Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންރުވާ މަނާ ކުރުން

ޣައްޒާގައި އަންރުވާ މަނާ ކުރިއަސް އިޒްރޭލަކަށް އިތުރު ރައްކާތެރިކަމެއް ނުލިބޭނެ: ޑަބްލިއުއެޗްއޯ

5 ނޮވެމްބަރު 2024 | އަންގާރަ 06:10

އަންރުވާ އާ ގުޅުން ކަނޑާލުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅިގެން، އިޒްރޭލުގެ އަނިޔާވެރިކަމަށް އެންމެ ބޮޑަށް އެހީތެރިވާ އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 5 ނޮވެމްބަރު 2024 | އަންގާރަ 06:10
ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސަސް

ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސަސް

ހާލުގައި ޖެހިފައިވާ ފަލަސްތީނު ރެފިއުޖީންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ) އާ ގުޅުން ކަނޑާލުމަކުން އިޒްރޭލަށް އިތުރު ރައްކާތެރިކަމެއް ނުލިބޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސަސް ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އަންރުވާގެ ބަދަލުގައި ފަލަސްތީނަށް އެހެން އެއްވެސް ގޮތެއް ނެތްކަމަށް ސާފުކޮށް ހާމަކުރައްވާ ކަމަށާއި، އަންރުވާ މަނާކުރުމަކުން އިޒްރޭލަށް އިތުރު ރައްކައުތެރިކަމެއް ނުލިބޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިކަމުން ވާނެ ހަމައެކަނި ކަމަކީ ޣައްޒާގެ ރައްޔިތުންގެ ދަތިތައް އިތުރުވެ، ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ އިތުރުވުން ކަމަށެވެ.

ޓެޑްރޯސް މިފަދައިން ވިދާޅުވެފައި މިވަނީ އަންރުވާއާ ގުޅުން ކަނޑާލުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން އަންރުވާގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފާއިތުވި ހަފްތާގައި ސުވާލު އުފެދޭ ދެ ބިލެއް ފާސްކޮށް، އެކަން އދ. އަށް ރަސްމީކޮށް އަންގާފައިވާކަމަށް ހޯމަދުވަހު އިޒްރޭލުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

އަންރުވާއާ އޮންނަ ގުޅުން ކަނޑާލުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅިގެން، އިޒްރޭލުގެ އަނިޔާވެރިކަމަށް އެންމެ ބޮޑަށް އެހީތެރިވާ އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ޖަނަވަރީ މަހުގެ ފަހުކޮޅުގައި މިނިންމުން ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، މި ޤާނޫނު ތަންފީޒުކޮށްފިނަމަ، ޣައްޒާގައި ހިންގޭ ބައިނަލްއަޤްވާމީ އިންސާނީ އެހީގެ މަސައްކަތްތައް ހުއްޓިގެން ހިނގައިދާނެކަމަށް އދގެ ސަލާމަތީ މަޖިލީހުންވެސް ވަނީ އިންޒާރުދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

16 މާރިޗު 2017
މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި
15 މާރިޗު 2017

މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

15 މާރިޗު 2017
މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
29 ޖެނުއަރީ 2017

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް