Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 10:29
އެމެރިކާއިންވަނީ އޭޕްރީލް ހަވަނަ ދުވަހުގެ ފަތިހުން ފެށިގެން ސީރިޔާއަށް މިސައިލް ހަމަލާދީފަ

އެމެރިކާއިންވަނީ އޭޕްރީލް ހަވަނަ ދުވަހުގެ ފަތިހުން ފެށިގެން ސީރިޔާއަށް މިސައިލް ހަމަލާދީފަ

އަރަބި ރަބީއުގެ ކޮޅިގަނޑުގެ ތެރެއިން ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ މާޗް މަހުގެ 15 އަށް ހަ އަހަރު ފުރިގެން ގޮސްފައިވާއިރު ހަނގުރާމަ ނިމިދާނެ ކަމުގެ ކުޑަވެސް ކޮޅުމައްޗެއް ފެންނަމުންނެއް ނުދެއެވެ. ހަނގުރާމަ ދިގުލައިގެން ދިއުމުން އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަން ޖެހިފައިވަނީ ކުށެއްނެތް ޢާއްމުންނަށެވެ. އދ ން އަންދާޒާ ކުރާ ގޮތުގައި ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން ހަ އަހަރު ތެރޭ އެ ގައުމުގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އަރަބި ލީގާއި ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއާއި ބޮޑެތި ބާރުތަކާއި އަދި އދއަށްވެސް ކުރެވުނު ކަމަކީ ފިނިކޮޓަރީގައި ތިބެގެން ހަމަލާތައް ކުށްވެރިކުރުމެވެ.

ކެމިކަލް ހަމަލާއަށްފަހު އެމެރިކާ

ސީރިޔާގެ ރައްޔިތުންނަށް 2011 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކީވެސް ހަނގުރާމައިގެ ބިރުވެރި ދުވަހެކެވެ.

އދން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދެވުނު އެތައް ހަމަލާތަކެއްގެ ޝިކާރައަކަށްވެސް އެގައުމުގެ ރައްޔިތުން ވެގެން ގޮސްފައިވެއެވެ. ސީރިޔާގެ ހަނގުރާމައިގެ ތެރޭގައި ހަތިޔާރު ގެންގުޅެމުންދާ އެތައް ޕާޓީތަކެއް އޮތްއިރު ބައެއް ހަމަލާތައް ދެނީ ކޮންބައެއްކަން ނޭނގިވެސް އެތައް ހަމަލާތަކެއް ދެވިފައި އެބަހުއްޓެވެ. އެންމެފަހުން ދެވުނު ހަމަލާއަކީ ކެމިކަލް ހަމަލާއެއްކަން ހާމަވެފައިވާއިރު އެ ހަމަލާ ދިނީ ކޮންބައެއްކަން އަދިވެސް ވަނީ ނޭނގިއެވެ.

އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓްރީ ފޮރ ހިއުމަން ރައިޓްސްއިން ބުނީ ޙަލަބްގެ ޚާން ޝެއިޚޫންގައި އޭޕްރީލް 4 ވަނަ ދުވަހު ދުވަހު ދިން ކެމިކަލް ހަމަލާގައި 20 ކުޑަކުދިންނާއި، 52 މީހުން މަރުވި ކަމަށެވެ. ސޯޝަލް މީޑިއާގައި ހާމަވެފައިވާ ވީޑިއޯތަކުން ފެންނަނީ އެތައް ބަޔަކު ނޭވާ ހާސްވެގެން މަރަށް ތެޅެމުންދާ މަންޒަރެވެ. ކުޑަކުދިން ތަކެއް ހާމަ މަގުމަތީގައި ހާސްވެގެން މަރުވާތަނެވެ.

މި ހަމަލާއަށްފަހު އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ސީރިޔާއަށް އަމާޒުވި ކަމުގެ ނިޝާނެއް ފެނިގެންދިޔަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހަށް ތާވަލު ކުރެވުނުއެވެ. ހަމަލާދިން ޕައިލެޓުން ހޯދުމަށް އެމެރިކާއާއި ފްރާންސާއި އިނިގިރޭސި ވިލާތުން ގޮވާލިއެވެ. އެކަމަކީ އެ ގައުމުތަކުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައިވެސް ހިމަނާފައިވާ ކަންކަމެވެ. ސީރިޔާގެ އެންމެ ބޮޑު މަދަދުގާރު، ރަޝިއާއިން ދެކޮޅު ހަދައިގެން ގަރާރު ފާސްވިޔަސް ނުވިޔަސް އެމެރިކާއިން އޮތީ މިފަހަރު ދޫދޭން ނޫންކަމަށް އެގައުމުން ބުނެއެވެ. އެކަމުގެ ކޮންމެވެސް ވަރެއްގެ ހެއްކެއްވެސް ދައްކައިފިއެވެ. ކެމިކަލް ހަމަލާދިނުމަށް ބޭނުންކުރި ސީރިޔާގެ އަސްކަރީ ބޭސްއަށް އެމެރިކާއިންވަނީ 72 ގަޑިއިރު ނުވަނީސް މިސައިލް ހަމަލާތައް ދީފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވުމަށް އެގައުމުން އަޅާ ފިޔަވަޅުގައި އެހެން ގައުމުތައް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕްވަނީ ހަނގުރާމަ ހުއްޓުވުމުގައި އދ އަށްވެސް ކަމެއް ނުކުރެވުނުކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ދެން ފިޔަވަޅު އަޅާނީ އެގައުމުންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސީރިޔާގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތު ބަދަލުވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކް ޓިލާސަން ވިދާޅުވެފައިވާއިރު އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގައިގެންވެސް މި ހަނގުރާމަ ހުއްޓުވުމަށް އެތައް ބަޔަކު އެދެ އެވެ. މި ހަނގުރާމަ ހުއްޓުވައިފި ނަމަ ރައީސް ޓްރަމްޕްގެ އެންމެ ބޮޑު އެއް ބޮލުގަ ރިހުމަކަށް ވެފައިވާ ރެފިއުޖީންގެ މައްސަލައަށްވެސް ނިސްބަތުން ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދާއިރު މިހާރު ސުވާލު އުފެދިފައިވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވޭފަދަ އޮޕަރޭޝަނެއް އެމެރިކާއިން ކުރިއަށް ގެންގޮސްފާނެ ކަމާމެދު އުފެދިފައިވާ ސުވާލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މިސްރާބު ޖަހާފައިވަނީ ކުނިން ހަކަތަ އުފެއްދުމާ ދިމާލަށް

ސަރުކާރުން މިސްރާބު ޖަހާފައިވަނީ ކުނިން ހަކަތަ އުފެއްދުމާ ދިމާލަށް

27 މެއި 2022
ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތުކޮށްދިނުމަކީ ފަސޭހަކަމަކަށް ވާނެތަ؟

ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތުކޮށްދިނުމަކީ ފަސޭހަކަމަކަށް ވާނެތަ؟

22 މާރިޗު 2022
ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމައިގެ ތަމްރީނުތަކަށް

ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމައިގެ ތަމްރީނުތަކަށް

19 މާރިޗު 2022
 ހަނގުރާމައިގެ ތިންވަނަ ހަފުތާ ފެށުނު އިރުވެސް ސުލްހައިގެ ދޮރެއް ނުހުޅުވޭ

ހަނގުރާމައިގެ ތިންވަނަ ހަފުތާ ފެށުނު އިރުވެސް ސުލްހައިގެ ދޮރެއް ނުހުޅުވޭ

10 މާރިޗު 2022
ހިޔާ ފްލެޓުން ހިޔާނުވާއިރު މުޅި ސަރަހައްދު ކުނި ކޮއްޓަކަށް ބަދަލުވަނީތަ؟

ހިޔާ ފްލެޓުން ހިޔާނުވާއިރު މުޅި ސަރަހައްދު ކުނި ކޮއްޓަކަށް ބަދަލުވަނީތަ؟

30 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު