Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކޮރޯނާ ވައިރަސްގެ ވޭރިއަންޓް

އައު ބާވަތުގެ ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން

މި ވޭރިއަންޓު އުފަންވީ ކިހިނެއް ކޮންތާކުން؟

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2020 | އަންގާރަ 10:18
ކޮވިޑް-19 ބަލީގައި 1.7 މިލިއަން މީހުން ވަނީ މަރުވެފައި

ކޮވިޑް-19 ބަލީގައި 1.7 މިލިއަން މީހުން ވަނީ މަރުވެފައި

ކޮވިޑް-19 ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުން 77.3 މިލިއަން މީހުންނަށް ޖެހި، މިހާތަނަށް އެ ބަލީގައި 1.7 މިލިއަން މީހުން ދުނިޔެ ދޫކޮށްފައިވާއިރު، ކޮރޯނާ ވައިރަސްގެ އައު ބާވަތެއް ހަލުއި ކަމާއެކު އިނގިރޭސިވިލާތުގައި ކޮންޓްރޯލުން ނެއްޓި ފެތުރެން ފެށި ޚަބަރާއެކު ބަލި ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރަމުންދާ ހަނގުރާމައަށް އިތުރު ހާސްކަންވަނީ ކުރިމަތިވެފައެވެ. އެކަމުގެ ކަންބޮޑުވުން މުޅި ދުނިޔެއަށް ވަނީ ފެތުރިފައެވެ. ބައެއް ގައުމުތަކުން، ޚާއްސަ ކޮށް ޔޫރަޕްގެ ގައުމުތަކުން އިނގިރޭސިވިލާތާ އެ ގައުމުތަކާ ދެމެދު ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

މިއައު ބާވަތައް ތަޖުރިބާކާރުން ދީފައިވަނީ VUI-202012/01 ލީނިއޭޖެވެ.

މިއީ ކޮރޯނާވައިރަސްގެ ވޭރިއަންޓެއް ފާހަގަވި ފުރަތަމަ ފަހަރު ކަމަށް ނުވިޔަސް މިފަހަރު ތަޖުރިބާކާރުން ކަންބޮޑުވަނީ، މި ބާވަތަކީ އާއްމުކޮށް ފެތުރޭ ކޮރޯނާވައިރަސް އަށްވުރެ 70 ގުނަ ބާރުމިނުގައި ފެތުރޭ ބާވަތަކަށް ވުމެވެ. އިނގިރޭސިވިލާތުގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުންނަށް މި ވޭރިއަންޓުގެ ޒަރީއާއިން ކޮވިޑް-19 ޖެހިފައިވާކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ ސައުތް އިންގްލެންޑުން ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޑިސެމްބަރު 9 އާ ހަމައަށް އައި އިރު، ލަންޑަނުން ކޮވިޑް-19 ޖެހުނު މީހުންގެ 62 އިން ސައްތަ އަކީ ކޮރޯނާވައިރަސްގެ މި ވޭރިއަންޓުގެ ސަބަބުން ބަލިޖެހުނު މީހުންކަން ރެކޯޑުތަކުން ދައްކައެވެ. ވައިރަސްގެ މި އައު މިއުޓޭޝަން ދެނެގަތީ އިނގިރޭސިވިލާތުގެ ސައިންސްވެރިންނެވެ.

ގިނަ ސައިންސްވެރިންގެ ޖަވާބަކީ އާއެކެވެ. އިނގިރޭސިވިލާތުގެ ދެކުނު އިންގްލޭންޑުގެ ބައެއް ހިސާބުތަކުގައި މިހާރު މިބާވަތް ވެފައިވަނީ އާއްމުކޮށް ފެތުރޭ ވައިރަސްގެ ބާވަތައް ވެފައެވެ. ނަތީޖާއެއްގެ ގޮތުން، ލަންޑަން އާއި ލަންޑަން އާ އިންވެގެން އޮންނަ ކެންޓް ކައުންޓީގައި ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން މައްޗަށް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން އޮސްޓްރޭލިއާ، އިޓަލީ އަދި ނެދަރލޭޑުން މި އައު ސްޓްރެއިންގެ ވައިރަސް އެ ގައުމުތަކުން ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނެދަރލޭންޑްސް އިން މި ބާވަތް އެ ގައުމުން ފެނުނުކަން ރިޕޯޓު ކުރީ ޑިސެމްބަރު މަހުއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ވައިރަސްގެ އައު ވޭރިއަންޓް އައިސްލެންޑް، ޑެންމާކް، އަދި ބެލްޖިއަމުން ވެސް ފެނިފައިވެއެވެ.

ސައިންސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި އައު ވޭރިއަންޓްގެ ސަބަބުން ބަލި ފެތުރުން އެތައް ގުނައެއް އަވަސް ވެގެން ދިއުމެވެ.

ހަލުއިކޮށް ފެތުރުމުގެ ނަތީޖާއަކީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވުމެވެ. ސިއްހީ ނިޒާމް ބަލިކަށި ގައުމުތަކަށް ވައިރަސްގެ އައު ވޭރިއަންޓު ހިނގައްޖެނަމަ އިތުރަށް މިކަމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެއެވެ.

ލަންޑަން ސްކޫލް އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރ މާޓިން ހިބާޑް ވިދާޅުވެފައިވަނީ އައު ވޭރިއަންޓުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު އަސްލު ވައިރަސްއާ އެއް މިންވަރަކަށް އޮތްކަމަށް ބެލެވުނު ކަމުގައިވިޔަސް މި ވޭރިއަންޓުގެ ސަބަބުން ބަލި ފެތުރޭ ރޭޓު މަތިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައެވެ.

ސައިންސްވެރިން ބުނަނީ، ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިން އިން މި ވޭރިއަންޓުން ރައްކައުތެރިކަން ނުލިބޭނެ ކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމުގައެވެ.

ބްރިސްޓޯލް ޔުނިވަރސިޓީގެ ވެކްސިން ސްޕެޝަލިސްޓެއް ކަމަށްވާ ޕްރޮފެސަރ އެޑަމް ފިން ވިދާޅުވެފައިވަނީ، އައު ވޭރިއަންޓްގެ ސަބަބުން ވެކްސިން އިން ކުރާ އަސަރަށް މާބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރ ޕެޓްރިކް ވެލަންސް ވިދާޅުވެފައިވަނީ އައު ވޭރިއަންޓުން ދިފާއުވުމަށް އެކަށީގެންވާ ހިމާޔަތް ފައިޒަ ވެކްސިން އިން ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

ލީސިސްޓަރ ޔުނިވަރސިޓީގެ ވައިރަސް އާ ބެހޭ ޕްރޮފެސަރ ޖޫލިއަން ޓޭންގ ވިދާޅުވީ، ވެކްސިންގެ އަސަރު ނުކުރާ ވަރުގެ ބަދަލެއް އައު ވޭރިއަންޓުން ފެނިފައި ނުވާކަމުގައެވެ.

ކޮންމެވެސް މިންވަރަކަށް ކުރާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ތަފާސް ހިސާބަށް ބަލާއިރު މި ވޭރިއަންޓުން ބޮޑަށް ބަލިޖައްސަނީ 15 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. މިހެން މިކަންވާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓް ޖެހުމުންވެސް ފެންނަނީ އަސްލު ވައިރަސް ޖެހުމުން ފެންނަ މައިގަނޑު އަލާމާތްތައް ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ ހުން އައުމާއި، ކެއްސުމާއި، ރަހަޔާއި ވަސް ބެލުމުގެ ހިއްސުތައް ކެނޑުން ފަދަ ކަންކަމެވެ.

ޔުނިވަރސިޓީ އޮފް ރީޑިންގެ މައިކްރޯބަޔޮލޮޖީ ޕްރޮފެސަރ ސައިމަން ކްލާކް ވިދާޅުވެފައި ގޮތުގައި ވައިރަސް އަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުތައް އަންނަ އެއްޗެކެވެ. އެހެން ކަމުން އައު ވައިރަސްގެ އައު ވޭރިއަންޓް ފެނުމަކީ ސައިންސްވެރިން ހައިރާންވާނެ ކަމެއް ނޫނެވެ. ހަމަ އެގޮތުގެ މަތިން ކޮރޯނާ ވައިރަސް ފެނުނު ހިސާބުން މިއަދާ ހަމައަށް އެ ވައިރަސްގެ އަސްލަށް އެތައް ބަދަލެއް އައިސްފައިވާކަން ސައިންސްވެރިން ވަނީ ހޯދާފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން ކޮރޯނާވައިރަސްގެ އަސްލު ޖެނެޓިކް ކޯޑުން 23 މިއުޓޭޝަނެއް މިހާތަނަށް ފެނިފައިވެއެވެ. މިއީ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ ބަދަލުތަކެކެވެ. މީގެ ތެރެއިން ބައެއް ބަދަލުތަކުގެ ނަތީޖާއަކީ، ވައިރަސްއަށް ފެތުރުމުގެ ގާބިލްކަން އިތުރުވެގެން ދިއުމެވެ.

އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރ ވިދާޅުވެފައިވާ ގޮތުން، އައު ވޭރިއަންޓް އުފެދިފައިވަނީ އަސްލު ކޮރޯނާ ވައިރަސްގެ ޖެނެޓިކް ކޯޑަށް އައިސްފައިވާ 23 ބަދަލަކާއެކުގައެވެ. ބަދަލުތައް އައިސްފައިވަނީ ވައިރަސްގެ ބޭރު ފަށަލައިގައި ކަށިތަކެއް ގޮތައް ނުކުމެފައި ހުންނަ ސްޕައިކް ޕްރޮޓީންއަށެވެ. އިންސާނުންގެ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު ސެލްތަކުގައި ތަތްކޮށްލަނީ މި ސްޕައިކް ޕްރޮޓީންގެ އެހީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

45 މިނެޓުން ކޮރޯނާވައިރަސް ބަލި ދެނެގަނެވޭ ޓެސްޓަކަށް އެމެރިކާއިން ހުއްދަދީފި

45 މިނެޓުން ކޮރޯނާވައިރަސް ބަލި ދެނެގަނެވޭ ޓެސްޓަކަށް އެމެރިކާއިން ހުއްދަދީފި

22 މާރިޗު 2020
ކޮރޯނާވައިރަސް އިން އަރައިގަތުމަށް 6 ހަފްތާ އާއި 10 ހަފްތާގެ މުއްދަތެއް ނަގާފާނެ: ބިލް ގޭޓްސް

ކޮރޯނާވައިރަސް އިން އަރައިގަތުމަށް 6 ހަފްތާ އާއި 10 ހަފްތާގެ މުއްދަތެއް ނަގާފާނެ: ބިލް ގޭޓްސް

20 މާރިޗު 2020
ކޮވިޑް-19 ގެ ނުރައްކަލާ އެކު ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެއްގެ ވާހަކަ

ކޮވިޑް-19 ގެ ނުރައްކަލާ އެކު ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެއްގެ ވާހަކަ

18 މާރިޗު 2020
ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

06 މެއި 2019
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު