Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަަޒަރުބައިޖާން އެއަރލައިންސް

އަަޒަރުބައިޖާން އެއަރލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

10 ނޮވެމްބަރު 2024 | އާދީއްތަ 08:37

މިއީ އަޒަރުބައިޖާނާއި ދިވެހިރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ސީދާ ވައިގެ ގުޅުމެވެ. ވެރިރަށް ބާކޫ އާއި ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ.

އަޒަރުބައިޖާން އެއަރލައިންސްއިން ވެރިރަށް ބާކޫ އާއި ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ | 10 ނޮވެމްބަރު 2024 | އާދީއްތަ 08:37
އަޒަރުބައިޖާން އެއަރލައިންސް (އޭޒަލް)

އަޒަރުބައިޖާން އެއަރލައިންސް (އޭޒަލް)

އަޒަރުބައިޖާން އެއަރލައިންސް (އޭޒަލް) އިން ބާކޫ އާއި ދިވެހިރާއްޖެއާ ދެމެދު ޑައިރެކްޓް ފްލައިޓްގެ ދަތުރުތައް ފަށައިފިއެވެ.

މިގޮތުން ފުރަތަމަ ދަތުރު އާދިއްތަ ދުވަހު ހެނދުނު 9:45 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވެއެވެ. މި ދަތުރު ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަޒަރުބައިޖާން އެއަރލައިންސްއިން ވެރިރަށް ބާކޫ އާއި ދިވެހިރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. އެއީ ހުކުރު ދުވަހާއި އާދީއްތަ ދުވަހުއެވެ.

މިއީ އަޒަރުބައިޖާނާއި ދިވެހިރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ސީދާ ވައިގެ ގުޅުމެވެ. މި ދަތުރުތަކުގެ މަޤްޞަދަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ފަސޭހަ ދަތުރު އޮޕްޝަނެއް ފޯރުކޮށްދިނުމެވެ.

އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާވެ، ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުގެ ތަޖުރިބާ ރަނގަޅުވެގެންދާނެއެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވި ގޮތުގައި މި ދަތުރުތައް ފަށާފައިވަނީ ފިނި މޫސުމާ ދިމާކޮށް ކަމުން މިއީ އަޒަރުބައިޖާނުގެ ދަތުރުވެރިން ހޫނު ޤައުމުތަކަށް ދަތުރުކުރަން އެންމެ ގިނައިން އެދޭ މޫސުމެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ގުޅުން ޤާއިމުކުރެވިފައިވަނީ ދިވެހިރާއްޖެއަށް ދަތުރުކުރުމަށް އޮންނަ ޝައުޤުވެރިކަން އިތުރުވަމުންދާތީ އެކަމަށް އެހީތެރިވުމުގެ ގޮތުންނެވެ. މި ފްލައިޓްތަކުގެ ޓިކެޓުތައް އަޒަރުބައިޖާން އެއަރލައިންސްގެ ވެބްސައިޓުންނާއި، މޯބައިލް އެޕުން އަދި އޭޒަލްގެ ޓިކެޓު އޮފީސްތަކުން ލިބެން ހުންނާނެއެވެ.

މި ޑައިރެކްޓް ފްލައިޓުތައް ފެށުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މަޑުކުރަންޖެހޭ ހުއްޓުންތައް ނައްތާލެވި ވަގުތު ސަލާމަތް ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް