Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު - އިޒްރާއިލް

ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި

14 މެއި 2018 | ހޯމަ 14:35

ފަލަސްތީނުގެ 35000 ރައްޔިތުން ޣައްޒާގެ ބޯޑަރުގައި އަންނަނީ ނުރުހުން ފާޅުކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 މެއި 2018 | ހޯމަ 14:35
ޣައްޒާ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން

ޣައްޒާ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން

އިޒްރާއިލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއީލުން ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފިއެވެ.

އެމެރިކާގެ އެމްބަސީ ހޯމަ ދުވަހު ޤުދުސްގައި ހުޅުވާފައިވާއިރު މިކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ފަލަސްތީނުގެ 35000 ރައްޔިތުން ޣައްޒާގެ ބޯޑަރުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން އަލިފާން ބޯޅައާއި އޮށްގައު އިޒްރާއިލްގެ ސިފައިންނާ ދެކޮޅަށް ބޭނުންކޮށްފައިވާއިރު އިޒްރާއިލް ސިފައިން ރައްދުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 41 ރައްޔިތަކު ޝަހީދުވެފައިވެއެވެ އަދި 1800 މީހުންނަށް ވަނީ އަނިޔާވެފައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އިޒްރާއިލް ސިފައިންގެ މި ހަމަލާތަކުގެ ތެރޭގައި އަނިޔާވި މީހުންގެ ތެރޭގައި 8 ނޫސްވެރިޔަކު ވެސް ހިމެނެއެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ޣައްޒާގެ ބޯޑަރު ކައިރީގައި ހުންނަ ހަމާސްގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ގައުމުން ހަމަލާދީފައިވެއެވެ. އެގައުމުގެ އަސްކަރިއްޔާއިން ވަނީ ހަމާސް ޖަމާއަތުން މި ވަގުތުގެ ބޭނުން ހިފައި އިޒްރާއިލަށް ހަމަލާ ދޭން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ބޯޑަރުގެ ފެންސް ފަޅާލައި ޤުދުސްއަށް ވަނުމަށް ހަމާސްގެ ލީޑަރު ވަނީ ގޮވާލައްވާފައެވެ.

ހޯމަ ދުވަހު ޤުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވާފައިވާއިރު އެމެރިކާގެ ރައީސް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކޮށްފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުގެ ބޮޑު ވަފުދެއް ބައިވެރިވިއިރު އޭގެ ތެރޭގައި ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރުވެސް ޤުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައެވެ. ނަމަވެސް ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އަންނަނީ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ބޯޑަރުގައި އަޑު އުފަލުމުންނެވެ. ޤުދުސްގެ މައްސަލަ ފެންމަތިވިފަހުން މިހާތަނަށް ފަލަސްތީނުގެ ޖުމްލަ 91 ރައްޔިތަކު އިޒްރާއިލުގެ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް