Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސް ތަފާސް ހިސާބު

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ

• ސެޕްޓެމްބަރ މަހު އިމްޕޯޓު ކުރި މިންވަރު %10 އިތުރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2017 | ހުކުރު 08:03
ރާއްޖެއަށް އެތެރެކުރާ މުދާ

ރާއްޖެއަށް އެތެރެކުރާ މުދާ

މިއަހަރު ސެޕްޓެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 216 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ލިބިފައިވަނީ 203 މިލިއަން ރުފިޔާ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރ މަހު ހަޔެއް އިންސައްތަ އިތުރުވެފައެވެ.

ފާއިތުވި ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މި ޢަދަދުވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 23 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 13 އިންސައްތަ، ސިންގަޕޫރާއި ޗައިނާއިން ކޮންމެ ޤައުމަކުންވެސް 11 އިންސައްތަ އަދި މެލޭޝިއާއިން އަށެއް އިންސައްތަ އެތެރެކޮށްފައިވެއެވެ.

ފާއިތުވި ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ.

2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 141 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 160 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 31 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާ ޖަރުމަނުވިލާތަށެވެ.

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ
22 އޯގަސްޓު 2017

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ
24 ޖުލައި 2017

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު