Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ

އީރާނުން އިޒްރޭލަށް ހަމަލާދޭނެ ކަމީ ޔަގީން ކަމެއް: އައިއާރުޖީސީ ޑެޕިއުޓީ ކޮމާންޑަރު

"ތަފްސީލު ދެވޭކަށް ނެތް، އެކަމަކު ޔަޤީނުންވެސް ހަމަލާދޭނެ،" އީރާނުގެ އިސް ކޮމާންޑަރެއް

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2024 | ހޯމަ 09:02
އައިއާރުޖީސީގެ ޑެޕިއުޓީ ކޮމާންޑަރޔ ބްރިގޭޑިއަރ ޖެނެރަލް އަލީ ފަދަވީ

އައިއާރުޖީސީގެ ޑެޕިއުޓީ ކޮމާންޑަރޔ ބްރިގޭޑިއަރ ޖެނެރަލް އަލީ ފަދަވީ

އީރާނުން އިޒްރޭލަށް ހަމަލާ "ޔަގީނުންވެސް ދޭނެ" ކަމަށް އިރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

އައިއާރްޖީސީގެ ޑެޕިއުޓީ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ފަދަވީ މި ވާހަކަ ދައްކަވާފައިވަނީ އީރާނުގައި ފާހަގަ ކުރާ "ނޭޝަނަލް ޑޭ އޮފް ދަ ފައިޓް އެގެއިންސްޓް ގްލޯބަލް އެރޮގަންސް" ނުވަތަ "ދަރިވަރުންގެ ގައުމީ ދުވަސް" ފާހަގަ ކުރުމަށް ތެހެރާނުގައި ހުންނަ ޝަރީފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ބޭއްވުނު ޙަފްލާއެއްގައެވެ. މި ދުވަހަކީ 1979 ވަނަ އަހަރު އީރާނުގެ ޔުނިވަރސިޓީ ދަރިވަރުން އެމެރިކާގެ އެމްބަސީ ހިފި ދުވަހެވެ.

"ތަފްސީލު ދެވޭކަށް ނެތް، އެކަމަކު ޔަޤީނުންވެސް ހަމަލާދޭނެ،" އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކާ ގުޅޭ ގޮތުން ފަދަވީ ވިދާޅުވިއެވެ. އިރާނުގެ މީޑިއާ ރިޕޯޓެއް ބުނާ ގޮތުގައި މި ހަމަލާ އީރާނުން ދޭނެ ކަމަށް ބެލެވެނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ، 45 އަހަރަށްވުރެ ގިނަ ދުވަހު އީރާނުން ވަނީ އަނިޔާ ލިބޭ މީހުން ދިފާޢުކޮށް، އަނިޔާވެރިންނާ ދެކޮޅަށް ހަނގުރާމަކޮށްފައި ކަމަށާއި، އެކަން އެ ގޮތުގައި އީރާނުން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނު އަބަދުވެސް އޮންނާނީ ތާރީޚުގެ ރަނގަޅު ފަޅީގައި ކަމަށެވެ.

އައިއާރްޖީސީގެ އިސް ކޮމާންޑަރު އިތުރަށް ވިދާޅުވީ، ޣައްޒާގެ ހަނގުރާމައިން ފެނިގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ 76 އަހަރު ވަންދެން ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވާލާފައިވާކަން ދުނިޔޭގެ ގިނަ ބަޔަކަށް އެނގުނު ކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ 91 އިން ސައްތަ ޤައުމުތަކުގެ މަގުތަކުގައި މުޒާހަރާތައް ބޭއްވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔެއަށް އެނގިގެން ދިޔައީ ސަހްޔޫނީ ވެރިކަމަކީ، ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން އަރާ، ހިސޯރުކޮށް، މީހުން އެމީހުންގެ ގެދޮރުން ނެރެ، ކުށެއް ނެތް މީހުންނާއި، އަންހެނުންނާއި ކުޑަކުދިން މަރާ ވެރިކަމެއްކަން،" އޭނާ ވިދާޅުވިއެވެ.

ފަދަވީގެ މި ބަސްފުޅުތައް އައިސްފައިވަނީ، އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ އެމެރިކާ  އަށާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވާފައިވަނިކޮށްނެވެ. ޚާމަނާއީ ވިދާޅުވީ، ދަތްތައް ފުނޑޭވަރުގެ ހަމަލާއެއް އިޒްރޭލަށް އީރާރުން ދޭނެ ކަމުގައެވެ.

އީރާނުން އޮކްޓޯބަރު 1 ވަނަ ދުވަހު "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2" ގެ ނަމުގައި އިޒްރޭލް ކިޔާ ދައުލަތުގެ އަސްކަރީ އަދި ޖާސޫސީ އަދި އިންޓެލިޖެންސް މަރުކަޒުތަކަށް އަމާޒުކޮށް ގާތްގަނޑަކަށް 200 މިސައިލް ހަމަލާ ވަނީ ދީފައެވެ.

މި އޮޕަރޭޝަން އީރާނުން ހިންގީ ފަލަސްތީނާއި ލުބުނާނުގެ ޖިހާދީ ހަރަކާތްތަކުގެ އިސް ލީޑަރުންނާއި އައި.އާރް.ޖީ.ސީގެ އިސް ކޮމާންޑަރެއް އިޒްރޭލުން މަރާލުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އިރާނުން ބުނެއެވެ.

އަނެއްކޮޅުން އޮކްޓޯބަރު 26 ވަނަ ދުވަހުގެ ފަތިހު އިޒްރޭލުން އީރާނުގެ އިލާމް، ޚުޒެސްތާނާއި އަދި ތެހެރާންގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ވަނީ ހަމަލާ ދީފައެވެ.

އީރާނުން ބުނެފައިވަނީ އެ ގައުމަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާއަށް ޖަވާބުދޭނެ ކަމަށާއި އެ ގައުމުގެ ހައްގުތައް ދޫކޮށްނުލާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލައިފިިނަމަ އެގައުމަށް ދެވަނައެއް ނެތް ފަދަ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދެން: އެމެރިކާ

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލައިފިިނަމަ އެގައުމަށް ދެވަނައެއް ނެތް ފަދަ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދެން: އެމެރިކާ

11 ޖޫން 2018
އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވެއްޖެ

އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވެއްޖެ

05 ޖޫން 2018
ސީރިއާގެ ސަރަހައްދު ތަކަށް އިޒްރާއިލުން ދޭ ހަމަލާތައް އީރާނުން ކުށްވެރި ކޮށްފި

ސީރިއާގެ ސަރަހައްދު ތަކަށް އިޒްރާއިލުން ދޭ ހަމަލާތައް އީރާނުން ކުށްވެރި ކޮށްފި

12 މެއި 2018
ނިއުކްލިއަރ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަން އީރާނުން ނިންމައިފި

ނިއުކްލިއަރ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަން އީރާނުން ނިންމައިފި

09 މެއި 2018
އީރާނުން މަދަދުދޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފި

އީރާނުން މަދަދުދޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފި

08 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު