Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފެތުރިގެން ދާނެ ޕްރޮގްރާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 04:43
''ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ނައިބްރައީސް ވާހަކަފުޅުދައްކަވަނީ

''ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ނައިބްރައީސް ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ''ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށް ޚާއްޞަކޮށްގެން އަންގާރަ ދުވަހުގެ ހަވީރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. "ހަށިހެޔޮ ރާއްޖެ" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް މުޢިއްޒު ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމަށާއި، މިއަދު ފުރިހަމަވެގެން މިދިޔައީ އެމަނިކުފާނުގެ ވައުދުފުޅެއްކަމުގައެވެ.

Advertisement - newsAdvertisement

އަދި އާބާދީގެ ނިސްބަތުން އެރަށަކަށްބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ، ރައްޔިތުންނާހަމައަށް އެ ޚިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކަމާގުޅުން ހުރި ވުޒާރާތަކުން މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ނިންމަވާލައްވަމުން، އިފްތިތާޙުކުރެއްވި ޕްރޮގްރާމުން ލިބުނު ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޕްރޮގްރާމުން ލިބުނު މަޢުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ މި ޕްރޮގްރާމުން ތަމްރީނުވި ސްޕޯޓްސް ކައުންސިލަރުންނާއި އަދި ޔޫތު އެސޯސިއޭޓުން، ކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކޮށްދޭނެ ކަމަށް ޔާޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފެތުރިގެން ދާނެ ޕްރޮގްރާމެއް ކަމަށާއި، މިއަދު ކުޅުއްދުއްފުށީގައި މި ކުރިއަށްދިޔައީ ފެށުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު