރުކުރި އާދަމް ޝަރޫފް

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މަރަދޫފޭދޫއިން ހައްޔަރުކުރި އާދަމް ޝަރޫފް

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އައްޑޫސިޓީ މަރަދޫފޭދޫއިން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ މަރަދޫފޭދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ކެލާ / ވައިޓްސިގްނަލް، އާދަމް ޝަރޫފް (25އ) އެވެ.

Advertisement - newsAdvertisement

ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަރަދޫފޭދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ނުވަ ދަޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް