Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޑިޔުކޭޝަން އެކްސްޕޯ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި

މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 19އާއި ހަމައަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އޯގަސްޓު 2017 | ބުރާސްފަތި 16:31
އެޑިޔުކޭޝަން އެކްސްޕޯ ފަށައިފި

އެޑިޔުކޭޝަން އެކްސްޕޯ ފަށައިފި

"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ފަށައިފި އެވެ.

އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާގެ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް)އާ ގުޅިގެން ބާއްވަމުން އަންނަ އެ ފެއާ ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.

މި އަހަރުގެ ފެއާގައި 60 އަށް ވުރެ ގިނަ އިންސްޓިޓިއުޓް ބައިވެރިވެފައިވެއެވެ.

އެގޮތުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުންނާއި ރާއްޖޭގެ ކޮލެޖްތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފެއަރގައި ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި ވަޒީފާ އަދާކުރަމުންދާ މީހުންނަށް ވެސް ބައިވެރިވެވޭނެ ވޯކްޝޮޕްތަކެއް ކުރިއަށްގެންދާނެ ކަމަށާއި ކެރިއާއެއް ބިލްޑް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތުތަކެއް ވެސް ހުޅުވާލާފައިވާ ކަމަށް އަސަރީ ސަރވިސަސްއިން ބުންޏެވެ.

މިއަހަރުގެ ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ މެދުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާއިރު މޯލްޑިވިއަން އިން ހުށަހަޅާފައި ވަނީ ޗެންނާއީ އަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓާއި އީ- ޓްރެވަލްސް އިން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ ވެސް އެއް މަންޒިލަކަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓްގެ އިތުރުން ޕާސަނަލް ކޮމްޕިއުޓާސް އިން ހުށަހަޅާފައިވާ ލެޕްޓޮޕަކާއި ދިރާގުގެ ގިފްޓު ހެންޕާސްތަކާއި ތަފާތު ގިނަ އިނާމްތަކެކެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު