Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުމަދިރި

ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

ސައިންސްވެރިން ބުނާ ގޮތުގައި އަޑުއިވުމުގެ ހިއްސު ނައްތާލުމަކީ މަދިރި ކޮންޓްރޯލްކުރުމަށް އުއްމީދުކުރެވޭ މަގެކެވެ. ނަމަވެސް މިކަން އިތުރަށް ދިރާސާކޮށް، ބެލުން މުހިންމު ކަމަށްވެސް ބުނެއެވެ.

ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 10:37
މަދިރި އެއް އިންސާނެއްގެ ގައިން ލެއި ބޮނީ

މަދިރި އެއް އިންސާނެއްގެ ގައިން ލެއި ބޮނީ

ސައިންޓިސްޓުން ދެކޭގޮތުގައި މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލު ކުރުމަށް އައު ގޮތެއް ހޯދިއްޖެއެވެ. އެއީ ފިރިހެން މަދިރި ބީރުކޮށްލުމެވެ. މިއާ އެކު ޖިންސީ ގުޅުން ހިންގުން ހުއްޓި، މަދިރީގެ އާބާދީ ކޮންޓްރޯލް ކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މަދިރި ޖިންސީ ގުޅުން ހިންގަނީ ވައިގެ ތެރޭގައި އުދުހެމުންނެވެ. މިގޮތުން ފިރިހެން މަދިރި އަންހެން މަދިރި ދެނެގަންނަނީ އަންހެން މަދިރީގެ "ޝައުގުވެރި" ފިޔަޖެހުމުގެ އަޑުންނެވެ.

ދިރާސާކުރި ފަރާތްތަކުން ފިރިހެން މަދިރި އަޑުއިވުމަށް ބޭނުންވާ ޖެނެޓިކް ޕާތުވޭ ބަދަލު ކުރުމުގެ ނަތީޖާއަކަށްވީ، އެއް ގޮޅިއެއްގައި ތިން ދުވަސް ވަންދެން ދެ ޖިންސުގެ މަދިރި ބޭތިއްބުމުންވެސް ޖިންސީ ގުޅުމެއް ނުހިންގުމެވެ.

އިންސާނުންނަށް ބަލި ފަތުރަނީ އަންހެން މަދިރިއެވެ. އެހެންކަމުން އަންހެން މަދިރި ދަރިމައިވުން ހުއްޓުވުމަކީ ޖުމްލަ މަދިރީގެ އަދަދު މަދުކުރުމަށް އެހީތެރިވާނެ ކަމެކެވެ.

ކެލިފޯނިއާ ޔުނިވަރސިޓީގެ ޓީމަކުން މި ދިރާސާ އީޑީސް މަދިރި ބޭނުން ކޮށްގެންނެވެ. އީޑީސް މަދިރިއަކީ އަހަރަކު 400 މިލިއަން މީހުންނަށް ވައިރަސް ފަތުރާ ބާވަތެއްގެ މަދިރިއެއްކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ.

މިޓީމުން ވަނީ ވަރަށް ގާތުން މަދިރި ވައިގެ ތެރޭގައި ޖިންސީ ގުޅުން ހިންގާ ގޮތް ދިރާސާ ކޮށްފައެވެ. މި ގުޅުން ދެމިގެންދަނީ ސިކުންތުކޮޅަކުން ފެށިގެން ގާތްގަނޑަކަށް މިނެޓަކާ ހަމައަށެވެ. އޭގެ އިތުރުން ޖެނެޓިކްސް ބޭނުންކޮށްގެން މި ގުޅުން ހުއްޓުވޭނެ ގޮތްތައް ހޯދިއެވެ.

ޓީމުގެ ދިރާސާ ޓާގެޓް ކޮށްފައިވަނީ މަދިރީގެ "ޓީއާރްޕީވީއޭ" ކިޔާ ޕްރޮޓީނަކަށެވެ. މިއީ މަދިރީގެ އަޑުއިވުމުގެ ހިއްސު މަސައްކަތް ކުރުމަށް ކޮންމެހެން މުހިންމު ޕްރޮޓީން އެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މިގޮތުން ޖެނެޓިކް ބަދަލުތައް ގެނައި މަދިރީގެ އަޑު އިވުމުގެ ހިއްސަށް ބޭނުންވާ ނިއުރޯންތަކުގެ މަސައްކަތް ހުއްޓި، އަންހެން މަދިރި ދެނެގަތުމުގެ ގާބިލުކަން މަދިރިއަށް ގެއްލުނުކަން ފާހަގަ ކުރެވުނެވެ.

ޝައުގުވެރިކަން ބަހައްޓާ އަޑުތަކަށް ދިނީ ބީރު ކަންފަތްތެކެވެ.

އޭގެ އިދިކޮޅަށް، ދިރާސާގައި ބޭނުން ކުރި ވައިލްޑް (ޖެނެޓިކް ބަދަލު ނުގެންނަ) ފިރިހެން މަދިރިތައް ޖިންސީ ގުޅުން ހިންގައި، ކޮށީގައި ތިބި ހުރިހާ އަންހެން މަދިރިތަކެއް ދަރިމައިވިކަން ފާހަގަ ކުރެވުނެވެ.               

ކެލިފޯނިއާ ޔުނިވަރސިޓީގެ މި ދިރާސާގެ ނަތީޖާ ޕީއެންއޭއެސް ޖާނަލްގައި ޝާއިޢުކޮށްފައިވެއެވެ. އެމީހުން ބުނާގޮތުގައި ޖީން އަށް ބަދަލު ގެނައުމުގެ އަސަރަކީ "މުޅިން ފުރިހަމަ" ނަތީޖާއެކެވެ. އެއީ ބީރު ފިރިހެން މަދިރީގެ ޖިންސީ ގުޅުން މުޅިންހެން ހުއްޓުމަކަށް ގެނެވުނުކަން ކަށަވަރު ކުރެވިފައިވާތީއެވެ. 

ސައިންސްވެރިން ބުނާ ގޮތުގައި އަޑުއިވުމުގެ ހިއްސު ނައްތާލުމަކީ މަދިރި ކޮންޓްރޯލްކުރުމަށް އުއްމީދުކުރެވޭ މަގެކެވެ. ނަމަވެސް މިކަން އިތުރަށް ދިރާސާކޮށް، ބެލުން މުހިންމު ކަމަށްވެސް ބުނެއެވެ.

ފިރިހެން މަދިރި އަށް އަޑު އިވުމުގެ ޤާބިލުކަން - އަދި އަޑުގެ ޒަރީޢާއިން އަންހެން މަދިރިތައް ހޯދުމުގެ ޤާބިލުކަން - ނެތްނަމަ، މަދިރީގެ އާބާދީ ނެތިދިއުމުގެ ފުރުސަތު އޮވެދާނެ ކަމަށް މި ދިރާސާ އިން ހާމަވާއިރު، އަދި މަދިރިއަކީ ބަލި ފަތުރާ ސޫތްޕެއް ނަމަވެސް، އެއީ ގުދުރަތީ ފުޑް ޗެއިން ގެ މުހިންމު ބައެކެވެ - މިސާލަކަށް މަސްމަހާ މެއްސާއި، ދޫންޏާއި، ވާލާއި، ބޮއް ފަދަ ތަކެއްޗަށް މަދިރިއަކީ އެ ތަކެތީގެ ކާނާގެ މުހިންމު ބައެކެވެ.                                      

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

09 ޑިސެމްބަރު 2025
މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ
19 ފެބުރުއަރީ 2025

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

19 ފެބުރުއަރީ 2025
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
24 ޖުލައި 2024

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!
22 ޑިސެމްބަރު 2020

އައު ބާވަތުގެ ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން

22 ޑިސެމްބަރު 2020
އައު ބާވަތުގެ ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން
21 ޑިސެމްބަރު 2020

ވައިރަހުގެ އައު ބާވަތެއްގެ ނުރައްކަލާއެކު ސައުދީގެ ބޯޑަރު ބަންދުކޮށްފި

21 ޑިސެމްބަރު 2020
ވައިރަހުގެ އައު ބާވަތެއްގެ ނުރައްކަލާއެކު ސައުދީގެ ބޯޑަރު ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު