Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އެމްޕޮކްސް

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

އިނގިރޭސިވިލާތު ގައި އެމްޕޮކްސްގެ ދެ ވައްތަރު އެއްވެގެން އުފެދިފައިވާ އާ ވައިރަހެއް އޭޝިއާއަށް ދަތުރުކުރި މީހެއްގެ ފުށުން ފެނިފައިވާއިރު، މިއީ ވައިރަހަށް ބަދަލު އަންނަމުންދާކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ބުނޭ.

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 02:15
އެމްޕޮކްސް ޖެހިފައިވާ ބަލިމީހެއްގެ އަތުގައި ފޮޅު ނަގާފައި

އެމްޕޮކްސް ޖެހިފައިވާ ބަލިމީހެއްގެ އަތުގައި ފޮޅު ނަގާފައި

އިނގިރޭސިވިލާތުން މީހެއްގެ ފުށުން، ކުރިން މަންކީޕޮކްސް (މަކުނު ވިދުރި) ގެ ނަމުން ނަންދެވިފައިވާ އެމްޕޮކްސް ގެ އާ ވައްތަރެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްޙީ އިދާރާތަކުން ބުނެފިއެވެ.

މި އައު ވައިރަހަކީ އެމްޕޮކްސް ވައިރަހުގެ ދެ މައިގަނޑު ވައްތަރެއް އެއްވެގެން އުފެދިފައިވާ ވައިރަހެކެވެ. އަދި މިއީ އޭޝިއާ ސަރަހައްދުގައި ދަތުރުކުރުމަށްފަހު އެނބުރި އައި މީހެއްގެ ފުށުން ފެނުނު ވައިރަހެއް ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މި އާ ވައްތަރުގެ ނުރައްކާތެރިކަމާއި އެނޫންވެސް ކަންކަން ދިރާސާ ކުރަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ޔޫ.ކޭ. ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫ.ކޭ.އެޗް.އެސް.އޭ) އިން ބުނާ ގޮތުގައި، ވައިރަސްތަކަށް ބަދަލު އައުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ނުރައްކާތެރި މި ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުމެވެ.

މި އާ ވައިރަސް ސްޓްރެއިންގައި އެމްޕޮކްސް ސްޓްރެއިންގެ ދެ ބާވަތް ކަމަށްވާ ކްލޭޑް ވަން.ބީ. (clade Ib) އާއި ކްލޭޑް ޓޫ.ބީ. (clade IIb) ގެ ބައިތައް އެކުލެވިގެންވެއެވެ. މި ބަލީގެ އައު ސްޓްރެއިން އަށް އަދި ނަމެއް ދެވިފައެއް ނުވެއެވެ.

މި ކަމާބެހޭ މައުލޫމާތު ހާމަކޮށްފައި މިވަނީ، ކްލޭޑް ވަން.ބީ. ކިޔާ ސްޓްރެއިންގެ އަލާމާތްތައް ބައެއް ޔޫރަޕްގެ ގައުމުތަކުގައި ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކްލޭޑް ޓޫ.ބީ. އަކީ 2022 ވަނަ އަހަރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރުނު އެމްޕޮކްސް ބަލީގެ ބޮޑު ރޯގާއާ ގުޅިފައިވާ ސްޓްރެއިންއެކެވެ.

ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، އެމްޕޮކްސް ވެކްސިން ޖެހުމުން %75-80 މިންވަރަކަށް ރައްކައުތެރިކަން ފޯރުކޮށްދެ އެވެ.

ޔޫ.ކޭ.އެޗް.އެސް.އޭ ގެ ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކާބެހޭ އެޖެންސީ ގެ ވެރިޔާ ޑރ. ކޭޓީ ސިންކާ ވިދާޅުވީ، މި އާ ސްޓްރެއިން ދެނެގަނެވުނީ ޖެނޯމިކް ޓެސްޓްތަކުގެ ސަބަބުން ކަމަށެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ގްލޯބަލް ހެލްތު ނެޓްވޯކްގެ ޑިރެކްޓަރު ޕްރޮފެސަރ ޓްރޫޑީ ލޭންގ ވިދާޅުވީ، އެމްޕޮކްސް ގެ އާ ވައިރަހެއް ފެނުމުގެ މި ހާދިސާއިން ދައްކައިދެނީ، "އެމްޕޮކްސް މުޅި ދުނިޔޭގައި ފެތުރެމުންދާ ކަމާއި، އަދި ވައިރަހަށް ބަދަލު އަންނަމުންދާ ކަމެވެ."

އޭނާ ވިދާޅުވީ، ޔޫ.ކޭ.ގައި ބަލި ދެނެގަނެ، ފެތުރުން ހުއްޓުވުމަށް "ފުރިހަމަ ނިޒާމުތަކެއް" ގާއިމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ވެކްސިން ލިބުން ދަތި ގިނަ ބަޔަކު ދިރިއުޅޭ ދުނިޔޭގެ އެހެން ތަންތަނުގައި، "މިކަން ހާސިލްކުރުން ދަތި" ކަމަށެވެ.

ޕްރޮފެސަރ ލޭންގ ވިދާޅުވީ، މި ސްޓްރެއިންގެ އިތުރު ކޭސްތައް ޔޫ.ކޭ.އިންނާއި އެހެން ތަންތަނުން ފެނިއްޖެނަމަ، ކުރީގެ ސްޓްރެއިންތަކަށްވުރެ ނުރައްކާތޯ ބެލުމަށްޓަކައި، އެ ސްޓްރެއިން ފެތުރޭ ގޮތާއި އޭގެ ސަބަބުން މީހުންނަށް ދިމާވާ ބަލީގެ ހާލަތު ދެނެގަތުން މުހިންމުވާނެ ކަމަށެވެ.

2025 ވަނަ އަހަރު މުޅި ދުނިޔޭގައި 48,000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ކަށަވަރު ކުރެވިފައިވާއިރު، މިދިޔަ މަހު 2,500 ކޭސް ފެނިފައިވެއެވެ. މިކޭސްތަކުގެ ގިނަ އަދަދެއް ފެނިފައިވަނީ މެދުތެރޭ އެފްރިކާއިންނެވެ.

އެމްޕޮކްސް އަކީ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭ ބައްޔެކެވެ.

އާންމު އަލާމާތްތަކަކީ ހަންގަނޑުގައި ފޮޅު ނުވަތަ ބިހިތަކެއް ނެގުމެވެ. މި އަލާމާތްތައް ދެ ހަފްތާއިން ހަތަރު ހަފްތާއަށް ދެމިހުރެއެވެ. މީގެ އިތުރުން ހުންއައުން، ބޮލުގައި ރިހުން، ބުރިކަށީގައި ރިހުން، ގައިގައި ރިހުން އަދި ވަރުބަލިވުން ވެސް ހިމެނެއެވެ.

މި ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެނީ ޖިންސީ ގުޅުން ހިންގުމުންނާއި، ކެއްސުމުން ނުވަތަ ކިނބިހި އެޅުމުންނާއި، ބަލިޖެހިފައިވާ މީހެއްގެ ފޭރާމާއި، ތަންމަތި، ތުވާލި ފަދަ ތަކެތީގައި ކޮންޓެކްޓް ވުމުންނެވެ.

މަސްދަރު: ބީބީސީ

އެމްޕޮކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

05 ނޮވެމްބަރު 2024
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި

އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި

05 އޮކްޓޯބަރު 2024
އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ

އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ

08 ސެޕްޓެމްބަރު 2024
ޕާކިސްތާނުން މަކުނުވިދުރި ފެނިއްޖެ

ޕާކިސްތާނުން މަކުނުވިދުރި ފެނިއްޖެ

16 އޯގަސްޓު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު