Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ޑެންގީ ބަލި

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

މިހާތަނަށް 21 މީހަކު އިނާމު ހޯދުމަށް ކުރިމަތިލާފައިވާއިރު، ޖުމްލަ 700 މަދިރި އަދި މަދިރީގެ ބިސް އިނާމު ހޯދަން ގެނެސްފައިވެއެވެ.

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2025 | ބުދަ 19:34
މެނިލާގައި ޑެންގޫ ނައްތާލުމަށްޓަކައި "ޕެސޯ ފޯ އަ މޮސްކިޓޯ" ޕްރޮގްރާމްގެ ދަށުން މީހަކު ގެނެސްފައިވާ މަދިރި ތަކެއް އޮފިޝަލުން ގުނަނީ

މެނިލާގައި ޑެންގޫ ނައްތާލުމަށްޓަކައި "ޕެސޯ ފޯ އަ މޮސްކިޓޯ" ޕްރޮގްރާމްގެ ދަށުން މީހަކު ގެނެސްފައިވާ މަދިރި ތަކެއް އޮފިޝަލުން ގުނަނީ

ޑެންގީ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން މަދިރި ގެންނަ ފަރާތްތަކަށް ފިލިޕީންސްގެ އާބާދީ އެންމެ ބޮޑު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގެ އިސްވެރިން ފައިސާގެ އިނާމު ހުށަހަޅައިފިއެވެ.

"ޕެސޯ ފޯރ އަ މޮސްކިޓޯ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމާ ބެހޭ ގޮތުން، މެނީލާގެ މެދުތެރޭގައި އޮންނަ ބަރަންގައި އެޑިޝަން ހިލްސްގެ ވެރިޔާ ކާލިޓޯ ސާނަލް ވަނީ ކޮންމެ 5 މަދިރި އަކަށް 1 ޕެސޯ (ގާތްގަނޑަކަށް 2 އެމެރިކާ ސެންޓް) ގެ އިނާމެއް ދޭނެކަން އިއުލާނުކޮށްފައެވެ.

މި އިނާމާ ބެހޭ ޚަބަރު ސޯޝަލް މީޑިއާގައި ފާޑުކިޔުމުގެ ރޫހެއްގައި ފެތުރުނު ނަމަވެސް، ސާނަލް ވަނީ މިއީ އެންމެންގެ ސިއްހަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ މިކަން ދިފާއު ކޮށްފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ފިލިޕީންސް ގައި މަދިރިން ފެތުރޭ ޑެންގީ ބަލީގެ ހާލަތު ދާދި ފަހުން ގޯސްވެފައިވާތީއެވެ.

މަދުވެގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފަށާފައިވަނީ ސާނަލް ގެ އަވަށުގެ ދެ ދަރިވަރަކު މި ބަލީގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ.

ސާނަލް އިތުރަށް ބުނެފައިވާ ގޮތުގައި މަދިރި ދިރި ހުއްޓާ ގެނަޔަސް އަދި މަރުވެފައި ވަނިކޮށް ގެނެޔަސް އަދި އޭގެ ބިސް ގެނެޔަސް އިނާމު ލިބޭނެއެވެ.

ބީބީސީ އަށް އޭނާ ކިޔައިދިން ގޮތުގައި މިހާތަނަށް 21 މީހަކު އިނާމު ހޯދުމަށް ކުރިމަތިލާފައިވާއިރު، ޖުމްލަ 700 މަދިރި އަދި މަދިރީގެ ބިސް އިނާމު ހޯދަން ގެނެސްފައިވެއެވެ.

އަންގާރަ ދުވަހުގެ ރޭގެ ފަހުކޮޅު މި އިނާމު އިއުލާނު ކުރުމާއެކު އެކަމާ މެދު ފާޑުކިޔަން ފެށުނެވެ.

"މަދިރި ދަނޑުވެރިކަން އަންނަނީ" އެއް ކޮމެންޓުގައި ލިޔެފައިވެއެވެ. "އެއް ފިޔަ ހުރި މަދިރި އެއް ބަލައިގަންނާނެތަ؟" އަނެއް ކޮމެންޓެއްގައި ލިޔެފައިވެއެވެ.

ފިލިޕީންސްގެ ސިއްހަތާބެހޭ މިނިސްޓްރީ (ޑީއޯއެޗް) އިން ބީބީސީ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި ޑެންގީއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލޯކަލް ގަވަރމަންޓް އެގްޒެކެޓިވުންގެ ހެޔޮ ނިޔަތުގެ އަގު މިނިސްޓްރީން ވަޒަން ކުރެއެވެ.

ނަމަވެސް، ފައިސާ ދީގެން މަދިރި ހިފުމަކީ ޑެންގީ ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްތޯ އެހުމުން އިތުރު ކޮމެންޓެއް ދޭން އެ މިނިސްޓްރީން ވަނީ އިންކާރުކުރިއެވ

"އަޅުގަނޑުމެން އެދެނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ސަރަހައްދެއްގެ ލޯކަލް ހެލްތު އޮފިސަރުންނާ ނުވަތަ ޑީއޯއެޗްގެ ސަރަހައްދީ އޮފީހާ މަޝްވަރާކޮށް، ނަތީޖާ ނުކުންނަކަން ސާބިތުވެފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށެވެ،" އެ މިނިސްޓްރީން ބުންޏެވެ.

ސާނަލް ބުނި ގޮތުގައި ސޯޝަލް މީޑިއާގައި މި އިނާމަށް ފާޑުކިޔާފައިވާކަން އޭނާ އަށް އެނގެއެވެ. ނަމަވެސް އޭނާ އިތުރަށް ބުންޏެވެ: "މިއީ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދު، އަޅުގަނޑުމެން ލޯކަލް ސަރުކާރަށް އެހީތެރިވުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހޭ."

ކޮމެންޓް

އިތުރަށް ކިޔާލަން

ހަކުރު ބަލީގެ މީހުންނަށް އަނބު ކެވޭނެތަ؟ އިންޑިއާގެ ދިރާސާ އަކުން އާންމު ވިސްނުމަށް ގޮންޖަހައިފި

ހަކުރު ބަލީގެ މީހުންނަށް އަނބު ކެވޭނެތަ؟ އިންޑިއާގެ ދިރާސާ އަކުން އާންމު ވިސްނުމަށް ގޮންޖަހައިފި

17 އޯގަސްޓު 2025
ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

ޑެންގީ ފެތުރުން ހުއްޓުވުމަށް އައު ގޮތެއް: މަދިރި ބީރު ކޮށްގެން ޖިންސީ ގުޅުން ހުއްޓުވުން

05 ނޮވެމްބަރު 2024
އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

19 ޖެނުއަރީ 2021
ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

11 އެޕްރީލު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު