Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ ހަނގުރާމަ

އީރާނުން އިޒްރޭލަށް ހަމަލާދިނުމަށް އިރާޤުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ އެޤައުމުން ވަރަށް ބޮޑަށް ދެކޮޅު

10 ނޮވެމްބަރު 2024 | އާދީއްތަ 07:29

އޮކްޓޯބަރު 26 ގައި، އިޒްރޭލުން ވަނީ އެމެރިކާގެ ބާރުގެ ދަށުގައިވާ އިރާޤުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ތެހެރާން، ޚުޒެސްތާން، އަދި އީލާމް ޕްރޮވިންސްތަކުގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2024 | އާދީއްތަ 07:29
އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް-އަރާޖީ އާއި އީރާނުގެ އަސްކަރިއްޔާގެ ފަރާތުން ބަޣްދާދަށް ކަނޑައަޅާފައިހުންނަ މޭޖަރ ޖެނެރަލް މަޖީދު ޤަލީޕޫރާ

އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް-އަރާޖީ އާއި އީރާނުގެ އަސްކަރިއްޔާގެ ފަރާތުން ބަޣްދާދަށް ކަނޑައަޅާފައިހުންނަ މޭޖަރ ޖެނެރަލް މަޖީދު ޤަލީޕޫރާ

އީރާނުން އިޒްރޭލަށް ހަމަލާދިނުމަށް އިރާޤުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ އެޤައުމުން ވަރަށް ބޮޑަށް ދެކޮޅު ކަމަށް އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް-އަރާޖީ ވިދާޅުވެއްޖެއެވެ.

އަރާޖީ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އީރާނުގެ އަސްކަރިއްޔާގެ ފަރާތުން ބަޣްދާދަށް ކަނޑައަޅާފައިހުންނަ މޭޖަރ ޖެނެރަލް މަޖީދު ޤަލީޕޫރާ ކުރެއްވި ބައްދަލުވުމެއްގައެވެ.

އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަރާޖީއާއި ޤަލީޕޫރު މަޝްވަރާކޮށްފައިވަނީ "ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތްތަކާއި، ސަރަޙައްދުތައް ކޮންޓްރޯލްކުރުމަށް ވެވިފައިވާ އެއްބަސްވުންތައް ތަންފީޛުކުރުމާ ބެހޭ ގޮތުން،"ނެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ދެ ފަރާތުން ޓެރަރިޒަމާއި ވަގު ވިޔަފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުންވެސް ޚިޔާލު ބަދަލުކުރެވުނު،" ކަމަށެވެ.

އަރާޖީ މިހެން ވިދާޅުވެފައިވާއިރު، ފާއިތުވި މަހުގެ ފަހުކޮޅު އީރާނުން ބުނެފައިވަނީ އިޒްރޭލުން އެންމެ ފަހުން އެ ޤައުމަށް ދިން ހަމަލާގައި އެމެރިކާގެ ބާރުގެ ދަށުގައިވާ އިރާޤުގެ ވައިގެ ސަރަހައްދުގެ އިތުރުން އެހެނިހެން ސަރަޙައްދީ ޤައުމުތަކުގެ ވައިގެ ސަރަހައްދުވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

"މި ސަރަޙައްދުގައި އެމެރިކާގެ ސިފައިން ތިބުމަކީ ޙަޤީޤަތެއް، އަދި ޒަޔޮނިސްޓް ހަނގުރާމަވެރިން އީރާނަށް ދާދި ފަހުން ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ އެމެރިކާއިން މި ސަރަޙައްދުގައި ހުޅުވާލާފައިވާ ވައިގެ ސަރަހައްދު،" އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެފައިވެއެވެ.

އޮކްޓޯބަރު 26 ގައި، އިޒްރޭލުން ވަނީ އެމެރިކާގެ ބާރުގެ ދަށުގައިވާ އިރާޤުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ތެހެރާން، ޚުޒެސްތާން، އަދި އީލާމް ޕްރޮވިންސްތަކުގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް