Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިސް ޔުނިވާސްގައި ބޮޑީ އެކްސްޕޯސްވާތީ ދީނާ ޚިލާފް، ބޮޑީ ބިލްޑިންގ ބިކިނީގައި ރާއްޖޭގައި ބޭއްވުން މުއިއްޒު ސަރުކާރަށް އޯކޭ

މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާކަމުގެ ހަބަރާއެކު ހީވީ އެހެން ކަމެއް ހެންނެވެ. އާޔަތްތަކުން ދަލީލު ދައްކަވާ ރައީސުލް ޖުމްހޫރިއްޔާ ދައްކަވަން ފެއްޓެވީ އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮ ނުވާވަރުގެ ނުބައި ކަމެއްގެ ގޮތުގައެވެ. ދެން މިފެނުނީ މި ފަސްގަނޑުގައި ބިކިނީގައި ދެޖިންސުގެ މީހުން ގައިގޯޅިވެ މަންޖޯޅިޖަހާ މަންޒަރެވެ. އެއާއެކު ސަރުކާރުގެ ދީނީ ތާކިހާ ކުއްލިއަަކަށް ގެއްލިއްޖެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 10:25
ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ތެރެއިން

ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ތެރެއިން

ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!  

މިއީ ރައީސް ޑރ މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގެ އެއްބައެވެ. މި ޕޯސްޓްގެ އަނެއް ބައިގައި ހިމަނުއްވާފައިވަނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތަކާއި އެ އަޔާތުގެ މާނައެވެ. ޕޯސްޓުގައި ހިމަނުއްވާފައިވާ އާޔަތުގެ މާނާގައި އޮންނަނީ:

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ." މިހެންނެވެ.

މިއީ ނޮވެމްބަރު މަހުގެ 14 ގައި މެކްސިކޯގައި އޮންނަ މިސް ޔުނިވާސް 2024 ގައި ދިވެހި އަންހެން ކުއްޖަކު ރާއްޖޭގެ ނަމުގައި ބައިވެރިވާކަން އިއުލާން ކުރުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު އެކަމާ ސަރުކާރުން ދެކޮޅު ހަދާ މިންވަރު އަންގައިދީ، އެކަމާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހާމަކުރެއްވުމަށްފަހު، ރައީސް ކުރެއްވި ޕޯސްޓެއް ކަމަށް ފެނެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި އާއި ވެރިކަމަށް ވަޑައިގަތުމަށްފަހު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުގައި އެމަނިކުފާނު އަމިއްލަފުޅަށާއި އަދި ސަރުކާރުންނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންނާއި އެ މަނިކުފާނުގެ ސަޕޯޓަރުންވެސް އެމަނިކުފާނު ޕްރޮމޯޓް ކުރަމުން ގޮސްފައިވަނީ މާ ދީނަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ދީން ދެކެ އެހެން މީހުންނަށް ވުރެ ބޮޑަށް ލޯބިފުޅުވާ ދީނީ ކަންކަމަށް މާބޮޑަށް ސަމާލުކަން ދެއްވާ ބޮޑު ދީންވެރިއެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާގައި އާއްމު ކުރަމުން ދިއައީ ފަތިސް ނަމާދަށް ވަޑައިގަންނަވާ ތަނެވެ. ދެ ހަރަމްފުޅުގައި ނަމާދު ކުރައްވާ ތަނެވެ. ދައްކަވަމުން ގެންދެވީ ދީނީ ވާހަކަތަކެވެ. ހައްދަވާ އިތުރުފުޅުތަކާއި ބަސްފުޅާއި، އަމަލުފުޅާއި ދިމާނުވުމާއި، ހިންގަވާ ކަމަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ އަމަލުތައްވެސް އޮންނަނީ ދީނީ ތާކިހަލުގެ ހިޔަނީގައި ފޮރުވިފައެވެ. ކޮންމެ އަކަސް މަންޒަރު ދައްކަމުން ދިޔަ ގޮތާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ނޫނީ ދަމު ނަމާދެއް ކޮށްލި ފަތިސް ނަމާދެއްގެ ޖަމާއަތަށް އަރާލި ދެ ހަރަމްފުޅުގައި ނަމާދެއްކޮށްލި ވެރިއަކު ނެތޭ ދިވެހިންނަށް ހީވާވަރުވިއެވެ.

މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާކަމުގެ ހަބަރާއެކު ސަރުކާރު އެޔާ ދެކޮޅަށް ދެއްކި މަންޒަރަކީ ރައީސް މުއިއްޒުގެ ސަރުކާރަކީ މިކަހަލަ ކަންކަމަށް ދުވަހަކު ވެސް ތާއީދު ނުކުރާނެ، ޖާގަ ނުދޭނެ ސަރުކާރެއް ކަމެވެ. އެޔާއެކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނާ ސަރުކާރު ޕްރޮމޯޓްކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ރައީސްގެ ދީންވެރި ކަމުގެ ވާހަކަ ދައްކާ ތައުރީފް ކުރަން ފެށީ ސުމާރެއް ބަލާފައެއް ނޫނެވެ. ނަމަވެސް ރައީސް އެކްސްގައި ޕޯސްޓް ކުރެއްވިތާ ބަރާބަރު 5 ދުވަސް ފަހުން ދިވެހިރާއްޖޭގައި ފެށި 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ. ރާއްޖޭގައި ބާއްވާތީ މުބާރާތް ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ފަހަތުގެ ބެކްޑްރޮޕް ގައި ދައުލަތުގެ ނިޝާން ފާޅުކޮށް ފެންނާން ހުއްޓެވެ. ރަސްމީ ހެދުންކޮޅުގައި ވަޑައިގެން ސަރުކާރުން މިކަމަށް ތަރުހީބުދޭލެއް ބޮޑު ކަމުން މުބާރާތް އިފްތިތާހު ކޮށްދެއްވީ މުއިއްޒުގެ ސްޕޯޓްސް މިނިސްޓަރެވެ.

މުބާރާތުގެ މަންޒަރުތައް ހުރިގޮތުން މިއީ ހަމަ ހަގީގަތުގައި ވެސް ރައީސް މުއިއްޒުފަދަ "ދީނީ" ބޭފުޅަކު އަދި ރައީސް މުއިއްޒު ސަރުކާރު ފަދަ "ދީނީ ސަރުކާރު" އަކުން އެއްބާރުލުން ދީގެން ބޭއްވި މުބާރާތެއް ބާވައޭ ހިތަށް އެރިއެވެ. "ޓޫ ޕީސް" ގައި ތިބި އަންހެން، ފިރިހެން، ދެ ޖިންސުގެ ބައިވެރިންގެ މަންޒަރުތަކުން ސޯޝަލް މީޑިއާ ފުރާލިއިރު ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރު ބޭފުޅަކު އިފްތިތާހު ކޮށްދެއްވި މުބާރާތް ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ބާއްވަން ރައީސް މުއިއްޒަށް އޯކޭވެފައި މިސް ޔުނިވާސް ގައި ދިވެއްސަކު ބައިވެރިވުން އޯކޭ ނުވީ ދީނީ ކޮން ހަމައަކުން ބާވައޭ ހިތައް އެރިއެވެ. އެދުވަހު ސަރުކާރަށް ބައިއަތު ހިފައިގެން ތިބި ދީނީ އިލްމުވެރިން ދިވެހި އަންހެން ކުއްޖަކު ނަރަކަވަންތަ ވެރިއަކަށް ހެދި އިރު ސަރުކާރުން ފުރިހަމަ އަށް ބައިވެރިވެގެން ހިންގި މި މުބާރާތް ފައްތާނީ ކޮން ގޮޅިއަކަށްބާވައޭ ހިތައް އެރިއެވެ.

މިކަމުގައި ވާނީ ދެ ގޮތެކެވެ. އެއް ގޮތަކީ ރައީސަށް ރާއްޖޭގައި މިކަން ބާއްވާ ކަމާއި، މުބާރާތުގެ ބައިވެރިން ލައިގެން ތިބޭ އެއްޗެހި އެނގިވަޑައިނުގަންނަވަނީ އެވެ. އެކަމަކު ތަނެއްގެ ޗީފް ގެސްޓަކަށް މީހަކު ހަމަޖެއްސިޔަސް އެއީ ކޮން ފަރާތެއްކަން ރައީސަށް އެނގިވަޑައިގަންނަވަން ޖެހެއެވެ. އެވަރަށް ކަންކަން ކޮންޓްރޯލް ކޮށްގެން ކަންކަން ގެންދާ ސަރުކާރަކަށް މިއީ ނޭނގި ހިނގާނެ ކަމެއް ކަމުގައި ދަންނަވަން ދައްޗެވެ. އަނެއް ގޮތަކީ މީހުން އެބުނާގޮތަށް ދީންވެރި ބޭފުޅެއްކަން އަމިއްލަފުޅަށް ދައްކަވައިގެން އެއާ ދިމާ އިދިކޮޅަށް އަމަލުފުޅު ކުރައްވަނީ އެވެ. އެކަމަށްޓަކައި އެކްސް ގައި ޕޯސްޓް ކުރައްވަން ޖެހޭ އާޔަތެއް އޮތް ނަމަ އެކަން ވެސް ކުރައްވަނީ އެވެ. އެއީ ކޮންމެހެން ހަގީގީ މާނައިގައި ކުރައްވާ ކަންކަމެއް ނޫނެވެ. މުނާފިގުންގެ ސިފަތައް ތިނެކެވެ. އެ ސިފަތަކަށްވެސް އަޅުގަނޑުމެން ނުހަނު ފަރިތައެވެ. ތަކުރާރު ކުރަން ދަންނަވާކަށް ނެތީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު