Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރީ ކޮންފަރާތަކުންތޯ ބެލުން އީރާނަށް މުހިންމެއް ނޫން: ރައީސް ޕެޒެޝްކިއަން

އީރާނަކީ ކޮންމެ ފަދަ އަދާވާތްތެރިކަމަކާ ވިޔަސް ކުރިމަތިލުމުގެ ޢަޒުމާއި ޤާބިލުކަން ރަނގަޅަށް ދައްކާފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމަށް ބިރުދެއްކުމަކުން ނުގުޑާނެ ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2024 | ހުކުރު 09:39
ބުރާސްފަތި ދުވަހު އީރާނުގައި އޮތް ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް ޕެޒެޝްކިއަން (ފުރަތަމަބަރި، ވާތްފަރާތުން 3 ވަނަ) ބައިވެރިވެވަޑައިގަންނަވަނީ

ބުރާސްފަތި ދުވަހު އީރާނުގައި އޮތް ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް ޕެޒެޝްކިއަން (ފުރަތަމަބަރި، ވާތްފަރާތުން 3 ވަނަ) ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ކޮން ފަރާތަކުންތޯ ބެލުން އީރާނަށް މުހިންމެއް ނޫން ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ވެރިރަށް ތެހުރާނުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިފަރާތެއް އީރާނަށް މުހިންމު ނުވަނީ އިސްލާމީ ޖުމްހޫރިއްޔާ ބަރޯސާވަނީ އެގަމުގެ އަމިއްލަ އިއްޒަތާ ޤައުމެއްގެ ހައިސިއްޔަތުން ޤައުމުގެ އަމިއްލަ ބާރުގެ މައްޗަށް ކަމުގައި ވާތީ ކަމަށެވެ.

އެހެން ޤައުމުތަކާއެކު ގުޅުން ތަރައްޤީކޮށް ފުޅާކުރުމަށް "އެއްވެސް ހުރަހެއް" ނެތްކަމަށް އީރާނުން ދެކޭކަން އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

"މުސްލިމް އަދި އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހި ކުރުމަކީ އީރާނުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މުސްލިމް ޤައުމުތަކުގެ މެދުގައި އެއްބައިވަންތަ ކަމާއި އެކުވެރިކަން އިތުރުކުރުމަކީ އީރާނުން ޤަބޫލުކުރާ ގޮތް،" އޭނާ ވިދާޅުވިއެވެ.

"މުސްލިމް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އުޚުއްވަތްތެރިކަމާއެކު އެއްބައިވެއްޖެ ނަމަ، ޒަޔަނިސްޓު ވެރިކަމުން ހައްގުތައް ނިގުޅައިގެންފައިވާ ފަލަސްތީނު އަދި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކުށްތައް ކުރާކަށް ނުކެރޭނެ،" ޕެޒެޝްކިއަން ވިދާޅުވިއެވެ.

އޭގެ އިތުރުން، އީރާނުގެ ސްޓްރެޓީޖިކް ކަންކަމާބެހޭ ނައިބު ރައީސް މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވި ގޮތުގައި އެމެރިކާގެ ގިނަ މުސްލިމުން ހިމެނޭގޮތަށް، އެ ގައުމުގައި ވޯޓު ދިން ފަރާތްތަކުން، ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި ލުބުނާނުގައި ހިންގަމުންދާ ޖަރީމާތަކަށް އެމެރިކާއިން މި ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހު ދިން ލަދުވެތި އެއްބާރުލުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ [ޑޮނަލްޑް] ޓްރަމްޕް އަދި [ޖޭޑީ] ވޭންސްގެ ކުރިއަށް އޮތް ސަރުކާރުން ހަނގުރާމަތައް ހުއްޓުވުމާ ގުޅޭގޮތުން އިންތިޚާބީ ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ހަނގުރާމަތައް ނިމުމަކަށް ގެންނާނެ ކަމަށް،" ޒަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނަކީ ކޮންމެ ފަދަ އަދާވާތްތެރިކަމަކާ ވިޔަސް ކުރިމަތިލުމުގެ ޢަޒުމާއި ޤާބިލުކަން ރަނގަޅަށް ދައްކާފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމަށް ބިރުދެއްކުމަކުން ނުގުޑާނެ ކަމަށެވެ.

އީރާނު ޕާލަމެންޓުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތު ކޮމިޓީގެ އިސްވެރިޔާ އިބްރާހިމް އަޒީޒީ ވިދާޅުވި ގޮތުގައި ޓްރަމްޕް އިންތިޚާބުވުމަކުން އެމެރިކާއާ މެދު އީރާނުން ގެންގުޅޭ ސްޓްރެޓީޖިކް ސިޔާސަތުތަކަށް އަސަރެއް ނުކުރާނެ އެވެ. އަދި އިޒްރޭލުން ދާދި ފަހުން އީރާނަށް ދިން އަދާވާތްތެރި ހަމަލާއަށް އީރާނުން ދޭންޖެހޭ ހަރުކަށި ރައްދު ދިނުމަކަށް ހުއްޓުމެއްވެސް ނާންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު