Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ހިސޯރު

ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

އެތަން ކޮނެފައި ވަނީ 2014 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 އެޕްރީލު 2018 | ހޯމަ 04:10
އިސްރާއީލުން ވަނީ ދުވަސްކޮޅެއް ވަންދެން ޓަނަލްތައް މޮނިޓަރ ކޮށްފައި ކަމަށް އެ ގައުމުން ބުނޭ

އިސްރާއީލުން ވަނީ ދުވަސްކޮޅެއް ވަންދެން ޓަނަލްތައް މޮނިޓަރ ކޮށްފައި ކަމަށް އެ ގައުމުން ބުނޭ

ޣައްޒާގެ ތެރެއިން އިސްރާއީލަށް ދެވޭ ގޮތަށް ކޮނެފައިވާ މައި ޓަނަލް އިސްރާއީލުގެ އަސްކަރިއްޔާ އިން ހަލާކުކޮށްލައިފި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އަވިގްދޯ ލިބަރމަން ވިދާޅުވީ އެއީ އިސްރާއީލަށް ފެނުނު އެބާވަތުގެ އެންމެ ދިގު އަދި އެންމެ ފުނުގައި ކޮނެފައި އޮތް ޓަނަލް ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެތަން ކޮނެފައި ވަނީ 2014 ވަނަ އަހަރު ޣަޒާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 30 އަށް ވުރެ ގިނަ ޓަނަލް ސުންނާފަތިކޮށްލި ދުވަސްވަރުން ފެށިގެންނެވެ.

މިފަދަ ޓަނަލްތަކަކީ އިސްރާއީލަށް ހަމަލާ ދިނުމަށް ހަދާފައިވާ ތަންތަން ކަމަށް އެ ގައުމުން ބުނެއެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވީ ޓަނަލް ކޮނެފައި ވަނީ ހަމާސް އިން ކަމަށާއި އެ ޓަނަލްތައް ފެނިފައި ވަނީ ޣައްޒާގެ އުތުރުން ޖަބަލިޔާ ސަރަހައްދުން ކަމަށެވެ.

އޭނާ ވިދާޅުވީ ޓަނަލްގެ ތެރެއިން އިސްރާއީލާ ވީކޮޅަށް އެތައް މީޓަރަކަށް ވެންނެވި ކަމަށާއި ނުކުމެވޭނެ ތަނެއް ފެނިވަޑައި ނުގެންނެވި ކަމަށެވެ.

އިސްރާއީލުގެ ތެރެއިން އެތައް މީޓަރަކަށް ޓަނަލް ގޮސް އެހެން ޓަނަލްތަކާ ގުޅިފައިވާއިރު އެތަންތަނަކީ އެތަންތަނުން އިސްރާއީލަށް ހަމަލާ ދެވިދާނެ ތަންތަން ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޓަނަލް ހަލާކުކޮށްލީ ހަފްތާ ބަންދުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
20 ޖޫން 2017

ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް

20 ޖޫން 2017
ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު