Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިހަވަންދިއްޕޮޅު ޕޯޓު

އިހަވަންދިއްޕޮޅުގައި ޕޯޓު ތަރައްގީ ކުރަން ޕޯޓެއްގެ އެއްވެސް ތަޖުރިބާ އެއް ނެތް ބަޔަކާ އެކު އަޑި ނޭނގޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި މިއީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް،" ކަމަށް ބުނުމުގެ އިތުރުން، މިކުންފުނި ހޮވުނު ގޮތާއި، ކުންފުންޏަށް މަޝްރޫއުން ލިބޭ މަންފާތައް ފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 11:26
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން އާއި ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި)އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން: އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރާއި ޚިދު

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން އާއި ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި)އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން: އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރާއި ޚިދު

މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ މާސްޓަރ ޑިވެލޮޕަރު ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯންގެ (އެމްއައިޑީއެފްޒެޑް) އާއި ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީއައިއޭ) އާ ދެމެދު ހޮނިހިރު ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި މިއީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް،" ކަމަށް ބުނުމުގެ އިތުރުން އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

އެއްބަސްވުމުގައި ބައިވެރިވި ބޭރުގެ ކުންފުންޏާ ބެހޭ ގޮތުން ބުނެފައިވަނީ، "ސީއައިއޭ" އަކީ ސިންގަޕޫރުގައި ފަންޑު މެނޭޖު ކުރުމުގެ ލައިސަންސް ލިބިފައިވާ، އިންފްރާސްޓްރަކްޗަރ، ފިންޓެކް، އައިޓީ، ހަކަތަ، އަދި ހޮސްޕިޓޭލިޓީ ފަދަ ތަފާތު ޕޯޓްފޯލިއޯ ތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖް ކުރަމުންދާ ކުންފުންޏެއް،" ކަމަށެވެ.

ސީއައިއޭ، އިހަވަންދިއްޕޮޅު ޕޯޓު މަޝްރޫއުގައި މަސައްކަތް ކުރުމަށް ހޮވުނު ގޮތުގެ އެއްވެސް މައުލޫމާތެއް ނޫސް ބަޔާނުގައި ހާމަކޮށްފައި ނުވާއިރު، އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، "އިކުއިޓީ ޓްރާންސެކްޝަން ތަކާއި، ޕްރައިވެޓް ޕްލޭސްމަންޓް ތަކާއި، ސްޓްރެޓީޖިކް އިންވެސްޓްމަންޓު ތަކުގެ ތަޖުރިބާ ފުޅާ ދާއިރާ އެއްގައި ލިބިފައިވާ މި ކުންފުންޏަކީ، ޓްރާންސްފޮމޭޓިވް މަޝްރޫއުތަކުގައި، މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ."

ގާބިލު ކުންފުންޏެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރާ ސިއައިއޭގެ ލިންކްޑިން ޕްރޮފައިލް ގައި އެންމެ 205 ފޮލޯވަރުން ހިމެނޭ އިރު، ޕޯޓެއް ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމެއް އެކުންފުނިން ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އާންމު ބަހުރުވައިން ޕްރޮފައިލްގައި ހިމަނާފައިވަނީ، ކަސްޓަމައިޒްޑް ކްލައިޔަންޓް ސޮލިއުޝަންސް، މަލްޓިޕްލް ފެމިލީ އޮފިސަސް، ޕްރޮޕަރަޔަޓީ ސޮލިއުޝަންސް، އަދި ސްޕެޝަލް އޮޕޮޗުނިޓީސް ފަދަ ކަންކަމެވެ.

ކުންފުނިން މިހާތަނަށް ކާމިޔާބު ކަމާއެކު ހިންގާފައިވާ އެއްވެސް މަޝްރޫއެއްގެ ތަފްސީލެއް ވެސް ޕްރޮފައިލްގައި ހިމަނާފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރެވުނު މި އެއްބަސްވުމަކީ އޮއްޓަރު ހުރި އެއްޗެއް ނޫންކަން ދޭހަވާ ގޮތައް އެމްއައިޑީއެފްޒެޑްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރަސްމީ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ.

އަނެއްކޮޅުން، މި އެއްބަސްވުމާއެކު 100 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނީގެ ފަރާތުން ފެށުމަށް ވާހަކަދެކެވިފައިވާ ކަމަށް ޝިމާދު އިތުރަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، 100 މިލިއަން ޑޮލަރު އެ ކުންފުނިން ހޯދާ ގޮތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައި ނުވާއިރު އަދި މި މަޝްރޫއު އިން ސީއައިއޭ އަށް ލިބޭ މަންފާ އަކީ ކޮބައިކަން އާންމު ކޮށްފައެއް ނުވެއެވެ. އަނެެއްކޮޅުން މި މަޝްރޫޢުގެ މަސައްކަތްތަކަށް ފަންޑުކުރަނީވެސް އެ ކުންފުނިން ކަމަށާއި، ބިންހިއްކާ، ޕޯޓާއި، ކީވޯލްތައް ތަރައްޤީ ކޮށް، ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި، ވެއަރ ހައުސްތަކުގެ އިތުރުން ރިއަލް އެސްޓޭޓުތައްވެސް ފުރުޞަތު އޮންނާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.

ސިންގަޕޫރުގެ އެންމެ ބޮޑެތި 300 ކުންފުނީގެ ތެރޭގައިވެސް ހިމެނިފައި ނުވާ، ސީއައިއޭގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖް ވެސް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ގިނަ ޚިދުމަތްތަކެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތް، ބަންކަރިންގ، ކުރޫޒު ޓޫރިޒަމް، އަދި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތައް، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރާނެ ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއުއަށް ފައިސާ ހޯދާ ގޮތެއް އަދި އެކުންފުނިން މި މަޝްރޫއުގައި ބައިވެރިވާ ޓާމްސްތަކެއް ހާމައެއް ނުކުރެއެވެ.

ފްރޭމްވޯކް އެއްބަސްވުމުގައި އެމްއައިޑީއެފްޒެޑް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި ސީއޭއައި ގެ ފަރާތުން ސޮއިކޮށްކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖްއެވެ.

ފްރޭމްވޯކް އެއްބަސްވުމަކީ ދެ ފަރާތެއްގެ ދެމެދުގައި ހެދޭއެއްބަސްވުންތަކުގެ ތެރެއިން، އެ އެއްބަސްވުމާ ގުޅޭ ހުރިހާކަމަކަށް ފުރިހަމަ އެއްބަސްވުމަކަށް އައިސްފައި ނުވާ، ނަމަވެސް ގުޅުންކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަކަށް ކަންކަމަށް އެއްބަސްވެވިފައިވާ، އަދި ތަފްސީލުތަކަށް ކުރިމަގުގައިއެއްބަސްވުމަށް ސޮއިކުރެވޭ ލިޔުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭއަށް މިދިޔަ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 16 އިންސައްތަ އިތުރުވެފައި!

ރާއްޖޭއަށް މިދިޔަ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 16 އިންސައްތަ އިތުރުވެފައި!

21 މެއި 2018
އެއްވެސް ގެއްލުމެއް ނެތި ޚިދުމަތުގައި އަށް އަހަރު؛ ލަފާޖް މޯލްޑިވްސް ސިމެންޓް އަށްް ބޮޑު ކާމިޔާބީއެއް!

އެއްވެސް ގެއްލުމެއް ނެތި ޚިދުމަތުގައި އަށް އަހަރު؛ ލަފާޖް މޯލްޑިވްސް ސިމެންޓް އަށްް ބޮޑު ކާމިޔާބީއެއް!

14 ނޮވެމްބަރު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ

13 އޮކްޓޯބަރު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު