Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރބަން ސެންޓަރު

އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީ ކުރާ ރަށްތައް ކަނޑައަޅާފައިވާ ގޮތާމެދު އެމްޑީޕީގެ އިސްވެރިން ފާޑު ވިދާޅިވެއްޖެ

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާޕްލޭން ވެސް އެކުލަވާލާނީ ރައްޔިތުންގެ ހިޔާލު ނުހޯދައި، އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވެސް ފައްޔާޒް ވިދާޅުވި

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ | 9 ނޮވެމްބަރު 2024 | ހޮނިހިރު 19:23
އެމްޑީޕީގެ ބައެއް އިސްވެރިން ކައުންސިލަރުންގެ ބައްދަލުވުމެއްގައި

އެމްޑީޕީގެ ބައެއް އިސްވެރިން ކައުންސިލަރުންގެ ބައްދަލުވުމެއްގައި

އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީ ކުރާ ރަށްތައް ސަރުކާރުން ކަނޑައަޅާފައިވާ ގޮތާމެދު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު ހޮނިހިރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީ ކުރާ ރަށްތަކާމެދު ފާޑުވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނީ ސަރުކާރުން ހަތް އާރބަން ސެންޓަރު ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާކަމަށެވެ.

އަދި ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާޕްލޭން ވެސް އެކުލަވާލާނީ ރައްޔިތުންގެ ހިޔާލު ނުހޯދައި، އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އިތުރަށް ޝާހިދު ވިދާޅުވީ "މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. އާރބަން ސެންޓަރގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެރަށްތައް ވަކިކޮށް މާލެއިން ހިންގަންފެށުން ކަމުގައިވެގެން ނުވާނެ،" ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކަންކަން ކުރައްވަމުން ގެންދަވަނީ ސީދާ ވިދާޅުވި ގޮތާއި، މެނިފެސްޓޯގައި ލިޔެފައިވާ ގޮތާ ވެސް ހިލާފަށް ކަމަށެވެ. އަދި ރައީސް މުއިއްޒު ހުއްޓުމެއް ނެތި ހައްދަވަނީ ހުސް ދޮގު ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އަތޮޅުތައް ތަރައްގީ ކުރުމުގައި ހަތް ރަށެއް، އާރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ވައުދުގެ ދަށުން އާރބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ލ. ފޮނަދޫގައެވެ.

ސަރުކާރުން އާރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރާ ރަށްތައް ސަރުކާރު ބަންދު ދުވަހެއްގައި ކުއްލި ގޮތަކަށް އިއުލާނު ކުރުމާއެކު ސޯޝަލް މީޑިއާގައި އެ ރަށްތައް ހޮވި ގޮތާމެދު އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ފާޑު ކިޔަމުންނެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު