Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިބަރ ސެކިއުރިޓީ ބިލް

'ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް' އަދި 'ސައިބަރސެކިއުރިޓީ ބިލް'އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފި

މި ބިލްތައް ފާސްކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 10:07
ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި ބިލުތަކުގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި ބިލުތަކުގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

"ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި "ސައިބަރސެކިއުރިޓީ ބިލް"އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި ސައިބަރސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ "ސައިބަރސެކިއުރިޓީ ބިލް"އަށް ޚިޔާލު ހޯދުމުގެ ގޮތުން މި ދާއިރާތަކުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާއި އެކު ބާއްވާ ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެންނެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން މީރުމާގައި މިއަދު ބޭއްވި ހަފްލާ ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި އެން.ސީ.އައި.ޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ސައިބަރސެކިއުރިޓީ ބިލުގެ މަޤްސަދަކީ ހަރުދަނާ އޮނިގަޑެއްގެ ތެރެއިން އަޅުގަޑުމެންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ޑިޖިޓަލް ސިސްޓަމްތަކާއި އޭގައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު އުފައްދައި ރާއްޖޭގައި އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުން ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިވެގެންދާނެކަމުގެ ޔަޤީންކަމާއި އިތުބާރާއިއެކު އޮންލައިންގެ ޒަރިއްޔާއިން ރައްޔިތުން ބާރުވެރިވެގެންދާނެ މުސްތަޤްބަލެއް ޤާއިމުކުރުމުގައި މި ދެ ބިލުގެ މުހިންމުކަން ފާހަގަކުރެއްވެވިއެވެ. އަދި މި ތަސައްވުރު ހާސިލްކުރުމަށް މި ބިލްތައް ފާސްކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ހާއްސަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)ގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވަނީ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" ހުށައަޅާދެއްވާފައެވެ.

އަދި ބިލާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށްޓަކައި ބައިވެރިންގެ މެދުގައި ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ބޭފުޅުންވެސްވަނީ ސެޝަންތަކެއް ނަންގަވާދެއްވާފައެވެ. އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި އެން.ސީ.އެސް.އޭގެ ސީ.އީ.އޯ ޑރ. އަހުމަދު ނައުފަލް އަބްދުލް ހާދީ "ސައިބަރސެކިއުރިޓީ ބިލް" ހުށައަޅައިދެއްވުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު