Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިޒްރޭލް ހަނގުރާމަ

ޣައްޒާގެ ކަމާލު އަދުވާން ހޮސްޕިޓަލަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ބޮން އަޅައިފި

މި ހަމަލާގެ ސަބަބުން ޒަޚަމްވި ފަރާތްތަކުގެ ތެރޭގައި އަލަށް އުފަންވެފައިވާ ނާސަރީގައި ތިބި ތުއްތު ކުދިންވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 06:18
‎ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ބައެއްގެ އާއިލާގެ މެމްބަރުން އެ ހޮސްޕިޓަލުގެ ތެރޭގައި ހިތާމައިގައި

‎ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ބައެއްގެ އާއިލާގެ މެމްބަރުން އެ ހޮސްޕިޓަލުގެ ތެރޭގައި ހިތާމައިގައި

އިޒްރޭލުގެ ބާރުތަކުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ބޮން އަޅާ ހަމަލާދީފިއެވެ.

މި ހަމަލާގެ ސަބަބުން، މެޑިކަލް މުވައްޒަފުންނާއި ބަލިމީހުންނަށް ޒަޚަމްތައް ލިބިފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ޒަޚަމްވި ފަރާތްތަކުގެ ތެރޭގައި އަލަށް އުފަންވެފައިވާ ނާސަރީގައި ތިބި ތުއްތު ކުދިންވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އަނެއްކޮޅުން އިޒްރޭލުން ސީރިއާގެ ވެރިރަށް ދިމިޝްޤަށް ހަމަލާދީފައިވާ ކަމަށާއި، މިއީ އެ ޤައުމުގައި ހުރި ހިޒްބުﷲގެ "އިންޓެލިޖެންސް މައި އޮފީސް" އަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ބުނާއިރު، ސީރިއާގެ މީޑިއާއިން ބުނެފައިވަނީ ހަމަލާ އަމާޒުކުރެވިފައިވަނީ "މަދަނީ ސަރަޙައްދުތަކަށް" ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ފޮހެލުމުގެ ހަނގުރާމާގައި 7 އޮކްޓޯބަރު 2023ން ފެށިގެން މަދުވެގެން 43،374 ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށާއި 102،261 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރަސްމީ ރިޕޯޓުތައް ބުނެއެވެ.

ޣައްޒާ ގައި ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި 3002 މީހުން މަރުވެ، 13،492 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2018

ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

30 ޖުލައި 2018
ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
04 ޖުލައި 2018

ގްރޭޓް މާޗް އޮފް ރިޓަރން: މުޒާހަރާކުރި ޣައްޒާގެ އަންހެނުންތަކެއް އިސްރާއީލު ސިފައިން ޒަޚަމްކޮށްލައިފި

04 ޖުލައި 2018
ގްރޭޓް މާޗް އޮފް ރިޓަރން: މުޒާހަރާކުރި ޣައްޒާގެ އަންހެނުންތަކެއް އިސްރާއީލު ސިފައިން ޒަޚަމްކޮށްލައިފި
20 ޖޫން 2018

ިއިސްރާއީލުން ޣައްޒާގެ 25 ޓާގެޓަކަށް ހަމަލާ ދީފި

20 ޖޫން 2018
ިއިސްރާއީލުން ޣައްޒާގެ 25 ޓާގެޓަކަށް ހަމަލާ ދީފި
14 މެއި 2018

ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި

14 މެއި 2018
ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި
16 އެޕްރީލު 2018

ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

16 އެޕްރީލު 2018
ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު