Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ލަފާޖް މޯލްޑިވްސް ސިމެންޓް

އެއްވެސް ގެއްލުމެއް ނެތި ޚިދުމަތުގައި އަށް އަހަރު؛ ލަފާޖް މޯލްޑިވްސް ސިމެންޓް އަށްް ބޮޑު ކާމިޔާބީއެއް!

މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އަބަދުވެސް ސަލާމަތީ ފިޔަވަޅުތައް އިސްކުރުމަކީ ކުންފުނީގެ މައި އަމާޒު

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2017 | އަންގާރަ 06:59
ލަފާޖް މޯލްޑިވްސް ސިމެންޓްގެ މައި ކުންފުނި، އެސްޓީއޯގެ މައި އިމާރާތް

ލަފާޖް މޯލްޑިވްސް ސިމެންޓްގެ މައި ކުންފުނި، އެސްޓީއޯގެ މައި އިމާރާތް

ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކާއި މުއައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުލިބި އަށް އަހަރު ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށާއި މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ލަފާޖް މޯލްޑިވްސް ސިމެންޓުން ބުނެފިއެވެ.

މިކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ހޮޓެލްޖެންގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަފާޖް ހޮލްސިމް ޓްރޭޑިންގގެ ސްޓްރެޓެޖީ އެންޑް ބިޒްނަޒް ޑިވެލޮޕްމަންޓްގެ ވައިސް ޕްރެޒިޑެންޓް، ސްޓެފާން ރިއޯ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަކީ ގިނަ ނުރައްކާތަކެއް ކުރިމަތިވާ ދާއިރާއެއް ކަމަށެވެ. ނަމަވެސް، ލަފާޖް މޯލްޑިވްސްއިން ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރުމުގެ ސަބަބުން، އެއްވެސް ފަރާތަކަށް އެއްވެސް ގެއްލުމެއް ނުލިބި، ޖެހިޖެހިގެން އަށް އަހަރު ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިއީ ނަމޫނާ އިން ކަންކަން ކުރުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ސްޓެފާން ވިދާޅުވިއެވެ.

"މިސާލަކަށް ސައިލޯއެއްގައި ކުލަލާންޖެހުނީ. އެކަން ކުރުމުގެ ކުރިން އަޅުގަނޑުމެން އެބަ ބާއްވަން ކުޑަ ބައްދަލުވުމެއް. އޭގައި ހުރި ނުރައްކާ ދެނެގަތުމަށް. އަޅުގަނޑުމެންނަށް ބުނެވިދާނެ، އެއީ ކުޑަ މަސައްކަތެކޭ، ބައްދަލުވުން ނުބާއްވާ ބައިގަޑިއިރު ސަލާމަތްކުރެވިދާނެއޭ. އެކަމަކު، އަޅުގަނޑުމެން ބޭނުންވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން. އެއްވެސް ހާލަތެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ވުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ސްޓެފާން ވިދާޅުވިިއެވެ.

ކުންފުނީގެ ޗެއަރޕަރސަން ފާތިމަތު އާޝާން ވިދާޅުވީ މިކާމިޔާބީއަކީ ކުންފުނީގެ މުއައްޒަފުން ސަލާމާތީ ފިޔަވަޅުތަކަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި، ލޮސް ޓައިމް އިންޖަރީ، ނުވަތަ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް، ވީހާ ވެސް މަދުކުރުމަށް ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ވެސް އާޝާން ވިދާޅުވިއެވެ.

އެގޮތުން، މިއަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގުޅިގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްގައި ބައިވެރިވެފައިވާ ކަމަށާއި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހަމަ ކޮންމެ އަހަރަކު ހެލްތު އެންޑް ސޭފްޓީ ވީކެއް ނުވަތަ ދުވަހެއް ބޭއްވުމުގެ އިތުރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސަައްކަތް އެބަކުރަން މި އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނާ ގުޅިގެން މި އެވެއާރނަސް ކުރިއަށްގެންދަން. އެހެންވީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އިރާދަކުރެއްވިއްޔާ މިއަހަރު ކުރިއަށް އޮތް ތާންގައި އަދި އަންނަ އަހަރު ބަޖެޓް ކުރެވިގެން ވަރަށް ގިނަ މިކަހަލަ ޕްރޮގްރާމްތައް ހިންގަން،" އާޝާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގަައި ލަފާޖް މޯލްޑިވްސް ސިމެންޓްގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުއައްޒަފުންނަށް ޚިދުމަތުގެ އަގު ވަޒަންކޮށް، ހަނދާނީލިޔުމެއް ވަނީ އަރުވާފައެވެ. މި މުވައްޒަފުންނަށް ހަނދާނީ ލިޔުންދެއްވީ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދެވެ.

ލަފާޖް މޯލްޑިވްސް ސިމެންޓަކީ 1999 ވަނަ އަހަރު އެސްޓީއޯ އާއި ލަފާޖް ހޮލްސިމްގެ ޖޮއިންޓް ވެންޗަރ ޕާޓްނަޝިޕްގެ ދަށުން ގާއިމްކުރި ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު